ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ޓަވަރުތަކުގެ ކޮމާޝަލް 5 ޖާގައެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
24 ޖެނުއަރީ 2025
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ 4،000 ފްލެޓްގެ ޓަވަރުތަކުގެ ކޮމާޝަލް 5 ޖާގައެއް ކުއްޔަށް ދޫކުރަން ހުޅުވާލައިފި އެވެ.
މިއީ އެފްޑީސީން 4،000 ފްލެޓުގެ ކޮމާޝަލް ޖާގަައަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
އެ ކޯޕަރޭޝަނުން މިދިޔަ ނޮވެމްބަރު މަހު ބުނީ 4،000 ފްލެޓްގެ 32 ޔުނިޓުގައި 127 ކޮމާޝަލް ޖާގަ ހުންނާނެ ކަމަށެވެ. އޭގެ ތެރޭގައި ރީޓެއިލް ފިހާރަތާއި ސުޕަމާކެޓާއި ހައިޕަމާކެޓުގެ އިތުރުން ކެފޭ އާއި ރެސްޓޯރެންޓްތަކާއި ކްލިނިކްތަކާއި އޮފީސްތައް ހިންގަން ބޭނުންވާ ޖާގަ ވެސް ލިބޭނެ ކަމަށެވެ. އަދި ތަރުކާރީ އާއި މޭވާ ވިއްކާ މާރުކޭޓުތައް ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެފްޑީސީން ބުންޏެވެ.
އަލަށް ހުޅުވާލާފައިވާ ފަސް ޖާގައަކީ ގްރޯސަރީ ފިހާރަ އާއި ރީޓެއިލް ފިހާރަތަކަށް ހާއްސަ ޖާގަތަކެވެ. އެފްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 18 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެފްޑީސީން ހުޅުވާލީ، އަމާން އުދަރެސް 13 ގެ 610 އަކަފޫޓުގެ ޖާގައަކާއި އެ ޓަވަރުން 599 އަކަފޫޓުގެ ޖާގައަކާއި އަމާން އުދަރެސް 14 ގެ 1،896 އަކަފޫޓާއި 161 އަކަފޫޓާއި އެ ޓަވަރުގެ 6،788 އަކަފޫޓުގެ ޖާގައިގެ އިތުރުން އުދަރެސް 16 ގެ ޓަވަރުން 1،896 އަކަފޫޓު، 161 އަކަފޫޓުގެ ޖާގަ އެވެ.
ހަތަރު ހާސް ފްލެޓްގެ ޓަވަރެއްގެ ކޮމާޝަލް އޭރިއާ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ހުޅުވާލާ އެ ފުރުސަތުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެފްޑީސީން އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ 32 ޓަވަރުގެ ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯ އިން ބަޔަކާއި ފުރަތަމަ ފްލޯ ހާއްސަ ކޮށްފައިވަނީ ވިޔަފާރިތަކަށެވެ.
އެ ކޯޕަރޭޝަނުން ބުނީ، ކޮމާޝަލް ޖާގަތައް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ހިދުމަތްތައް ކައިރިން ލިބޭ ގޮތް ހެދުން ކަމަށެވެ. އެފްޑީސީން އަންދާޒާކުރާ ގޮތުގައި އެ ސަރަހައްދުތަކުގައި މީހުން ދިރިއުޅެން ފެށުމުން ގާތްގަނޑަކަށް 30،000 މީހުން ފްލެޓް ތަކުގައި އުޅޭނެ އެވެ.
އެންމެ އަވަަހަށް ނިންމާ 4 ޓަވަރުގައި ލިފްޓު ހަރުކުރަނީ
ފަހި ދިރިއުޅުން "އަމާން ދޯދި" މޮކް-އަޕް ދައްކާލައިފި
މާލޭގައި އުޅޭ އެންމެންނަށް ގެދޮރު ހޯދުން އަމާޒަކަށް!
ފުރަތަމަ ލިޔުން ދޭނީ 4،000 ފްލެޓު ލިބޭ މީހުންނަށް
ފުރަތަމަ 13 ޓަވަރުގައި އޮގަސްޓުމަހު މީހުން ދިރިއުޅޭނެ
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
އެފްޑީސީގެ 4،000 ފްލެޓް: 18 ފްލޯގެ 32 ޓަވަރު
4000 ފްލެޓްގެ މަސައްކަތްފަށަން 34 މިލިއަން ޑޮލަރު
4،000 ފްލެޓު އަޅަން 227 މިލިއަން ޑޮލަރުގެ ލޯނު
ދެވަނަ ފިޔަވަހިން 8 ވަނަ ފަހަރަށް ބިން ވިއްކަނީ