Roadha Mihaaru

މި އަހަރު ވެސް ރޯދަމަހުގެ ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދޭނަން: ރައީސް

ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

މި ފަހަރު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު
ނާޒިމް ހަސަން
ނާޒިމް ހަސަން

23 ފެބުރުއަރީ 2025

ކުރިއަށް އޮތް މި އަހަރުގެ ރޯދަމަހު ވެސް ކަރަންޓާއި ފެން ބިލުން ސަރުކާރުން ޑިސްކައުންޓް ދޭނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާން ކުރައްވައިފި އެވެ.

ސަރުކާރުން ވަނީ މިދިޔަ އަހަރު ރޯދަ ހަދިޔާއެއްގެ ގޮތުގައި ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފަ އެވެ.

ދ. އަތޮޅަށް މިއަދު ހަވީރު ފެއްޓެވި ދަތުރުފުުގައި މިރޭ ކުޑަހުވަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރު ވެސް އެ ހިދުމަތްތަކަށް އެ ޑިސްކައުންޓް ސަރުކާރުން ދޭނެ ކަމަށެވެ.

"ކުރީ ރޯދަމަހު ދިން ގޮތަށް މި އަހަރުގެ ރޯދަމަހު ވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނަން. އެކަން އެގޮތަށް ކުރިއަށް ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު މިރޭ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ވަނީ މި އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ވެސް ދޫކުރަން ފަށައިފަ އެވެ. ރަށްރަށުގައި މަސްދަޅު ކޭސްތައް ގޭގެ އަށް ބަހާފައިވާއިރު، މާލޭގައި އެ ބެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ރައީސް މިރޭ ވިދާޅުވީ ކޮންމެ ގެއަކަށް ބަހާ މަސްދަޅު ކޭހުގެ ހަރަދުގެ ބަދަލަށް ކަރަންޓާއި ފެނުގެ ބިލްތައް ސަރުކާރުން ބޮޑު ކުރާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ދަކަމުންދާ ކަމަށާއި ނަަމަވެސް، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އޭގެ ބަދަލުގައި މި ސަރުކާރުން ކަރަންޓާއި ފެނު ބިލުން ދޭނީ ޑިސްކައުންޓް ކަން ރައީސް ފާހަގަކުރެއްވި އެވެ.

ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުރައްވަން މިރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގެން އެ ރަށުގެ މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުރައްވަން މިރޭ ބޭއްވި ޖަލްސާ އަށް ރައީސް މުއިއްޒު ވަޑައިގެން އެ ރަށުގެ މީހުންނާ ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ގެދޮރުވެރިކަމާ ގުޅޭ ގޮތުން ވެސް ރޯދަމަހުގެ ކުރިން ރައްޔިތުންނަށް އުފާވެރި ޚަބަރުތައް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ މަނިކުފާނު ވަނީ ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ކުރިއަށް އޮތް ރޯދަމަސް ފެށުމުގެ ކުރިން އާންމު ކުރައްވާނެ ކަމުގެ ޔަގީންކަން މިރޭ ވެސް ދެއްވައިފަ އެވެ.

ރައީސް މުއިއްޒު މިއަދު ހަވީރު ކުޑަހުވަދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މިއަދު ހަވީރު ކުޑަހުވަދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

"ހުޅުމާލޭގައި އަޅަން ފަށާފައިވާ 4،000 ފްލެޓް ލިބޭ ފަރާތްތައް މި ހަފުތާގެ ތެރޭގައި، މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު އަޅުގަނޑުމެން ބަލަން ޖެހޭ ކަންކަން ބަލައި އެ ލިސްޓު އިއުލާން ކުރާނެ ކަމުގެ ޔަގީން ކަން މިރޭ ވެސް އަޅުގަނޑު އަރުވަން. އެކަން އެގޮތަށް ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ އާއި ގުޅިފަޅު އަދި ގިރާވަރުން ގޯތި ލިބުނު މީހުން ރަޖިސްޓަރީ ކުރުމުގެ ކަންކަމާއި އެކަން ލަސްވާން ދިމާވާ ސަބަބުތައް ހައްލު ކުރަން ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.