ޕީޓްރަލް ހޮޓާ ހިންގި ސަރަހައްދުގައި ހުންނަ ބޮޑު ނިކަގަހުގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ ބައެއް މީހުންނަށް ދަތިވާ ކަމަށް ބުނެ އެ ގަސް ކަނޑާލުމުގެ މަސައްކަތް ފަށައިފި އެވެ.
20 ފެބުރުއަރީ 2025
ޕީޓްރަލް ހޮޓާ ހިންގި ސަރަހައްދުގައި ހުންނަ ބޮޑު ނިކަގަހުގެ ސަބަބުން އެ ސަރަހައްދުގައި އުޅޭ ބައެއް މީހުންނަށް ދަތިވާ ކަމަށް ބުނެ އެ ގަސް ކަނޑާލުމުގެ މަސައްކަތް ފަށައިފި އެވެ.
މައްޗަންކޮޅި ސަހަރާއާ އިންވެގެން އޮންނަ ޕީޓްރަލް ޕާކުގެ ކަންމަތީގައި ހުންނަ ބޮޑު ނިކަގަހަށް 35 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އީޕީއޭ އަށް މީހަކު ފޮނުވި ސިޓީއެއްގެ ޖަވާބުގައި އެ އެޖެންސީގެ ޑިރެކްޓަ ޖެނަރަލް އިބްރާހިމް ނައީމް ސޮއިކުރައްވައި ފޮނުއްވި ޖަވާބުގައި ވަނީ އެ ގަސް ކަނޑާލުމުގެ ހުއްދަ ދީފަ އެވެ.
އެހެންވެ، މާލޭ ސިޓީ ކައުންސިލުން ވަނީ ގަސް ކަނޑާލުމުގެ މަސައްކަތް އިއްޔެ ފަށައިފަ އެވެ.
"އިސްކަންދަރު މަގާއި ދެވިނަމަގު ކަންމަތީ ހުރި ނިކަގަސް، މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ކަނޑާ ސާފުކުރުމަކުން އެޖެންސީގެ އެއްވެސް އިއުތިރާޒެއް ނެތްކަމުގައި ދަންނަވަމެވެ،" އީޕީއޭގެ ސިޓީގައިވެ އެވެ.
އީޕީއޭ އިން އަންގާފައި ވަނީ ކަނޑާލާ ގަހުގެ ބައިތައް މާލޭގެ އެހެން ސަރަހައްދެއްގައި އިންދުމަށެވެ. އެ ގަހުގެ ބައިތައް އިންދޭ ގޮތް ނުވާ ނަމަ ބަދަލުގައި ދެ ގަސް އިންދުމަށް ފަހު، އޭގެ ފޮޓޯ އާއި ވީޑިއޯ އީޕީއޭއާ ހިއްސާކުރުމަށް އެ އިދާރާ އިން އަންގާފައި ވެ އެވެ.
ނިކަ ގަހުގެ މޫތައް މުޅި ސަރަހައްދަށް ފެތުރި ކައިރީގެ ގެތަކުގައި އުޅޭ މީހުންނަށް އޭގެ ތަކްލީފު ކުރިމަތިވަމުންދާ ކަމަށް ބައެއް މީހުން ބުނެފައި ވެ އެވެ. އެކަމަކު އަނެއް ބަޔަކު ވަނީ ގަސް ކަނޑާލުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކައިފަ އެވެެ.
ކުނި ގިނަވާތީ އީޕީއޭގެ އިލްތިމާސް ސިޓީ ކައުންސިލަށް!
ފަރުމަތިން ބްރިޖް ޕްލެޓްފޯމް ނެގުން ލަސްވާތީ ކަންބޮޑުވެއްޖެ
ބީޗު ހަދަން ހޭޅިފަށަށް ގެއްލުން ދިން މައްސަލަ ބަލަނީ
އޮލިމްޕަހުގެ ގަސްތައް ކެނޑީ ހުއްދަ ލިބިގެން: އެންސީއޭ
ބޭރުގެ ކޮޅުވެއްޓިއަކަށް މިފަހަރު ބަރުކުރީ ރުއްތަކެއް!
ރަށްތައް ހަނަފަސްކޮށްލުން ހަމަ އެންމެ ރަނގަޅު؟
ރިސޯޓްތައް ފެހިކުރަން އެހެން ރަށްރަށް ހަލާކުކުރަނީ!
"ގަސްކަނޑާތީ ކައުންސިލަށް ޖިނާއީ ދައުވާ ކުރަންޖެހޭ"
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ރޯދައާ ދިމާކޮށް މަގުތަކުގައި ކުނިބަހައްޓާތީ ކަންބޮޑުވުން