އެމެރިކާ ސަރުކާރުގެ އެންމެ އިސް ދެ ވަޒީރުން ކަމަށްވާ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން، ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް އިއްޔެ ވަޑައިގެން، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވައިފި އެވެ.
އެމެރިކާ ސަރުކާރުގެ އެންމެ އިސް ދެ ވަޒީރުން ކަމަށްވާ ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން، ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް އިއްޔެ ވަޑައިގެން، އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވައިފި އެވެ.
ދެ ބޭފުޅުން ވެސް ޔޫކްރޭނަށް ވަޑައިގަތުމަށް އެމެރިކާ އިން ފުރާވަޑައިގަތީ އަސްކަރީ މަތިންދާބޯޓެއްގަ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ޔޫކްރޭނަށް އެތެރެވީ ވައިގެ މަގުން ކަމެއް ނުވަތަ ޕޮލެންޑަށް ވަޑައިގަތުމަށް ފަހު އެއްގަމު މަގުން ކަމެއް، އެމެރިކާ ސަރުކާރުން ޔަގީންކޮށެއްނުދެ އެވެ. އެމެރިކާ ސަރުކާރުން ބުނި ގޮތުގައި ކިޔޭވްއަށް ވަޑައިގަތުމަށް ފަހު، އިއްޔެގެ ވަގުތެއްގައި އެ ދެ ބޭފުޅުން ވެސް ވަނީ ޔޫކްރޭންގެ ސަރަހައްދުން ބޭރުވެވަޑައިގެންފަ އެވެ.
⚡️U.S. Secretary of State Antony Blinken and Defense Secretary Lloyd Austin met with Zelensky in Kyiv on April 24, according to adviser Oleksiy Arestovych.
— The Kyiv Independent (@KyivIndependent) April 24, 2022
The meeting, which the U.S. hasn’t yet confirmed, is the highest-level visit by U.S. officials since Russia's war began.
ޔޫކްރޭންގެ ރައީސް ޒެލެންސްކީގެ މުޝީރު އޮލެކްސީ އަރެސްޓޯވީޗް ވިދާޅުވި ގޮތުގައި އެމެރިކާގެ ދިފާއީ ވަޒީރާއި ޚާރިޖީ ވަޒީރު އިއްޔެ ކިޔޭވް އަށް ކުރެއްވި ދަތުރުގައި، ރައީސް ޒެލެންސްކީއާ ބައްދަލުކުރެއްވީ އިއްޔެ މެންދުރު ފަހު އެވެ. އެ ބައްދަލުކުރެއްވުމުގައި، އެމެރިކާގެ ވަޒީރުން ވަނީ ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން 700 މިލިއަން ޑޮލަރުގެ މާލީ އެހީއެއް ދިނުމަށް، އެމެރިކާ ސަރުކާރުން ނިންމާފައިވާކަމަށް ވިދާޅުވެފަ އެވެ.
އެ ފައިސާގެ ތެރެއިން ދެ ބައިކުޅަ އެއްބައި ފޮނުވާނީ ސީދާ ޔޫކްރޭން ސަރުކާރަށެވެ. އަދި އަނެއް ބައި ފޮނުވާނީ، ޔޫކްރޭނަށް އަސްކަރީ މަދަދު ފޯރުކޮށްދޭ ވިލާތުގެ ގައުމުތަކަށެވެ. އޭގެ އިތުރުން 165 މިލިއަން ޑޮލަރުގެ އުންޑަ އާއި ވަޒަން ޔޫކްރޭނަށް ވިއްކުމަށް ވެސް އެމެރިކާ އިން ވަނީ ނިންމައިފަ އެވެ.
ބްލިންކެން އާއި އޯސްޓިން ކިޔޭވް އަށް މިކުރެއްވި ދަތުރަކީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އެމެރިކާގެ އިސް ވެރިންގެ ތެރޭގައި ހިމެނޭ ބަޔަކު ޔޫކްރޭނަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ޔޫކްރޭނަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށް ފަހު، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ޕޮލެންޑްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިއަދު ވިދާޅުވީ މިހާރު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ދަނީ ނާކާމިޔާބުވަމުން ކަމަށާއި، ޔޫކްރޭން އަންނަނީ ކާމިޔާބު ހޯދަމުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާ އިން މަސައްކަތް ކުރީ ޔޫކްރޭންގެ މިނިވަންކަން ނިގުޅައިގަނެ އެ ގައުމުގެ އިސްތިގުލާލު ނަގައިލުމަށެވެ.
ނަމަވެސް އެކަމުގައި ރަޝިޔާ ނާކާމިޔާބުވެއްޖެ ކަމަށް ބްލިންކެން ވިދާޅުވި އެވެ. ރަޝިޔާ ބޭނުންވީ އެ ގައުމުގެ އަސްކަރީ ބާރައި އިގްތިސާދީ ބާރު ދުނިޔެ އަށް ދައްކަން ކަމަށާއި، ނަމަވެސް ފެންނަނީ މުޅިން އިދިކޮޅު މަންޒަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ދެ ވަޒީރުން އިއްޔެ ކިޔޭވް އަށް ކުރެއްވި ދަތުރުގައި، ޔޫކްރޭންގެ ބައެއް ވަޒީރުންނާ ވެސް ބައްދަލުކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނެނީ، ޚާރިޖީ ވަޒީރު ޑިމިޓްރޯ ކުލޭބާ އާއި ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވް އާއި ދާޚިލީ ވަޒީރު ޑެނީސް މޮނަސްޓީރްސްކީ އެވެ.
ޒެލެންސްކީ، އެމެރިކާގެ ކޮންގްރެސްގައި ތަގުރީރުކުރައްވަނީ
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯން ވިއްކަނީ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ
ރަޝިޔާ އަށް ފޯރާވަރުގެ މިސައިލެއް ނުދޭނަން: ބައިޑެން
އަހަރެމެން މިނިވަންވާ ދުވަސް އެބަ ގާތްވޭ: ޒެލެންސްކީ
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި
ރަޝިޔާގެ ދަތިރުކުރުމުގެ ފިޔަވަޅުތައް ފުޅާކޮށްފި
ތަމްރީންތައް ފުޅާކޮށްފިއްޔާ ބަދަލު ހިފާނަން: ރަޝިޔާ