ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންޑިއާގައި ބޭއްވި ތިން ވަނަ ސާބާ ވިމެންސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ގައުމީ ޓީމުން ތާރީހީ ރިހި މެޑެއްޔެއް ހޯދައިފި އެވެ.
ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންޑިއާގައި ބޭއްވި ތިން ވަނަ ސާބާ ވިމެންސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ގައުމީ ޓީމުން ތާރީހީ ރިހި މެޑެއްޔެއް ހޯދައިފި އެވެ.
މީގެ ކުރިން 2016 ވަނަ އަހަރާއި 2022 ވަނަ އަހަރު ބޭއްވި ސާބާ ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް ހޯދުނީ ލޯ މެޑެއްޔެވެ. ނަމަވެސް މި ފަހަރު ވަނީ ފައިނަލުން ފުރުސަތު ހޯދައި ރިހި މެޑަލް ހާސިލްކޮށްފަ އެވެ.
އިއްޔެ ހަވީރު ކުޅުނު މުބާރާތުގެ ފައިނަލްގައި ރާއްޖެ ބައްދަލުކުރީ އިންޑިއާއާ ދެކޮޅަށެވެ. މި މެޗުން އިންޑިއާ މޮޅުވީ 107-32 އިންނެވެ. މި މެޗުގައި ރާއްޖެއަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، ހަތް ޕޮއިންޓް ހޯދައިދިން ރައީފާ އިބްރާހިމް އެވެ.
ފުރަތަމަ ކުއާޓާރުގައި އާމިނަތު ޝިއުރާ ޖަމްޕް ޝޮޓަކުން ދެ ޕޮއިންޓް ހޯދައިދިން އިރު، ރައީފާ ހޯދި ތުރީ ޕޮއިންޓާއިން ރާއްޖެ ލީޑު ވެސް ނެގި އެވެ. މި ކުއާޓާގައި ހަތަރު ވަރަކަށް މިނިޓު ބާކީ އޮއްވައި ފާތިމަތު އީހައު ޝަމީމް ހޯދި ތިން ޕޮއިންޓާ އެކު 8-5 އިން ލީޑު ކުރަނިކޮށް އިންޑިއާ ވަނީ ރާއްޖެއަށް ޕޮއިންޓެއް ނުދީ 14 ޕޮއިންޓް ހޯދައިފަ އެވެ. މި ކުއާޓާގައި ރާއްޖޭން ހޯދި ފަހު ދެ ޕޮއިންޓް ސްކޯ ކުރީ އާމިނަތު އިސްރާއު އަބްދުއްޝުކޫރެވެ.
ކުރީ އަހަރުތަކާ ހިލާފަށް މިއަހަރުގެ މުބާރާތުގައި ވާދަ ކުރީ ތިން ގައުމެވެ. އެއީ ރާއްޖެ އާއި ކުރީ ދެ އަހަރު ވެސް ފައިނަލްގައި ކުޅެ ރިހި މެޑަލް ހޯދި ނޭޕާލްގެ އިތުރުން، މިއަހަރު މުޅިން އަލަށް ވާދަކުރަން ފެށި އިންޑިއާ އެވެ. ކުރީ ދެ އަހަރުގެ ޗެމްޕިއަން ސްރީ ލަންކާ މިއަހަރު ވާދައެއް ނުކުރެ އެވެ.
ރައުންޑް ރޮބިން އުސޫލުން ކުޅުނު މުބާރާތުގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހު އިންޑިއާ ވަނީ 113-32 އިން ނޭޕާލް ބަލިކޮށްފަ އެވެ. އަދި ހޯމަ ދުވަހު ރާއްޖެ ވަނީ 53-46 އިން ނޭޕާލް ބަލިކޮށް، މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. މި ބުރުގެ ފަހު މެޗުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކޮށް، އިންޑިއާ މޮޅުވީ 113-25 އިންނެވެ.
ސާބާ ވިމެންސް ޗެމްޕިއަންޝިޕް: ރާއްޖެ ފައިނަލަށް
ބޫޓާން ބަލިކޮށް ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފި
ރާއްޖެ ބަލިކޮށް ލަންކާއިން ޗެމްޕިއަންކަން ހޯދައިފި
ބޫޓާން ބަލިކޮށް ނޭޕާލުން ކުރިއަށް ޖެހިލައިފި
ބޮޑު ހިތްވަރާއެކު ތާރީހީ ކާމިޔާބެއް ހޯދުމުގެ އަޒުމުގައި
ލަންކާ ބަލިކޮށް ނޭޕާލަށް ދިރުން އަތުވެއްޖެ
ޗެމްޕިއަން ލަންކާއިން ބޫޓާންގެ މައްޗަށް ބޮޑު މޮޅެއް
އިސްރާއުގެ ތަފާތު ފޯމް އަމްޒަރަށް ވެސް ވީ ހިތްވަރަކަށް
އުފަލުގެ ކަރުނައާއެކު ޝިއުރާއަށް ވާހަކަ ވެސް ނުދެއްކުނު
ރާއްޖެއިން އެންމެ ފަހުގެ ރަނަރަފް ނޭޕާލް ބަލިކޮށްފި