ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ކ. ހުރާ އިން 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
30 ޖެނުއަރީ 2025
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަނުގެ ތެރެއިން ކ. ހުރާ އިން 46 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފި އެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނެއް ހުރާގައި ކުރިއަށް ގެންދިޔައީ އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އާ ހަމައަށް ކަމަށެވެ.
އެ އޮޕަރޭޝަނުގައި، ހުރާގައި އުޅޭ ބިދޭސީންގެ ތެރެއިން 46 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އުޅެމުންދާތީ އެވެ.
ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް، އިއްޔެ ހެނދުނު 6:00 އިން ހަވީރު 5:00 އަށް ޓާސްކުފޯހުން ވަނީ ކ. ހުރާގައި ހާއްސަ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. މި އޮޕަރޭޝަންގައި، ހުރާގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 46 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ… pic.twitter.com/lXOVToCncD
— Maldives Immigration (@ImmigrationMV) January 30, 2025
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މާލެ ސަރަހައްދުގައި ފެށި ބޮޑު އޮޕަރޭޝަނާ އެކު ބައެއް މީހުން ރަށްރަށަށް ފިލައިގެންދާ މައްސަލަ ވެސް އޮތީ ބޮޑުވެފަ އެވެ.
ދާދިފަހުން ވަނީ އިމިގްރޭޝަނުން ރ. އަތޮޅުގައި އޮންނަ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަށް ދާ ކަމަށް ހީކޮށް، އެ ރިސޯޓުގެ 60 ބިދޭސީއަކު ފިލަން ވެގެން ރ. މަޑުއްވަރީއަށް ދިޔަ އެވެ. އެ މައްސަލާގައި އިިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ހޯދުމަށް މިދިޔަ އަހަރު ފެށި އޮޕަރޭޝަނުގައި 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހުންނާއި ސައްހަ ވިސާއެއް ނެތި އެތައް އަހަރެއް ވަންދެން އުޅެމުން އައި ބިދޭސީން ހިމެނެ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް "ކުރަނގި" އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މޭ މަހު އެވެ.
އެ އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 25،483 ބިދޭސީއެއް ބަޔޮމެޓޮރިކް މައުލޫމާތު ނަގައިފަ އެވެ.
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
ބިދޭސީން ހަމަނުޖެހުން ހިންގާތީ މޮނިޓާކުރަން ފަށައިފި
އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ބިދޭސީން ޑީޕޯޓު
ހީނާމާގޭ ސަރަހައްދުން 17 މީހަކު އިމިގްރޭޝަނުގެ ދަށަށް
ސީރިއާ އަދި ޖޯޑަން މީހަކު ޑީޕޯޓްކުރަނީ
މާލޭގެ ދެ ސަރަހައްދަކުން 25 ބިދޭސީއަކު ހިފަހައްޓައިފި
ލޯކަލް މާރުކޭޓުން 23 ބިދޭސީއަކު އަތުލައިގެންފި
އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަން ހިޔާ ފްލެޓުގައި
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި