ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ އިންތިހާބުން ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި ހަވާ އެރުވުމާ އެކު، ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
22 އެޕްރީލް 2024
ސަރުކާރު ހިންގާ ކޯލިޝަން ޕީޕީއެމް/ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ އިންތިހާބުން ލިބުނު ބޮޑު ކާމިޔާބީ ފާހަގަކުރަން މިރޭ މާލޭގައި ހަވާ އެރުވުމާ އެކު، ހާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
ޕީއެންސީން ބުނީ "ދިވެހީންގެ ރާއްޖެ މަޖިލީހަށް - މަރުހަބާ"ގެ ނަމުގައި ދިވެހިންނަށް މަރުހަބާ އާއި ޝުކުރު އަދާކުރުމަށް އެ ކޯލިޝަނުން މިރޭ ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އެ ޖަލްސާ ބާއްވާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި ކަމަށް އެ ޕާޓީން ބުންޏެވެ.
އެ ޖަލްސާ އަށް ހުރިހާ ދިވެހިންނަށް ވަނީ ދައުވަތު ދީފަ އެވެ.
"މި އިވެންޓަށް ފަހު ހަވާ އެރުވުން އޮންނާނެ،" ޕީއެންސީން ބުންޏެވެ.
އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޮޑު އަޣުލަބިއްޔަތަކުން ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީން ކާމިޔާބުކޮށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިފަ އެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި ޕީއެންސީގެ ކެންޑިޑޭޓުންނާއި ސަރުކާރަށް ވާގިވެރިވާ ކެންޑިޑޭޓުންނާ އެކު މިހާތަނަށް ވަނީ 71 ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރާ އެކު، 20 ވަނަ މަޖިލީހަށް އިންތިހާބު ކުރާ 93 މެމްބަރުންގެ ސުޕަ މެޖޯރިޓީ ނުވަތަ ހަތަރު ބައި ކުޅަ ތިން ބައި ހޯދަން ބޭނުން ވަނީ 70 ގޮނޑި އެވެ. އިއްޔެ ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއެންޕީ އަށް އެއް ގޮނޑި އަދި އެމްޑީއޭ އިން ވެސް ވަނީ ދެ ގޮނޑި ކާމިޔާބުކޮށްފަ އެވެ.
އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެެއިން ސަރުކާރުން އެންޑޯޒްކުރި ބައެއް ކެންޑިޑޭޓުން ވެސް ވަނީ ގޮނޑި ޔަގީން ކުރައްވައިފަ އެވެ. އެހެންވެ، އާ މަޖިލިސް ފަށާނީ ސަރުކާރުގެ ސުޕަ މެޖޯރިޓީ ކަށަވަރު ކަމާ އެކު އެވެ.
މީގެ ފަސް އަހަރު ކުރިން 65 ގޮނޑި ކާމިޔާބުކުރި އެމްޑީޕީގެ ތާއީދު މިފަހަރު ވަނީ ވަރަށް ބޮޑަށް ފަނޑުވެފަ އެވެ. އެ ޕާޓީއަށް މިހާތަނަށް ލިބިފައިވަނީ އެންމެ 12 ގޮނޑި އެވެ. މަޖިލީހުގައި އެތައް ދައުރެއް ހޭދަކުރެއްވި އެމްޑީޕީގެ ސީނިއާ މެމްބަރުންނަށް ވެސް މި އިންތިހާބުގައި ވަނީ ނާކާމިޔާބުވެފަ އެވެ.
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
އިދިކޮޅަށް މެޖޯރިޓީ ލިބިއްޖެނަމަ ބަޣާވާތްކުރާނެ: ރައީސް
ތަރައްގީގެންނަން މިހާރު ބޭނުމީ މަޖިލިސް މެޖޯރިޓީ އެކަނި
ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ ތާއީދު ޕީއެންސީގެ ހަނާނަށް
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"
އެއްބަޔަކު ހޮވައިގެން އުއްމީދު ހާސިލެއް ނުވި: އަޒާން
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
"ވެރިކަންދިފާއުކުރަން އެންމެ އިންޗިއެއްވެސް ދޫނުދޭނަން"
އިންތިހާބަށްޓަކައި އެކަތިގަނޑަކަށް ވާން އެދިވަޑައިގެންފި
ހިތްހަމަނުޖެހުނަސް އެމްޑީޕީއަށް ތާއީދު ނުކުރަން އެދިއްޖެ