ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ 4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުވައިފި އެވެ.
26 ފެބުރުއަރީ 2025
ދިރާގުން ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ 4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުވައިފި އެވެ.
ހުޅުމާލޭގައި އެ ސެންޓަރު ހުޅުވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އެވެ.
ޓިއާ 4 ސެޓިފިކޭޝަނަކީ އަޕްޓައިމް އިންސްޓިޓިއުޓް އިން ޑޭޓާ ސެންޓާ ރިލައިބިލިޓީއަށް ކަނޑައަޅާފައިވާ އެންމެ މަތީ މިންގަޑެވެ. އަޕްޓައިމް އިންސްޓިޓިއުޓްއިން ދޭ އެސެޓިފިކޭޝަން އަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު، އެންމެ އިތުބާރު ކުރެވޭ ޑޭޓާ ސެންޓަރުތަކަށް ދޭ ސެޓިފިކޭޝަންއެކެވެ.
އެ ސެޓިފިކޭޝަނަކީ ދިރާގު ކަސްޓަމަރުންނަށް އިތުބާރު ހިފޭ، ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްގެ ގޮތުގައި ދިރާގުން ސިފަކުރެ އެވެ. ދިރާގުން ބުނީ އެ ޑޭޓާ ސެންޓަރާއެކު އެ ކުންފުނިން ރާއްޖޭގެ ޑޭޓާ ސެންޓަރުތަކުގެ އިންފްރާސްޓްރަކްޗާ ހުންނަންޖެހޭ މިންގަޑު އިތުރު ހަރުފަތަކަށް ގެންގޮސްދީފައިވާ ކަމަށެވެ.
އެ ސެންޓަރު ހުޅުވުމަށް އޮތް ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވަނީ އެ ތަން ހުޅުވުމަކީ ރާއްޖެއަށް ލިބުނު ތާރީހީ ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެންމެ ރަނގަޅު ހިދުމަތްތައް ފޯރުކޮށްދޭނެ ވަސީލަތްތައް ހޯދައިދިނުން ކަމަށާއި ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ވަރުގަދަކުރަން މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
" ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ޑިޖިޓަލް އިކޮނޮމީ ވަރުގަދަ ކުރުމަށްޓަކައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ ވަރުގަދަ ކުރުމަށް ދަނީ މަސައްކަތްތަކެއް ކުރަމުން. ދިރާގުން މި ހޯދި ކާމިޔާބީއާއެކު، މި ކަމުގައި މިހާރު ދިވެހިރާއްޖެ ވެސް މި ތިބީ ދުނިޔޭގެ އެހެން ގައުމުތަކާ އެއް ހަމައެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ، އިސްމާއިލް ރަޝީދު ވިދާޅުވީ އެ ސެންޓަރަށް ލިބިފައިވާ ސެޓިފިކޭޝަންގެ ސަބަބުން އެ ތަނުގެ އިންފްރާސްޓްރަކްޗާ ވަރުގަދަ، ރިލައަބަލް، ސެކިއުރިޓީ ވަރުގަދަ ތަނެއްކަން ހާމަވާ ކަމަށެވެ.
"މި ސެންޓަރުގެ ސަބަބުން ވިޔަފާރިވެރިންގެ ވިޔަފާރިތަކުގެ ބިޒްނަސް ކޮންޓިނިއުޓީ އިތުރަށް ވަރުގަދަކޮށް، ކްލައުޑް ސާވިސަސް ބޭނުންކުރާ ފަރާތްތަކާއި، އެކި ކަހަލަ އެޕްލިކޭޝަންތައް ބޭނުން ކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އެ ސެޓިފިކޭޝަނާ އެކު، ދިރާގުން ވަނީ އެ ކުންފުނީގެ ކްލައުޑް އައިއޭއޭއެސްގެ އިތުބާރު ހިފޭ މިންވަރު، ސެކިއުރިޓީ އަދި ރެޒިލިއެންސް މިންގަނޑުތައް ވަރުގަދަކޮށްފަ އެވެ. އެ ކަމުގެ ސަބަބުން ވިޔަފާރިކުރުމުގައި އަދި މުހިންމު އެޕްލިކޭޝަންތައް ބޭނުންކުރުމަށް ވިޔަފާރިވެރިން އިތުރަށް ބާރުވެރިކޮށްދޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މިއީ ވިޔަފާރިވެރިންނަށް ޒަމާނީ ހިދުމަތްތައް އެންމެ ރަނގަޅު އަގުތަކުގައި ލިބި، ބަދަލުވަމުންދާ ޑިޖިޓަލް އިކޮނޮމީގައި ކުރިއަރައިގެން ދިއުމަށް އެހީތެރިކަން ލިބިގެންދާނެ ކަމެއްގެ ގޮތުގައި ދިރާގުން ފާހަގަކުރެ އެވެ.
ދިރާގުން އަންނަނީ ދިވެހިރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެންމެ ވަރުގަދަ ހިދުމަތްތައް ތައާރަފްކޮށް ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ހަރުދަނާކުރުމަށް މަސައްކަތްކުރަމުންނެވެ.
މިއަދު ހަވީރު މާލޭގައި ދިރާގު ގުޑި ފެސްޓް ބާއްވަނީ
ރާއްޖޭގެ އެންމެ ހަލުވި 5ޖީ ނެޓްވޯކުގެ އެވޯޑު ދިރާގަށް
ދިރާގާއެކު ކަރާ ފަޅައިގެން ސްވިޓްޒަލޭންޑް ދަތުރެއް
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ އޮފާތަކެއް
އާ ފީޗާތަކާއެކު "ދިރާގު ޕޭ" ޕްލެޓްފޯމް ތައާރަފްކޮށްފި
ދިރާގު ހިއްސާގެ ފައިދާއަށް 661 މިލިއަން ބަހަނީ
ދިރާގުން ސެމްސަންގް ގެލެކްސީ އެސް25 ސީރީޒް ނެރެފި
ޓްރީ ޓޮޕްގެ އެސްތެޓިކް ހިދުމަތްތަކުން ޑިސްކައުންޓު ދެނީ
ދިރާގުން މަމްސް އެއިޑާ ގުޅިގެން 100 އާއިލާއަކަށް އެހީ
ފޯރިގަދަ "ގޭމް ކުއެސްޓް ސީސަން 1" ނިންމާލައިފި