Roadha Mihaaru

ނިހާދު އަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ދީފި

އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.

ނިހާދު އަށް ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުކަން ދީފި
އިފްރާޒް އަލީ
އިފްރާޒް އަލީ

08 ޖުލައި 2024

އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނިހާދަށް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދީފި އެވެ.

އެނގިފައިވާ ގޮތުގައި އޭނާ އެ މަގާމަށް ހަމަޖެއްސީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

ނިހާދާ އެކު، މިހާރު ޓޫރިޒަމް މިނިސްޓްރީގައި ތިން ސްޓޭޓް މިނިސްޓަރަކު ތިއްބަވާނެ އެވެ. އެއީ ނިހާދުގެ އިތުރުން ހާރިޒް މުހައްމަދާއި އަހްމަދު ނާޒިމް މުހައްމަދެވެ.

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގައި ނިހާދު ވާދައެއް ނުކުރައްވަ އެވެ.

ކުރިން އެމްޑީޕީގައި ހުންނެވި ނިހާދު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ ފަހަރު އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕާޓީއާ ގުޅިވަޑައިގަތެވެ.