ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް އިއްޔެ ފެށި ބޮޑު އޮޕަރޭޝަނުުގައި މިހާތަނަށް 24 މީހުން އަތުލައިގަނެފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
22 ސެޕްޓެމްބަރ 2025
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް އިއްޔެ ފެށި ބޮޑު އޮޕަރޭޝަނުުގައި މިހާތަނަށް 24 މީހުން އަތުލައިގަނެފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
ރައީސް ޑރ. ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މި ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ވަނީ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހާލަތު އޮތް ގޮތް އޮޅުންފިލުއްވައި ދެއްވައިފަ އެވެ. ރައީސް ވިދާޅުވި ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެއާއެކު، ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރި ވެސް އިތުރުވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، އެ ވިޔަފާރިތަކުގައި އުޅޭ މީހުން ހޯދައި ވަގުތުން ޑީޕޯޓުކުރަން އިއްޔެއިން ފެށިގެން އޮޕަރޭޝަން ފަށާނެ ކަމަށް ވިދާޅުވި އެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އިދާރާގެ ބެލުމުގެ ދަށަށް އިއްޔެ ގެންދިޔަ 24 މީހުން ފުރުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ރައީސް ވިދާޅުވީ ބިދޭސީން ހިންގާ ގަވާއިދާ ހިލާފު ވިޔަފާރިތައް ހުއްޓުވުމުން ވިޔަފާރީގެ ފުރުސަތު ދިވެހިންނަށް ފަހިވުން ކަމަށެވެ. ބިދޭސީންގެ މައުލޫމާތު އަދާހަމަކުރުމަށް މި ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ވެސް ގެންދަމުންނެވެ. އެ އޮޕަރޭޝަނުން އެކަނި ވެސް ރާއްޖޭގައި 178،982 ބިދޭސީން އުޅޭކަން އެނގިގެން ދިޔަ ކަމަށް ރައީސް މުއިއްޒު މި ހަފުތާގައި ވިދާޅުވި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކުރުމުގެ ތެރެއިން މި ސަރުކާރުން ވަނީ 8،600 އަށް ވުރެ ގިނަ މީހުން ފޮނުވާލައިފަ އެވެ.
ހުއްދަ ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީ!
25 ދުވަސް ތެރޭ 340 ބިދޭސީން ޑީޕޯޓުކޮށްފިން:ރައީސް
"ބައްޔެއްހުރި ބިދޭސީއަކު ފިލައިގެން ރިޕޯޓެއް ނުކުރޭ"
ގައިންގަޔަށްއަރާ ބައްޔެއް ހުރި މީހަކު ފިލައިގެން ހޯދަނީ
އިމިގްރޭޝަނުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފި
ބިދޭސީންގެ ފީތަކަށް 1.6 ބިލިއަން ރުފިޔާ ހޯދައިފި
ޝަމްއާނަށް ކުރާ ތުހުމަތު: މީހަކު ދޫކޮށްލަން 5 ލައްކަ
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި