ތ. ވޭމަންޑޫގައި ދިރިއުޅޭ ފްރާންސްގެ އާއިލާ ފޮނުވާލަން ލިޔެކިޔުންތައް އަދިވެސް ނުލިބޭ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
18 ފެބުރުއަރީ 2025
ތ. ވޭމަންޑޫގައި ދިރިއުޅޭ ފްރާންސްގެ އާއިލާ ފޮނުވާލަން ލިޔެކިޔުންތައް އަދިވެސް ނުލިބޭ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ޝަމްއާން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ވިސާ ނެތި ދިރިއުޅޭތާ 12 ވަރަކަށް އަހަރު ފަހުން، އެ މުސްލިމް އާއިލާގެ މައްސަލަ އިމިގްރޭޝަންގެ ސަމާލުކަމަށް އައީ މިދިޔަ ޖުލައި 12 ގަ އެވެ. އެއާއެކު، އެ މައްސަލަ ބަލަން ފަށައި ހަތް މީހުންގެ އެ އާއިލާ ރާއްޖެ އިން ފޮނުވާލަން ނިންމި އެވެ.
ޝަމްއާން "މިހާރު" އަށް ވިދާޅުވީ ފްރާންސްގެ އެ އާއިލާ މީހުންގެ ޕާސްޕޯޓު/ޓްރެވެލް ޑޮކިއުމަންޓް އަދި ވެސް ނުލިބޭ ކަމަށެވެ. އެ ރިކުއެސްޓް އަދި ވެސް އޮތީ ފްރާންސްގެ ކޮންސިއުލޭޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެ ކަންތައްތައް ހަމަޖެހުމުން އެ އާއިލާ ބޭނުންވާ ގައުމަކަށް ދިއުމަށް އެހީތެރިކަން ދޭނެ ކަމަށް ވިދާޅުވި އެވެ.
އިމިގްރޭޝަނުން ކުރިން ބުނީ މިދިޔަ މަހުގެ ފަހުކޮޅު ހިސާބުގައި އެ މީހުން ފޮނުވާލެވޭނެ ކަމަށެވެ.
އެ އާއިލާގެ ކަންތައްތައް ބަލަހައްޓާ އިސް ފިރިހެން މީހާ އިމިގްރޭޝަނަށް ހާޒިރުކުރުމުން ރާއްޖޭގައި ދިރިއުޅޭ ސަބަބާއި ރަށްވެހިކަން ހޯދަން ބޭނުންވާ ވާހަކަ ބުނި ކަމަށް ޝަމްއާން ވިދާޅުވި އެވެ. ނަމަވެސް، އެކަން ކުރެވޭނީ ފޮރިން މިނިސްޓްރީއަށް ހުށަހަޅައިގެން ކަމަށް އެންގުމުން އެ މިނިސްޓްރީއަށް ވެސް އޭނާ ދިޔަ ކަމަށާއި އެކަމަކު އެކަން ކުރަން އޮތް މަރުހަލާ އުނދަގޫވުމުން އެ މީހުން ރާއްޖެއިން ދާން ބޭނުންވީ ކަމަށް ޝަމްއާން ވިދާޅުވި އެވެ.
އިސްލާމްވެ، ސައީދުގެ ނަމުގައި އުޅޭ ފިރިހެން މީހާ ފުރަތަމަ ރާއްޖެ އައީ ޓޫރިސްޓު ވިސާގައި އޭނާ އެކަންޏެވެ. ނަމަވެސް، އަނބުރާ ގައުމަށް ގޮސް، 2013 ވަނަ އަހަރު އަލުން އައީ ފަޔަ ފައިޓަރެއްގެ ގޮތުގައި އުޅެން ވޯކް ވިސާ ނަގައިގެންނެވެ. އޭނާގެ އަންހެނުންނާއި އޭރު ތިބި ދެ ކުދިން ޓޫރިސްޓު ވިސާގައި ރާއްޖެ އައީ އޭގެ ފަހުންނެވެ. އެ ވިސާގެ މުއްދަތަކީ ތިން މަސް ދުވަހެވެ.
ޝަމްއާން ވިދާޅުވީ ފިރިހެން މީހާއަށް 2019 ވަނަ އަހަރާ ހަމައަށް ވިސާ އޮތް ކަމަށެވެ. ނަމަވެސް، އޭރު ވެސް އޭނާ މަސައްކަތްކުރީ އިމިގްރޭޝަންގެ ގާނޫނާ ހިލާފަށެވެ. އެހެންވެ، ސްޕޮންސާކޮށްފައި އޮތް ކުންފުނި ބަދަލުކުރަން އޭނާއަށް އެންގި ކަމަށާއި އެކަމަކު އެ ކުންފުނިން އޭނާއަށް ފުރުސަތު ދިނުމުން ވެސް އެކަން ކޮށްފައިނުވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
"އޭނާ ބުނީ ރާއްޖެ އައީ އިސްލާމް ވީމާ އާއިލާ ނުރުހޭތީއޭ، އަނެއްހެން ތްރެޓެއް ނެތޭ. މިހާ ދުވަހު މި ކޮޅުގައި މަޑުކުރީ ސިޓިޒެންޝިޕް ހޯދާށޭ...އެހެންވެ ބުނިން ފޮރިން މިނިސްޓްރީއަށް ހުށަހަޅައިގެންނޭ އެކަން ވާނީ. ފޮރިންއަށް ދިޔަ ފުރަތަމަ އިންޓަވިއުއަށް ފަހު ބުނީ އެކަން ކޮމްޕްލިކޭޓޭޑް ވީމާ އަނބުރާ ގައުމަށް ދާށޭ ބޭނުންވަނީ. އެކަމަކު ޕާސްޕޯޓާ އެއްޗެހި މުއްދަތު ހަމަވެފައި ހުރީމާ ޑޮކިއުމަންޓް ހޯދަން އެސިސްޓް ކޮށްދޭނެ ކަމަށް ބުނެފައިވާނީ،" ޝަމްއާން ވިދާޅުވި އެވެ.
އެ މީހުން ރާއްޖެ އައިސް ފުރަތަމަ ދިޔައީ ގދ. ތިނަދުއަށެވެ. އޭގެ ފަހުން ލ. އަތޮޅުގައި އުޅުމަށް ފަހު ތ. ތިމަރަފުއްޓަށް ބަދަލުވި އެވެ. ނަމަވެސް އެ ރަށުގައި ހަރުކަށި ފިކުރުގެ ކަންތައް ބޮޑު ކަމަށް ބުނެ ވޭމަންޑު އަށް ބަދަލުވިތާ ވެސް މިހާރު ހަ އަހަރު ވެއްޖެ އެވެ. އެ ދެމަފިރިންގެ ހަގަށް ތިބި ތިން ކުދިން ލިބުނީ ރާއްޖެއަށް އައި ފަހުންނެވެ. އޭގެ ތެރެއިން ދެ ކުދިން ވިހެއީ ވޭމަންޑޫގަ އެވެ.
އިމިގްރޭޝަންގެ ގާނޫނު ބުނާ ގޮތުން، ވިސާގެ މުއްދަތަށް ވުރެ އިތުރަށް މަޑުކޮށްފި ނަމަ އަނބުރާ ދެވޭނީ އެ ޖޫރިމަނާ ފައިސާ ދެކުމުންނެވެ. އެއް ދުވަސް ވެސް އިތުރަށް މަޑުކޮށްފި ނަމަ، އެ ޖޫރިމަނާ ފެށެނީ 15،000ރ. އިންނެވެ. އަދި ވަކި މުއްދަތެއް ވެއްޖެ ނަމަ، ލީގަލް އިން މައްސަލަ ބެލުމަށް ފަހު ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލަ އެވެ.
އެ ޖޫރިމަނާ މައާފުކުރަން ނުވަތަ ކުޑަ ކޮށްދޭން ކޮންޓްރޯލާއަކަށް ގާނޫނުން ބާރެއް ނުލިބެ އެވެ.
ފްރާންސްގެ އާއިލާ ފޮނުވާލަނީ އެ މީހުން އެދިގެން
ވިސާނެތި ރާއްޖޭގައި އުޅޭ ފްރާންސްގެ އާއިލާ ފުރުވާލަނީ
ވިސާ ނެތި ފްރާންސްގެ އާއިލާއެއް ރާއްޖޭގައި 12 އަހަރު
ބިދޭސީންގެ ފީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ޝަމްއާން ދެއްވީ މާޔޫސްވިޔަ ނުދޭނެކަމުގެ ޔަގީންކަން
ބިދޭސީން ފިލަން ދާތީ ރަށްރަށުގައި އޮޕަރޭޝަން ހިންގަނީ
އިމިގްރޭޝަންގެ ޓީމު ފެނުމާއެކު ދުއްވައިގަތީ ފިލަން!
4 ތަނެއް ފާސްކޮށް 16 ބިދޭސީން އަތުލައިގެންފި
ގަވާއިދާހިލާފުވާ ބިދޭސީންގެ މައްސަލަ ހުށަހަޅާނެ ޕޯޓަލެއް
23 އަންހެނަކު ގެނެސް ހަށިވިއްކި ނެޓްވޯކެއް އަތުލައިފި