ސޮނީ ހާޑްވެއާ އިން ރޯދަ މަހާ ދިމާކޮށް "ރޯދަ ބާޒާރު"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ސޮނީ ހާޑްވެއާ އިން ރޯދަ މަހާ ދިމާކޮށް "ރޯދަ ބާޒާރު"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާ ސާމާނާއި ގެދޮރު އިމާރާތްކުރަން ބޭނުންވާ ސާމާނު ވިއްކާ ކުންފުނިން ބުނީ ސޮނީ ހާޑްވެއާގެ ފިހާރަތަކުން ހިންގާ ޕްރޮމޯޝަންގެ ދަށުން 70 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 5،000ރ.ގެ ގިފްޓް ވައުޗަރެއް ދޭން ނިންމާފައިވާ ކަމަށް ސޮނީން ބުންޏެވެ.
މި މަހުގެ ހަ ވަނަ ދުވަހު ސޮނީން ފެށި ރޯދަ ބާޒާރު ޕްރޮމޯޝަންގައި ކޮންމެ 200ރ.ގެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ލަކީޑްރޯ ނެގުން އޮންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:30 ގައި ސޮނީ ހާރޑްވެއާ، ޖަނަވަރީ މަގު ފިހާރައިގަ އެވެ.
ރޯދައާ ދިމާކޮށް ސޮނީން ކުރިޔަށް ގެންދާ މި ޕްރޮމޯޝަން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ. މި ޕްރޮމޯޝަން އެ ކުންފުނީގެ ދަށުން ހިންގާ "ދަ ސީން" އާއި ސޮނީ ހާޑްވެއާ ޕްރޮފެޝަނަލް" އާއި "ސޮނީ ހާޑްވެއާ" ޖަނަވަރީ މަގު އަދި ބޮޑުތަކުރުފާނު މަގުގައި ހުންނަ ފިހާރައިގެ އިތުރުން ކަނބާ އައިސާރަނި ހިނގުމުގައި ހުންނަ ފިހާރައިގަ ވެސް އޮންނާނެ ކަމަށް ސޮނީން ބުންޏެވެ.
އެ ކުންފުނިން ބުނީ އެ ޕްރޮމޯޝަންގައި ރޯދަމަހަށް ހާއްސަ ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ހުރިހާ ސާމާނާއި ލައިޓިން ސާމާނު އަދި ތަށި ހާއްސަ ހެޔޮ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ވެސް ޔޫރަޕްގެ ނަން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ "އޮސްރާމް" އާއި "ލޮކްއެންޑްލޮކް"، "ލައިފައިޓް"، "ބްރަބާންޝިއާ" އަދި އެމެރިކާގެ މަޝްހޫރު "ކޮރަލް" ބްރޭންޑްގެ ތަށި ހިމެނޭ ކަމަށް ސޮނީން ބުންޏެވެ.
ސޮނީ ހާޑްވެއާ އަކީ ހާޑްވެއާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރު ޒީނަތްތެރިކުރުމަށް ބޭނުންކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ރާއްޖޭގައި ވިއްކުމާއި ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ލީޑިން ކުންފުންޏެކެވެ.
ސޮނީ ހާޑްވެއާގެ ސޭލް: އަގުތައް 1-10ރ. އާ ދެމެދު
އުޝާ ފަންކާގެ ޑިސްޓްރިބިއުޓަރަކަށް ސޮނީ ހާޑްވެއާ
ސޮނީ އިން "އިންގްކޯ" ބްރޭންޑުގެ ޓޫލްތައް މާކެޓަށް
ސޮނީ ހާޑްވެއާގެ ފިހާރައެއް ހުޅުމާލެ ފޭސް 2އަށް
ސޮނީ ހާޑްވެއާއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓު
ސޮނީ ހާޑްވެއާގެ "ރެޑް ސޭލް" މާދަމާ
ސޮނީ ހޯމް މެއިންޓަނަންސް ގޭތެރޭގެ ހުރިހާ ސާމާނެއް ލިބޭ
ރެފްކޫލް އިން ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
"ސޮނީ ހޯލްސޭލް" ފިހާރަ ހުޅުވައިފި
ގަންނަ މާޓުން ރޯދައަށް ހާއްސަ ޕްރޮމޯޝަނެއް