ފެން ބިލު ހަމައެކަނި ޑިޖިޓަލްކޮށް ފޮނުވާ ގޮތަށް އެމްޑަބްލިއުއެސްސީން ހަމަޖައްސައިފި އެވެ.
02 އެޕްރީލް 2020
ފެން ބިލު ހަމައެކަނި ޑިޖިޓަލްކޮށް ފޮނުވާ ގޮތަށް އެމްޑަބްލިއުއެސްސީން ހަމަޖައްސައިފި އެވެ.
އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން މި ނިންމުން ނިންމާފައިވަނީ އާންމުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބޭރުގަ އުޅެން ޖެހޭ ވަގުތު ވީހާ ވެސް މަދު ކުރުމަށް ކަމަށެވެ.
އެގޮތުން އެ ކުންފުނީގެ އޮންލައިން އެޕްލިކޭޝަނަށް ރަޖިސްޓްރީވެފައިވާ ގޭބީސީތަކަށް މީގެ ކުރިން އެޕްގެ ޒަރިއްޔާއިން ބިލު ފޮނުވުމުގެ އިތުރަށް ކަރުދާސް ބިލު ވެސް ފޮނުވަ އެވެ. އެހެންނަމަވެސް މި ބަދަލާ އެކު، ރަޖިސްޓްރީ ވެފައިވާ ގޭބީސީތަކަށް ބިލު ފޮނުވާނީ ހަމައެކަނި އެޕް މެދުވެރިކޮށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް ބިލު ދެއްކޭނެ ކަމަށާއި، ފެން ބޭނުން ކުރެވޭ މިންވަރު އެނގި ކުންފުނީގެ މުވައްޒަފުންނާ ލައިވް ޗެޓް މެދުވެރިކޮށް ވާހަކަދެއްކޭނެ ކަމަށް ވެސް ކުންފުނިން ބުނެފައިވެ އެވެ.
މި ބަދަލާއެކު ކަރުދާސް ބިލު ފޮނުވޭނީ ހަމައެކަނި ރަޖިސްޓްރީނުކޮށް ހުރި ގޭބީސީތަކަށް ކަމަށާއި އެފަދަ ގެތަކަށް ބިލު ފޮނުވޭނީ ހަމައެކަނި ގްރައުންޑް ފްލޯއާ ހަމައަށް ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.
ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ހަމައެކަނި ޑިޖިޓަލްކޮށް ބިލް ލިބޭ ގޮތަށް ނިންމި އިރު އެ ކުންފުނިން މީގެ ކުރިން ވެސް ވަނީ މި ދަނޑިވަޅު އޮންލައިން ހިދުމަތް ބޭނުންކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮވިޑް-19އާ ގުޅިގެން އައިސްފައި މިވާ އިގްތިސޯދީ އަޑިގަނޑުގައި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެމްޑަބްލިއުއެސްސީން ވަނީ ހުރިހާ ގޭބީސީއަކަށް އެއް ޓަނު ފެން ހިލޭ ދޭން ނިންމައިފަ އެވެ.
މަގުމައްޗަށް ނަޖިސް ބޭރުކުރާ ގެ ކައުންސިލުން ހޯދައިފި
އޮންލައިންކޮށް ފެން ބިލް ދައްކަން އިލްތިމާސްކޮށްފި
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި
ފައިބަރު މަސައްކަތުގެ ނުރައްކާ ކުޑަކުރަން ގަވާއިދެއް
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
ބަލިތައް މައްޗަށް، އަދިވެސް ހަކުރު ސަބްސިޑީ ދޭންޖެހޭ؟
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
"ހިތުގެ ބައްޔަށް މަގުފަހިވާ ރިސްކުތައް އިތުރުވެއްޖެ"
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ކާބޯތަކެތީގެ މައްސަލަ ރިޕޯޓުކުރަން ހާއްސަ ނަމްބަރެެއް