އެއް އަންހެނަކު ކޯޓުގައި ރަޖިސްޓަރީ ކުރުމެއް ނެތި ތިން ކައިވެންޏެއް ކުރުމުގެ ސަބަބުން އެ މީހާގެ ތިން ފިރިން ތިބި މައްސަލަތަކެއް ކޯޓުތަކުގައި އެބައޮތް ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފި އެވެ.
19 ފެބުރުއަރީ 2025
އެއް އަންހެނަކު ކޯޓުގައި ރަޖިސްޓަރީ ކުރުމެއް ނެތި ތިން ކައިވެންޏެއް ކުރުމުގެ ސަބަބުން އެ މީހާގެ ތިން ފިރިން ތިބި މައްސަލަތަކެއް ކޯޓުތަކުގައި އެބައޮތް ކަމަށް ފެމިލީ ކޯޓުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ވަނީ ދަރިންނަށް ހަރަދު ނުދީ، ރާއްޖޭން ބޭރަށް ގޮސް އިތުރު ކައިވެނިތައް ކުރާ މައްސަލަތަކާއި ރަޖިސްޓަރީނުކޮށް ކޯޓުން ބޭރުގައި ކައިވެނިކޮށް އުޅޭ މައްސަލަތައް ފާހަގަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެ ކަންބޮޑުވުންތަކާ އެކު، ފެމިލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ކޮމިޓީގައި ވިދާޅުވީ ކޯޓުން ބޭރުގައި ކައިވެނި ކުރުމާއި ކައިވެނި ރަޖިސްޓަރީނުކޮށް ތިބުމުގެ ސަބަބުން ވަރަށް ހިތާމަވެރި ކަންކަން ހިނގާފައި އެބަހުރި ކަމަށެވެ.
"އެއް އަންހެނަކު ތިން ފިރިން ތިބި މައްސަލައެއް. އެއް އަންހެނެއްގެ ތިން ފިރިން އެބަތިބި. މި ކަހަލަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެކަން ހިނގާފައިވާ ގޮތުގެ ތަފުސީލު ދެއްވަމުން މައުސޫމް ވިދާޅުވި ގޮތުގައި، އަންހެންމީހާ ރާއްޖޭން ބޭރުގައި ފުރަތަމަ ކައިވެނިކޮށް، އެ ކައިވެނި ރާއްޖޭގައި ރަޖިސްޓަރީ ކުރެވެން ނެތުމުން އަމިއްލަ އަމިއްލަ އަށް އެ ކައިވެނި ދޫކޮށްލީ އެވެ.
އެ އަށް ފަހު ރާއްޖޭން ބޭރަށް ގޮސް އިތުރު ކައިވެންޏެއް ކުރީ ކަމަށާއި އެ ކައިވެނި ރަޖިސްޓަރީ ކުރަން ކޯޓަށް ދިޔައިރު، ފުރަތަމަ ކައިވެނީގެ ލިޔެކިޔުންތައް ވެސް ކޯޓުގައި ހުރި ކަމަށް މައުސޫމް ވިދާޅުވި އެވެ. އެ ދެ ކައިވެންޏާ މެދު ގޮތެއް ކަނޑަނޭޅެނީސް އިތުރު ކައިވެންޏެއް ފަހުން އެ އަންހެން މީހާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ނުރައްކާތެރި ކަމެއް. މިއީ އަޅުގަނޑުމެންގެ ނަސަބު ވެސް އޮޅިގެން ހިނގައިދާނެ ކަމެއް. ނޭދެވޭ ވަރަށް ގިނަ ކަންކަން ނުކުމެދާނެ ކަމެއް. އެހެންވީމާ މިއީ ވަރަށް ބޮޑަށް ބަލަން ޖެހޭނެ ކަމެއް،" ލީގަލް އޮފިސަރު މައުސޫމް ވިދާޅުވި އެވެ.
މިފަދަ މައްސަލަތައް އިތުރުވަމުންދާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ. އނާ ވިދާޅުވި ގޮތުގައި ރާއްޖޭން ބޭރުގައި ކައިވެންޏެއް ކުރާ ނަމަ ފެމިލީ ކޯޓުގެ ހުއްދައެއް ނަގަން ޖެހޭއިރު އެ ހުއްދަތައް ގިނަ މީހުން ނުނަގަ އެވެ.
ކޯޓުން ބޭނުންވަނީ ދަރިންގެ ހަރަދު ގާޒީން ކަނޑައަޅަން
ބޭރުގައި ކައިވެނި ކުރުން:ނިޒާމު ހަރުދަނާކުރަން ޖެހިިފައި
ދަރިންގެ ހަރަދު ދޭންޖެހެނީ ބައްޕައެއް އެކަންޏެއް ނޫން
މުދާ ހޯދަނީ ދެމަފިރިން، ވަރިއަށްފަހު އެކަކު ހުސްއަތާ!
ފެމިލީ ކޯޓުން 97 މިލިއަން ރުފިޔާ ނަގައިދިން
24-12-24، ރީތި ތާރީހުގައި 52 ކައިވެނި!
ބަންދު ދުވަސްތަކުގައި ވެސް ކޯޓުގައި ކައިވެނިކޮށްދެނީ
ދަރިންގެ ހަރަދު ހޯދުމުގައި އާ ނިޒާމަކަށް ދާންޖެހޭ
ހަމަ ބުނެލާއިރަށް ކައިވެނި ރުޖޫއަވާނެތަ؟
ފެމިލީކޯޓުން ހަ މަސް ނިންމާލީ ބޮޑު ކާމިޔާބީއަކާ އެކު!