މާލޭގެ ރޯޝަނީ މަގުގައި ހަދާފައިވާ ޖަންކްޝަނެއްގެ ތެރެއަށް ނަޖިހާއި ތެލާއި އެކި އެއްޗެހި އެޅޭ ގޮތަށް ހަދާފައި ހުރި ގެ ހޯދައި އެ ތަނުން މީހުން ހުސްކުރަން ގޭގެ ވެރިފަރާތަށް މާލެ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.
03 ފެބުރުއަރީ 2025
މާލޭގެ ރޯޝަނީ މަގުގައި ހަދާފައިވާ ޖަންކްޝަނެއްގެ ތެރެއަށް ނަޖިހާއި ތެލާއި އެކި އެއްޗެހި އެޅޭ ގޮތަށް ހަދާފައި ހުރި ގެ ހޯދައި އެ ތަނުން މީހުން ހުސްކުރަން ގޭގެ ވެރިފަރާތަށް މާލެ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.
މަގުމައްޗަށް ނަޖިސް ބޭރުވާތީ، އެ ސަރަހައްދުގައި އުޅޭ މީހުންނަށް އެކަމުގެ އުނދަގޫ ބޮޑުވެ ކައުންސިލަށް ޝަކުވާ ހުށަހެޅީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
ކައުންސިލުން މިއަދު ވަނީ މަގުމައްޗަށް ނަޖިސް ބޭރުވާ ގެ ހޯދައި ނޫސްވެރިންނަށް ވެސް ދައްކާލައިފަ އެވެ. އެ ގޭގައި އިންޑިއާ ބަޔަކު "ރިފާޒް ކެފޭ" ނަމުގައި ކެފޭއަކާ ބިދޭސީންގެ އެކޮމަޑޭޝަން ބްލޮކެއް ވެސް ހިންގަ އެވެ.
އެ ތަން ފެނުނު އިރު ހުރީ އެ ގެ އާއި ހޮޓަލާއި އެ ތަނާއި ޖެހިގެން ހުރި އެކޮމޮޑޭޝަން ބްލޮކްގެ ފާހާނާ އާއި ސިންކު ހޮޅި މަގުމަތީގައި ހުރި ޖަންކްޝަނާ ގުޅައިފަ އެވެ.
މަގުމަތީ ހުރި ޖަންކްޝަނަކަށް ނަޖިސް އެޅޭ ގޮތް ހެދި ރިފާޒް ކެފޭ ކައިރީ ހުރެ މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ސަރަހައްދުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މިދިޔަ މަހު ވެސް ކައުންސިލުން ވަނީ ނަޖިސް ވަސް އަރާ ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނާ ތަންތަން ބަލާފައި ކަަމަށެވެ.
ނަމަވެސް އެ ދުވަހު ނުފެނުނު ކަމަށާއި މިއަދު ކާނުތައް ނަގައިގެން ބެލީ ވަސްދުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަގުމަތީ ހުރި ޖަންކްޝަނަކަށް ނަޖިސް އެޅޭ ގޮތް ހެދި ރިފާޒް ކެފޭ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
"އެ ފަޅި އެއްކޮށް ކުރިން އޮންނާނީ ސާފުކޮށްފައި، މިއީ ވަރަށް ބުރަ ވަރަށް ބުރަ މަސައްކަތެއް. ނަޖިސް މަސައްކަތެއް ކުރަން މި ޖެހުނީ. އެ މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ނަޖިސް މަސައްކަތެއް ކުރަންވާތީ ވަރަށް އުނދަގޫކޮށް ކުރަނީ،" އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނީ އެތާ ހުރި ކެފޭއަކުން ނަޖިސް އަޅަނީއޭ، ކާނުގަނޑު ތެރެއަށް. އެ ދުވަހު އެއްވެސް ކަހަލަ ސިގްނަލެއް ނުލިބޭ ވަކި ދިމާއަކުން ދައުރުވަނީ ކަމަކަށް. ފުރިގެން މި އުޅެނީ ކޭބަލް ކާނުތަކެއް. ކޭބަލް ކާނުތަކުގެ ތެރެއަށް ނަޖިސް އެޅޭގޮތަށް ހަދާފައި މި ހުރީ."
މަގުމަތީ ހުރި ޖަންކްޝަނަކަށް ނަޖިސް އެޅޭ ގޮތް ހެދި ރިފާޒް ކެފޭގެ އެތެރޭގައި ހުރި ޖަންކްޝަން-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އާޒިމް ވިދާޅުވި ގޮތައި އެ ގެއިން މީހުން ހުސްކޮށް، ބިދޭސީން ދިރިއުޅޭ ތަން ވެސް ބަންދު ކުރަން ވަނީ އަންގައިފަ އެވެ.
އޭނާ ވިދާޅުވީ އެ ކެފޭ ހިންގުމާއި އެ ގޭގައި ދިރިއުޅެން ހުއްދަ ދެވޭނީ އެތަން ރަނގަޅުކޮށް އޮންނަ ނިޒާމުގެ ތެރޭގައި ނަޖިސް ބޭރުވާ ގޮތް ހަދާފައި ކަމަށެވެ.
އެތަން ސާފު ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީ އާއި މާލެ ސިޓީ ކައުންސިލާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން މަސައްސަލަ ބަލައި އިދާރާތަކުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުމަތީ ހުރި ޖަންކްޝަނަކަށް ނަޖިސް އެޅޭ ގޮތް ހެދި ރިފާޒް ކެފޭގެ އެތެރެ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެ ސަރަހައްދުގައި ހުރެ އެ ގޭގެ ވެރިފަރާތުން ވެސް ވަނީ އާޒިމްއާ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ އެއީ ކެފޭ ހިންގާ މީހުން ކުރި ކަމެއް ކަމަށާއި އެކަން ކުރިކަން ގޭގެ ވެރިފަރާތަށް ނާންގާ ކަމަށެވެ.
ރޯޝަނީ މަގަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލު ކޮށްގެން މާލެ ސިޓީ ކައުންސިލުން ޖެނުއަރީ 26، 2020 ގައި ފަށައި ޑިސެމްބަރު 27، 2021 ގައި އަލުން ހަދާފައިވާ މަގެކެވެ. މަގު ހަދަން 462 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
ޑެންގީ ހުން އިތުރުވާތީ މަދިރި މަރަން މާލެ ފޮގް ކުރަނީ
އުސޫލާ ހިލާފުވާ ހުރިހާތަނެއް ވަގުތުން ބަންދުކުރަނީ
1،475 ވިޔަފާރި ބެލިއިރު 1،000 ތަން ރަނގަޅު
ބިދޭސީންނާ މެދު ކޮން ކަހަލަ ވިސްނުމެއް؟
ކޮވިޑް-19: ފެންބިލް ހަމައެކަނި ޑިޖިޓަލްކޮށް
ކަށުނަމާދުކުރާނީ އާ ސަހަރާ އާއި ހުޅުމާލޭ ސަހަރާގައި
އޮންލައިންކޮށް ފެން ބިލް ދައްކަން އިލްތިމާސްކޮށްފި
ރަސްފަންނުގައި ނަޖިސް ދައުރުވާތީ މޫދަށް އެރުން މަނާ!
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި
ފައިބަރު މަސައްކަތުގެ ނުރައްކާ ކުޑަކުރަން ގަވާއިދެއް