ރާއްޖޭގެ އިގްތިސާދީ ކަންކަން އެނގިވަޑައިގަންނަވާނީ ވަކި ލީޑަރަކަށް ނޫން ކަމަށް ވިދާޅުވެ ކުރީގެ އަބްދުﷲ ޔާމީން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
11 ޖުލައި 2024
ރާއްޖޭގެ އިގްތިސާދީ ކަންކަން އެނގިވަޑައިގަންނަވާނީ ވަކި ލީޑަރަކަށް ނޫން ކަމަށް ވިދާޅުވެ ކުރީގެ އަބްދުﷲ ޔާމީން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ޕީއެންސީ ޖަގަހާގައި ކުރިއަށްދާ ޖަލްސާގައި ފައިސަލް ވިދާޅުވީ ވައުދު ފުއްދި އަދި ރާއްޖޭގެ އިގްތިސާދު އެނގިވަޑައިގަންނަވަނީ ވަކި ސިޔާސީ ލީޑަރަކަށް ކަމަށް ހީވުމަކީ ކުށްހީއެއް ކަމަށެވެ.
"ރާއްޖޭގައި މިހާރު ވަރަށް ހޭލުންތެރި ޒުވާނުން ވަރަށް އިނޮވޭޓިވް ވިސްނުންތައް ހުރި ޒުވާނުން އެބަ ތިއްބެވި. އެހެން ހުއްޓައި ނުކުމެ ފިނި ކޮޓަރިއެއްގައި އިންނަވައިގެން، ތިމާ ނޫން މީހަކަށް ރާއްޖޭގެ އިގްތިސާދު ނޭނގޭނެ ކަމަށް ދައުވާކުރުމަކީ މިއަދު ބޭފުޅުން މަލާމާތްކޮށް ޖޯކު ޖަހާނެ ކަމެއް،" ޔާމީނަށް އަމާޒުކުރައްވައި ފައިސަލް ވިދާޅުވި އެވެ.
މި ސަރުކާރަށް ހަތް ވެފައި ވާއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ގައުމުގެ ވެރިންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި މި ގައުމު ބަނގުރޫޓު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަތްމަސް ވާއިރު ދެން ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޝަން ތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން ނިކުމެ މިއަދު އެ ވިދާޅުވާ މޮޅު އިކޮނޮމިސްޓު މި ވިދާޅުވަނީ މި ގައުމު ބަނގުރޫޓުވަނީއޭ. ނޫން މި ގައުމު ބަނގުރޫޓެއް ވެސް ނުވާނެ،" ފައިސަލް ވިދާޅުވި އެވެ.
ޕީއެންސީ ޖަގަހަ ޖަލަސާގައި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި ސަރުކާރުގެ ބައެއް ވެރިން ބައިވެރިވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި ސަރުކާރު ވެރިކަމަށް އައީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ޔާމީން ޖަލަށް ލާފައި ވަނިކޮށް ޔާމީންގެ ފޮޓޯ ދައްކައިގެން ކަމަށް ބުނާ ވާހަކަތަކަށް ވެސް ފައިސަލް ރައްދު ދެއްވި އެވެ. ފައިސަލް ވިދާޅުވި ގޮތުގައި އޭރު ދެއްކީ އެ ބުނާ ހުސްގޮނޑި ކަމަށްވާ ނަމަ ޔާމީން ވެރިކަމަށް ވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯ ދައްކައިގެން ކަމަށެވެ.
އެކަމަކު ވެރިކަން ލިބިވަޑައިގަތުމުން މައުމޫން ގެންގޮސްލީ ޖަލަށް ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ރައީސް މައުމޫނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް ވަޑައިގެން އެ ބޭފުޅާގެ ތުއްތޮންބެ ގެންގޮސް ބޭންދީ ހަތް މަސްދުވަސް ވަންދެން ޖަލުގައި. ރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުޅުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކާނަލް ނާޒިމް ކަމުގައި ވިޔަސް ރައީސް މައުމޫނު ކަމުގައި ވިޔަސް، ފާރިސް މައުމޫނު ކަމުގައި ވިޔަސް، މި އެންމެ ބޭފުޅުން ޖަލަށް ލައިގެން،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމުގައި ބިރުވެރި ހާލަތެއް އުފައްދައިގެން ޔާމީން ރާއްޖޭގެ ވެރިކަން 2018 ގައި ހޯދަން އުޅުއްވުމުގެ ނަތީޖާއަކަށްވީ ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ ރާއްޖޭގެ ސިޔާސީ މައިދާނުން ޔާމީން ދުރުކުރުން ކަމަށެވެ.
ޕީއެންސީ ޖަގަހަ ޖަލަސާގައި އާންމުންގެ ބަޔަކު ހުއްޓިލައިގެން-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ފައިސަލް ވިދާޅުވީ ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް 2014 ވަނަ އަހަރު ޕާޓީއަށް މީހުން ހަމަނުވެގެން ފޯމު ފުރަން ނުކުތީ މިހާރު ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އޭނާ ވިދާޅުވީ އެހެންވެ، ޔާމީނަށް ދެއްކޭނެ އިތުރު ވާހަކައެއް ނޯންނާނެ ކަމަށެވެ.
ފައިސަލް ވިދާޅުވި ގޮތުގައި މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ސިޔާސީ ގޮތުންނާއި އިލްމީ ގޮތުން ވެސް މުއިއްޒަކީ މޮޅު ބޭފުޅަކަށްވާތީ އެވެ.
ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ވެވަޑައިގަތް ކޮންމެ ވައުދުފުޅަކީ ވަރަށް އިހުލާސްތެރިކަމާއި ތެދުވެރިކަމާ އެކު ރައްޔިތުންނަށް ފުއްދަވައިދެއްވާނެ ވައުދެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އިހްލާސްތެރިކަމާއެކު ފައިސަލް ނަތީޖާ ނެރެދިން"
ގެއަށް ބަދަލުކުރި އިލްތިމާސް ވެސް ޔާމީން ގަބޫލުނުކުރޭ!
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
"މުއިއްޒަށް ވެރިކަން ހޯދައިދިނުމަށް މާކުރިން ރޭވިން"
ޔާމީންގެ ފޮޓޯ އާއި ހުސްގޮނޑި ނުލައި ބޮޑު ކާމިޔާބީއެއް
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް
ޔާމީނާއެކު ތިބީ ރަނގަޅު ކަމަށް ހެދިގެން އުޅޭ ބައެއް!
ސައީދުގެ ރައްދު: މައްސަލައަކީ ވެރިކަން ހަޖަމް ނުވުން!
މުއިއްޒަށް ފުރުސަތު ލިބުނީ ޔާމީން ދެއްވައިގެން ނޫން
ޕީޕީއެމް މަގުމަތިކޮށްލަން އުޅުނީ ޔާމީން: އަބްދުއްރަހީމް