ސިޔާސީ ޕާޓީތަކަށް ހަމައެކަނި އީ-ފާސް މެދުވެރިކޮށް މީހުން ވެއްދޭ ގޮތަށް ބަދަލުކޮށްފި އެވެ.
13 ފެބުރުއަރީ 2025
ސިޔާސީ ޕާޓީތަކަށް ހަމައެކަނި އީ-ފާސް މެދުވެރިކޮށް މީހުން ވެއްދޭ ގޮތަށް ބަދަލުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކުރި ސިޔާސީ ޕާޓީގެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މިއަދުން ފެށިގެން ޕާޓީތަކަށް މީހުން ވެއްދޭނީ އީފާސް އިން އިލެކްޝަންސް ކޮމިޝަންގެ "މައި ޕޯޓަލް" އަށް ވަދެ ފޯމު ފުރައިގެންނެވެ.
ގަވާއިދުގައިވާ ގޮތުން ބޭނުންވާ ޕާޓީއެއްގެ ފޯމު ބަލައިގަތުމުން އެކަން އެ ޕާޓީއަކަށް އަންގާނެ އެވެ.
މި ބަދަލާއެކު، މީހާ ޕާޓީގެ ދަފުތަރުގައި ހިމެނުމުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އީސީއިން އާންމު ކުރަން ވެސް ޖެހޭނެ ކަމަށް ގަވައިދުގައިވެ އެވެ. އަދި މި އިސްލާހުގެ ދަށުން އޮންލައިންކޮށް ހުށަހަޅާ ފޯމުތައް 10 އަހަރުގެ މުއްދަތަށް ޕާޓީން ބަލަހައްޓަން ޖެހޭނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މި ބަދަލު ގެނެސްފައިވަނީ އޮޅުވާލައިގެން ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެންނެވެ.
މީހުންނަށް ނޭނގި ސިޔާސީ ޕާޓީތަކަށް ވެއްދުމުގެ މައްސަލަތައް މި ފަހުން އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ. ފާއިތުވީ ހަ މަސް ތެރޭގައި މިފަދަ 300 މައްސަލައެއް އީސީއަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެ އެވެ.
މިފަހުން އެ މައްސަލަތައް އަލުން ފެންމަތިވެފައިވަނީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތް ހިންގުމަށް ފަހު، އެ ޕާޓީގެ މެމްބަރުންގެ އަދަދު 3،000 އިން 60،000 އަށް އިތުރު ކޮށްފައި ވަނިކޮށެވެ.
ޕާޓީތަކަށް މީހުން ވެއްދުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، ޕާޓީތަކަށް މީހުން ރަޖިސްޓްރީކުރަން މިހާރު ބޭނުން ކުރަމުންދާ ޕޯޓަލް އިން ފޯމު ބަލައިގަތުން ވެސް އޮތީ މެދުކަނޑާލައިފަ އެވެ.
ދަރަންޏާ ހިސާބުން ޕާޓީ ބަދަލުވަނީ ހުސް ތޮށިގަނޑަކަށް!
ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްއާރްއެމް
ޕީޕީއެމް އުވާލައި ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި
ޑީއާރްޕީން ދައުލަތަށް ދޭންޖެހޭ ފައިސާގެމައްސަލަ ނުބެލުނު
ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި
އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ ވެއްޖެ
ވަގު ފޯމުގެ މައްސަލަ ޕީޖީން ނުބަލާތީ ކަންބޮޑުވުން!
ފޯމުތަކުގެ މައްސަލަ ބަލަން އެމްޑީޕީން ވެސް އެދިއްޖެ
ޕާޓީތަކަށް މީހުން ވައްދާ ޕޯޓަލް ބޭނުންކުރުން ހުއްޓާލަނީ
18އަހަރުވުމުން ޕާޓީއަށް ވައްދަންއުޅޭ ވާހަކަ ދޮގުކޮށްފި