ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖެެއް ހިމެނޭހެން ފިޝަރީޒް ކޮމްޕްލެކްސެއް ގާއިމުކުރަން މިއަދު ބިންގާ އަޅައިފި އެވެ.
29 ޖެނުއަރީ 2025
ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖެެއް ހިމެނޭހެން ފިޝަރީޒް ކޮމްޕްލެކްސެއް ގާއިމުކުރަން މިއަދު ބިންގާ އަޅައިފި އެވެ.
އިހަވަންދުއަކީ ރާއްޖޭގައި މަސްވެރިކަމުގައި އެއް ހަބެވެ.
ނަމަވެސް، މަސްވެރިކަން ކުރިއަރުވައި، އެ ދާއިރާގައި ހުރި ޝަކުވާތައް ހައްލު ކޮށްދިނުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާތީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިހަވަންދޫގެ މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖަހާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ވައުދުވެވަޑައިގެންފަ އެވެ.
ރައީސްގެ އެ ވައުދު ފުއްދެވުމަށް މިއަދު މަސައްކަތް ފަށާފައި ވަނީ އެ މަނިކުފާނު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ރަށަަށް ވަޑައިގެންނެވެ.
އެ ތަނުގެ ބިންގާ އަޅުއްވައި ދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އާއި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު ސޮބާހު އެވެ.
ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިހަވަންދުއަށް ވަޑައިގެން އެ ރަށުގާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާ ސަރަހައްދުގައި -- ފޮޓޯ: ރައީސް އޮފީސް
- 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް
- 50 ޓަނުގެ ބްރައިން ފްރީޒް ފެސިލިޓީއެއް
- އޮފީސް އިމާރާތް އަދި އިންޖީނުގެ
- ވެހިކަލް ވޯކްޝޮޕް އަދި ގުދަނެއް
- 30 މީޓަރުގެ ދިގު މަގަތު ފާލަން
- 3.5 މީޓަރުގެ ފުން ބަދަރެއް (3 ޕޮއިންޓުން މަސް ކިރޭ ޖެޓީއެއް)
ހއ. އަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، އިހަވަންދޫއަށް ވަޑައިގެން އެ ރަށުގެ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅާ ސަރަހައްދުގައި ރަށު ބަޔަކު ހުއްޓިލައިގެން -- ފޮޓޯ: ރައީސް އޮފީސް
އެ މަޝްރޫއަކީ އެ ރަށާއި މުޅި އުތުރަށް އިގުތިސާދީ ގޮތުންނާއި އުމްރާނީ ގޮތުން ކުރިއެރުންތަކެއް އަންނާނެ މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
އޭގެއިތުރުން، ރައީސް އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި، އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ކާޑު ހެދުމާއި އެ ރަށު ފުޓުބޯޅަދަނޑު ތަރައްގީ ކުރާ އެއްބަސްވުމާއި ހޮސްޕިޓަލުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ބޮޑުކަންނެލީގެ މަސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
"ފައިސާ ޗާޕުކޮށްގެން މަސްވެރިންނަށް ފައިސާ ނުދެވުނު"
މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފި
މަސްވެރިންނަށް ވެސް ރޯދަ އިނާޔަތް ދޭން ބޭނުންވޭ:ރައީސް
ހއ.އިން އައްޑުއަށް ފީނައި، ދުނިޔޭގެ ރެކޯޑެއް ހަދަނީ
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅަނީ
އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ހެއްދުމުގެ ހިދުމަތް
އިހަވަންދޫގައި ހޮސްޕިޓަލް އަޅަން އާރްޑީސީއަށް