ޖާޒިއާއިން ފަރުމާކޮށް ތައާރަފްކުރި ރާއްޖޭގެ ފުރަތަމަ ބޯޅަ ސީރީޒް "ޕާމްއޭރޯ" ގެ ފުޓްސަލް ބޯޅައިގެ ޕްރީއޯޑަރު ނަގަން ފަށައިފި އެވެ.
12 ޑިސެމްބަރ 2024
ޖާޒިއާއިން ފަރުމާކޮށް ތައާރަފްކުރި ރާއްޖޭގެ ފުރަތަމަ ބޯޅަ ސީރީޒް "ޕާމްއޭރޯ" ގެ ފުޓްސަލް ބޯޅައިގެ ޕްރީއޯޑަރު ނަގަން ފަށައިފި އެވެ.
ޖާޒިއާއިން ބުނީ މިއަދުން ފެށިގެން މި ބޯޅައަށް ޕްރީއޯޑަރު ކުރަން ހުޅުވާލާފައި ވާއިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މި ބޯޅަ އެ ފިހާރައިން ލިބޭނެ ކަމަށެވެ. ތިން ވައްތަރެއްގެ ބޯޅަ ހިމަނައިގެން ތައާރަފްކުރި "ޕާމްއޭރޯ" ބޯޅަ ސީރީޒްގައި ފުޓްސަލް ބޯޅައިގެ އިތުރުން ދެ ސައިޒުގެ ފުޓުބޯޅަ ވެސް ހިމެނެ އެވެ. ގިނަ ބަޔަކު މި ސީރީޒްގެ މި ފުޓްބޯޅައަށް ވެސް އިންތިޒާރު ކުރަމުން ދާއިރު, މި ބޯޅައިގެ ޕްރީ އޯޑަރަށް މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ބުންޏެވެ.
"ޕާމްއޭރޯ" ބޯޅަ އަކީ ފީފާގެ ސްޓޭންޑަޑަށް ފެތޭ ބޯޅައެކެވެ. ދިވެހިންގެ ފުރަތަމަ ބޯޅަ ޖާޒިއާއިން ފަރުމާކުރީ ބޯޅައިގެ ޑިޒައިނުގައި ފަންވަތް ހިމަނައިގެންނެވެ.
ޖާޒިއާގެ ކޯ ފައުންޑަރު ހަސަން ދިލްޝާން ވިދާޅުވީ އަމިއްލަ ބޯޅައެއް ފަރުމާކޮށް މާކެޓަށް ނެރުމަށް ދެ އަހަރެއްހާ ދުވަހު މަސައްކަތް ކުރި ކަމަށެވެ. އަދި ފުޓުބޯޅަ އަކީ ދިވެހިންނާ ނުހަނު ގުޅިފައިވާ ކުޅިވަރަކަށް ވާއިރު, މި ބޯޅަ ފަރުމާ ކުރުމުގައި ފަންވަތުގެ ޑިޒައިން ހިމެނީ ގިނަ ބައެއްގެ ކުޑައިރުގެ ހަނދާންތަކާ ގުޅުވުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަހަރެމެން އެންމެ ޅައިރު ބޯޅަ ކުޅެނީ ފަނުންނާއި ކަރުދާހުން ބޯޅަ ހަދައިގެން. މިހާރު ބޯޅަ ކުޅެން މިއުޅޭ ގިނަ ބައެއް ފެށީ ފަން ބޯޅައިން. އެހެންވެ އަހަރުމެންގެ ޑިޒައިނުގައި ފަނުގެ ރަމްޒު ހިމަނަން ބޭނުންވީ." އޭނާ ވިދާޅުވި އެވެ.
ޖާޒިއާއިން ބުނީ "ޕާމްއޭރޯ"ގެ ބޯޅަތަކަކީ މިހާރު މާކެޓުގައި ލިބެން ހުރި ބޯޅަތަކާ އެއް ފެންވަރުގެ މޮޅު އަދި ކޮލިޓީ ރަނގަޅު ބޯޅަތަކެއް ކަމަށެވެ.
ޖާޒިއާއަކީ ކުޅިވަރުގެ ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކާ ބައެކެވެ. މިތަން މަޝްހޫރުވެފައި ވަނީ ޖާޒީ ވިއްކުމަށެވެ.
އުރީދޫއިން "ފުޓުބޯޅަ ފޯރި" ވައިބާ ސްޓިކާޕެކެއް ނެރެފި
ވެޓަރަންސް މެޗުގައި ލެޖެންޑް ޝާހްއަށް ބޮޑު އަނިޔާއެއް
ތަށީގެ އުއްމީދު ގެއްލުނީއޭ ބުނަން އާޓެޓާ ބޭނުމެއް ނޫން
ވިކްޓަރީގެ ބިންގާ ރަނގަޅު، ދެން އޮތީ ހިފެހެއްޓުން
ރެޕިއުޓްގެ އާ ފިހާރައެއް ހުޅުމާލޭގައި
ތިން ރެސްޓޯރެންޓަކާ އެކު އެމްއައިބީގެ ޕްރޮމޯޝަނެއް
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ލިވަޕޫލުގެ ފޭނުން ކިޔާ ލަވަ ސްލޮޓަށް ގަބޫލެއް ނުކުރެވޭ
ފޯމުގައި ހުރި އެންޓޮނީއަށް ރަތް ކާޑާއެކު މަޑުޖެހުމެއް
ޖަރުމަނުގެ އޮޒިލް ތުރުކީގެ ރައީސާއެކު ސިޔާސީ ދަނޑަށް