މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ސަރުކާރުން ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
21 ފެބުރުއަރީ 2024
މިއަދާއި މާދަމާ މަސްވެރިންނަށް 70 މިލިއަން ރުފިޔާ ސަރުކާރުން ދޫކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިފްކޯ އަށް މަސް ކިރުވުމަށް ފަހު، މި ސަރުކާރުން މިހާތަނަށް 400 މިލިއަނަށް ވުރެ ގިނަ ފައިސާ ދޫކޮށްފައިވާއިރު އަދިވެސް 300 މިލިއަނާ ގާތަށް ފައިސާ ދޭންޖެހެ އެވެ. އެ ފައިސާ އަށް ޑިމާންޑުކޮށް މަސްވެރިންތަކެއް ގއ. ކޫއްޑޫގައި މީގެ ތިން ދުވަސް ކުރިން ފެށި އިހުތިޖާޖާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން 100 މިލިއަން އޮޑިވެރިންނަށް ދޭނެ ކަމަށެވެ. އަދި ބާކީ ފައިސާ އަންނަ މަހުގެ ފަހެއްގެ ކުރިން ޖަމާކޮށްދޭނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.
ފިޝަރީޒް މިނިސްޓަރު "މިހާރު" އަށް މިއަދު ވިދާޅުވީ، އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން އޮޑިވެރިންނަށް ދޭން ސަރުކާރުން ބުނި 100 މިލިއަން ރުފިޔާގެ ތެރެއިން 70 މިލިއަން ދޫކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ
"މިއަދާއި މާދަމާ އެ 70 މިލިއަން ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ. ބާކީ 30 މިލިއަން ރުފިޔާ އަންނަ ހޯމަ ދުވަހު ދީ ނިންމާނެ. ފުރަތަމަ މި ދޭ 70 މިލިއަން އޮޑިވެރިންނަށް ޑިސްޕާސް ކުރުމުގެ ކަންކަން މިހާރު އަޅުގަނޑުމެން ފަށައިފިން،" ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުން ބުނަމުން އައި ގޮތަށް، މިހާތަނަށް އޮޑިވެރިންނަށް ނުދީ ހުރިހާ ފައިސާއެއް އަންނަ މަހުގެ ފަހެއްގެ ކުރިން ދޫކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަން ފެށުމުން މިނިސްޓަރު ޝިޔާމް މިދިޔަ ހޯމަ ދުވަހު އެ ރަށަށް ވަޑައިގެން އެ މީހުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.
"އަޅުގަނޑުމެން ބުނި ބަހުގެ އިތުބާރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދަމަހައްޓާނަން،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މަސްވެރިންނަށް މިހާތަނަށް ދޫކުރަންޖެހޭ ފައިސާތައް އަންނަ މަހުގެ ފަހެއްގެ ކުރިން ދީ ނިންމުމަށް ފަހު، ދެން މަސައްކަތް ކުރާނީ މިފްކޯ އަށް މަސް ކިރާތާ ހަފުތާއެއްގެ ތެރޭގައި ފައިސާ ދޫކޮށް ނިންމާށެވެ. އަދި ސަރުކާރުން ނިންމާފައި ވަނީ މިފްކޯ އަށް ކިރާ މަހުގެ އަގަށް ވާ ފައިސާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޫކުރުމުގެ ކަންކަން މި ދައުރުގެ ކުރީކޮޅު ފެށުމަށެވެ. ރައީސް މުއިއްޒު ވެސް ވަނީ އެ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.
މަސްވެރިން މުޒާހަރާ ކުރާތާ ތިން ދުވަސް ވެފައިވާއިރު، އެ މުޒާހަރާތަކާ ގުޅިގެން ފައިސާ ދޫކޮށް ނިންމަން ސަރުކާރުން ފުރަތަމަ ވެސް ތާރީހުތަކެއް ދިނެވެ. އެކަމަކު، މަސްވެރިން ބުނަމުންދަނީ އިހުތިޖާޖު ހުއްޓާލާނީ އެއްކޮށް ފައިސާ ދޫކުރުމުން ކަމަށެވެ.
މައްސަލަ ހައްލުކުރަން ފިޝަރީޒް މިނިސްޓަރު ޝިޔާމާއި މިފްކޯގެ އިސްވެރިން ކޫއްޑު އަށް ވަޑައިގެން މަސްވެރިންނާ މަޝްވަރާ ކުރެއްވި އެވެ. އެ ކަމަކު، އެ މީހުން ސަރުކާރުގެ ބުނުމަކަށް އެއްބަހެއް ނުވި އެވެ.
ރައީސް މުއިއްޒު ގދ. ތިނަދޫގައި ރޭ ވިދާޅުވީ، ސަރުކާރުގައި ފައިސާ ހުރެ، ދޭންޖެހޭ ބަޔަކަށް ނުދީ ނުތިބޭނެ ކަމަށެވެ. ފައިސާ ދޫކުރުން އުނދަގޫވީ ދައުލަތުގެ ދަރަނި ވަރަށް ބޮޑުވެ، ހަރަދުތައް ހަމަޖައްސަން އުނދަގޫވުމުން ކަމަށް އެ މަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ.
މުއްސަނދިކަން ލިބޭނެ ސިނާއަތަކަށް މަަސްވެރިކަން ހެދޭނެ
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި
ހޯނޑެއްދޫ އައިސްޕްލާންޓް މިއަހަރު އޮޕަރޭޝަނަށް ގެންނަނީ
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
ފިޔޯރީގައި މަސްކާރުހާނާއެއް ހަދަން ސޮއިކުރަނީ
ބޭނުންވަނީ މަސްވެރިންނަށް ބާރު ދޭން: ރައީސް
ކޫއްޑޫގެ ކޯލްޑް ސްޓޯރޭޖް 4،000 ޓަނަށް އިތުރުކުރަނީ
ކޯލްޑް ސްޓޯރޭޖު 25،000 ޓަނަށް އިތުރު ކުރަނީ
ބޮޑުކަންނެލީގެ މަސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި