ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގެ ނަން އެކައުންޓަންޓް ޖެނެރަލަށް ފިނޭންސް މިނިސްޓްރީން މިއަދު ބަދަލުކޮށްފި އެވެ.
04 އެޕްރީލް 2023
ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގެ ނަން އެކައުންޓަންޓް ޖެނެރަލަށް ފިނޭންސް މިނިސްޓްރީން މިއަދު ބަދަލުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ، އެކައުންޓަންޓް ޖެނެރަލްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ ކުރިން ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގައި ހުންނެވި މުހައްމަދު އާޒާދު ކަމަށެވެ.
އެ މަގާމުގައި ހުންނަވާ ބޭފުޅަކު އަދާކުރައްވަން ޖެހެނީ ފައިނޭޝަލް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތުތަކެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު، އޮޑިޓަ ޖެނެރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބެލެހެއްޓުމާއި ދައުލަތަށް މުދާ ގަތުމާއި ރައްކާތެރިކަމާ އެކު ބެލެހެއްޓުމެވެ. އަދި ލިޔެކިޔުންތައް ނައްތާލަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބެލުމަކީ ވެސް އެ މަގާމުގެ މަސްއޫލިއްޔަތެކެވެ.
ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުގެ ނަން ބަދަލުކުރީ މާލިއްޔަތު ގާނޫނުގެ 44 ވަނަ މާއްދާގެ ދަށުން، އެ މަގާމުގެ ނަން އެކައުންޓެންޓް ޖެނެރަލަށް ބަދަލުކުރަން ޖެހޭތީ އެވެ. މަގާމުގެ ނަން ބަދަލުވި ނަމަވެސް، މުސާރަ އާއި އަދާކުރަންޖެހޭ މަސްއޫލިއްޔަތަށް އެއްވެސް ބަދަލެއް ނާދެ އެވެ.
އާޒާދު، ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭނާއަކީ ސީއެފްއޭ ޗާޓާ ހޯލްޑަރެެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން ބެޗެލާސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސް ދާއިރާ އިން މާސްޓާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
އާޒާދު ކުރިން އޭނާ ވަނީ، ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ ވަޒީފާ އާއި ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑު މެމްބަރުކަން ވެސް ކުރެއްވި އެވެ.
ބިޑަކާ ނުލައި ތަކެތި ހޯދޭގޮތަށް ގަވައިދު އިސްލާހުކޮށްފި
ފައިނޭންޝަލް ކޮންޓޯލަރުގެ މަގާމަށް އާޒާދު އައްޔަންކޮށްފި
އެޑްވާންސް ފައިސާ ދޫކުރުމުގައި އެސްއޯއީތަކަށް ލުޔެއް
ފައިސާ ޗާޕްކުރުމަކީ ރައްޔިތުންނަށް ދޭ ލަނޑެއް: ޝަރީފު
ފައިސާ ޗާޕުކުރުމުގެ ހުއްދައިގެ މުއްދަތު އިތުރުކުރަނީ
އޭސީސީގެ ލަފާ: ކޮރަޕްޝަނަށް ހުޅުވިފައިވާ މާއްދާ އުވާލާ
4 ސްކޫލެއްގައި ފައިނޭންސް ފެއާއެއް ބާއްވައިފި
ވޭތުވެދިޔަ ދެ އަހަރު 73 ޕަސެންޓަށް ދަރަނި އިތުރުވި
މިދިޔަ އަހަރު ދައުލަތުގެ ހަރަދަކީ 26 ބިލިއަން
ހަރަދު 318 މިލިއަން، އާމްދަނީ 130 މިލިއަން!