އާދިއްތަ ދުވަހު އިންޑިއާގެ ނިއު ދިއްލީގައި ފެށި ތިންވަނަ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭން ނޭޕާލާ ވާދަކޮށް 53-46 އިން މޮޅުވެގެން މުބާރާތުގެ ފައިނަލުން ޖާގަ ޔަގީން ކޮށްފި އެވެ.
އާދިއްތަ ދުވަހު އިންޑިއާގެ ނިއު ދިއްލީގައި ފެށި ތިންވަނަ ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖޭން ނޭޕާލާ ވާދަކޮށް 53-46 އިން މޮޅުވެގެން މުބާރާތުގެ ފައިނަލުން ޖާގަ ޔަގީން ކޮށްފި އެވެ.
ރާއްޖޭން މެޗުގައި ބޮޑު ލީޑެއްގައި ކުޅެމުން ދަނިކޮށް ތިންވަނަ ކުއާޓަރުގައި، ފަރަގު ކުޑަކޮށް ނޭޕާލުން ޓައިމްއައުޓެއް ނެގި އެވެ. އެ ކުއާޓާ ނިމުމުގެ ކުރިން އެއް ޕޮއިންޓްގެ ފަރަކުން އެ ޓީމުން 35-34 ލީޑް ނެގި އެވެ. ނަމަވެސް ފަހު ކުއާޓާރުގެ 10 މިނިޓްތެރޭ ރާއްޖޭން ވަނީ ކުޅުން ރަނގަޅުކޮށް އިތުބާރާ އެކު މެޗު ކާމިޔާބު ކޮށްފަ އެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރު މުބާރާތުގައި ވާދަކުރީ ތިން ޓީމަކުންނެވެ. ރައުންޑް ރޮބިން އުސޫލުން ކުޅެ، އެންމެ ކުރި ހޯދާ ދެ ޓީމު، މާދަމާ ކުޅޭ ފައިނަލަށް ހޮވޭނެ އެވެ.
ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އިންޑިއާ ބާސްކެޓްބޯލް
ރާއްޖެ، ފައިނަލްގައި ވާދަ ކުރާނީ އިންޑިއާއާ ދެކޮޅަށެވެ. އާދިއްތަ ދުވަހު މި މުބާރާތުގެ ފުރަތަމަ މެޗުގައި އިންޑިއާ ވަނީ 113-32 އިން ނޭޕާލް ބަލިކޮށްފަ އެވެ.
ރައުންޑް ރޮބިން ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާނެ އެވެ.
މި މުބާރާތުގައި ކުރީ ދެ ފަހަރު ވެސް ރާއްޖެ ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ނަމަވެސް މި އަހަރު މިވަނީ ފުރަތަމަ ފަހަރަށް ރަން މެޑަލް ނުވަތަ ރިހި މެޑަލް ހޯދުމުގެ ފުރުސަތު ހޯދައިފަ އެވެ.
ނޭޕާލަކީ 2016 އަދި 2022 ވަނަ އަހަރުގެ ވެސް ރަނަރަޕް އެވެ. ޗެމްޕިއަންކަން ހޯދި ސްރީ ލަންކާ މިއަހަރު ވާދަ ނުކުރާ އިރު، އިންޑިއާ ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ.
ސާބާ މުބާރާތުން އަންހެން ޓީމަށް ތާރީހީ ރިހި މެޑެއްޔެއް
ބޫޓާން ބަލިކޮށް ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފި
ރާއްޖެ ބަލިކޮށް ލަންކާއިން ޗެމްޕިއަންކަން ހޯދައިފި
ބޫޓާން ބަލިކޮށް ނޭޕާލުން ކުރިއަށް ޖެހިލައިފި
ބޮޑު ހިތްވަރާއެކު ތާރީހީ ކާމިޔާބެއް ހޯދުމުގެ އަޒުމުގައި
ލަންކާ ބަލިކޮށް ނޭޕާލަށް ދިރުން އަތުވެއްޖެ
ޗެމްޕިއަން ލަންކާއިން ބޫޓާންގެ މައްޗަށް ބޮޑު މޮޅެއް
އިސްރާއުގެ ތަފާތު ފޯމް އަމްޒަރަށް ވެސް ވީ ހިތްވަރަކަށް
އުފަލުގެ ކަރުނައާއެކު ޝިއުރާއަށް ވާހަކަ ވެސް ނުދެއްކުނު
ރާއްޖެއިން އެންމެ ފަހުގެ ރަނަރަފް ނޭޕާލް ބަލިކޮށްފި