ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
23 ޖެނުއަރީ 2025
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ލިބުނު ފޯމުތައް، ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނާގޮތަށް ދަފްތަރުކޮށްފައިވާ ކަމަށެވެ. އެއާ އެކު، އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ފުރުސަތު އޮންނާނެ ކަމަށް އީސީން ބުންޏެވެ.
އެ ލިސްޓަށް my.elections.gov.mv ނުވަތަ ޝަކުވާ ޕޯޓަލް ppr.elections.gov.mv އަދި އޮފީހަށް ހާޒިރުވެގެން ވެސް ޝަކުވާ ހުށަހެޅޭނެ އެވެ.
އީސީން ބުނީ ޝަކުވާ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިރު، ޝަކުވާ ހުށަހަޅަން އެދޭ މީހާގެ މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީއަކާއި ޝަކުވާ ޕޯޓަލްގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް ސާފު ފޮޓޯއެއް ހުށަހަޅަން ޖެހޭނެ އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލިއިރު، ބައެއް މީހުންގެ މައުލޫމާތު ވަގަށް ނަގައިގެން އެކި ޕާޓީތަކަށް ވައްދާފައިވާ ކަމުގެ ޝަކުވާތައް މި ފަހުން ވަނީ ބޮޑުވެފަ އެވެ. އޭގެ ތުހުމަތު މި ފަހުން އެންމެ ބޮޑަށް އަމާޒު ކޮށްފައިވަނީ ވެރިކަންކުރާ ޕާޓީ ޕީއެންސީއަށެވެ.
މިވަގުތު މެންބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއަކީ ވެސް ޕީއެންސީ އެވެ. އީސީން މިއަދު އާއްމުކުރި ނަމްބަރުތަކުގައިވާ ގޮތުން، ޕީއެންސީގައި މިވަގުތު 68،968 މެންބަރުން އެބަ ތިއްބެވެ.
ދެ ވަނައަށް މިވަގުތު އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު އެމްޑީޕީގަ އެވެ. މީގެ ކުރިން އެންމެ ގިނަ މެންބަރުން ތިބި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގައި މިހާރު ތިބި މެމްބަރުންގެ އަދަދަކީ 43،755 އެވެ. އެކަމަކު، މިދިޔަ އަހަރު ފެށިއިރު އެ ޕާޓީގައި 52،142 މެމްބަރުންނެވެ.
ސިޔާސީ ޕާޓީތަކަށް ދެން ވަދެވޭނީ އީފާސް މެދުވެރިކޮށް!
ދަރަންޏާ ހިސާބުން ޕާޓީ ބަދަލުވަނީ ހުސް ތޮށިގަނޑަކަށް!
ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްއާރްއެމް
ޕީޕީއެމް އުވާލައި ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި
ޑީއާރްޕީން ދައުލަތަށް ދޭންޖެހޭ ފައިސާގެމައްސަލަ ނުބެލުނު
އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެއްޖެ
ވަގު ފޯމުގެ މައްސަލަ ޕީޖީން ނުބަލާތީ ކަންބޮޑުވުން!
ފޯމުތަކުގެ މައްސަލަ ބަލަން އެމްޑީޕީން ވެސް އެދިއްޖެ
ޕާޓީތަކަށް މީހުން ވައްދާ ޕޯޓަލް ބޭނުންކުރުން ހުއްޓާލަނީ
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި