ޗައިނާގައި އަނިޔާލިބެމުންދާ ވީގޫރް ދަރިކޮޅުގެ މުސްލިމުންގެ ބަޔަކު ތައިލެންޑުގައި ތިބޭތާ އެތައް އަހަރެއް ވެފައި ވަނިކޮށް އެ މީހުން ޗައިނާއާ ހަވާލުކުރި މައްސަލަ ބޮޑުވެ އދ. އިން އެކަން ކުށްވެރިކޮށްފި އެވެ.
ޗައިނާގައި އަނިޔާލިބެމުންދާ ވީގޫރް ދަރިކޮޅުގެ މުސްލިމުންގެ ބަޔަކު ތައިލެންޑުގައި ތިބޭތާ އެތައް އަހަރެއް ވެފައި ވަނިކޮށް އެ މީހުން ޗައިނާއާ ހަވާލުކުރި މައްސަލަ ބޮޑުވެ އދ. އިން އެކަން ކުށްވެރިކޮށްފި އެވެ.
ޗައިނާގެ ހުޅަނގު އުތުރު ޝިންޖިއާން ސަރަހައްދުގައި އުޅޭ ވީގޫރް މުސްލިމުންނާއި މުސްލިމުންގެ ބައި މަދު އެހެން ދަރިކޮޅުތަކުގެ މީހުން ހިފައި ހައްޔަރުކޮށް އެ މީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމުގެ ތުހުމަތު ޗައިނާއަށް ކުރެވެ އެވެ. މުސްލިމުންގެ މިލިއަނެއްހާ މީހުން ބަންދުކޮށް، ދީނުން ބޭރުވާން މަޖުބޫރުކުރުވާ ކަމުގު ތުހުމަތު ވެސް އޮތް އިރު މިއީ ޗައިނާއިން އިންކާރުކުރާ ތުހުމަތުތަކެކެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނަމުން އައި ގޮތުގައި ތައިލެންޑުގެ އެކި ޑިޓެންޝަން ސެންޓަރުތަކުގައި ވީގޫރްގެ 48 މީހަކު ތިބި އިރު އެ އެންމެން ޗައިނާއަށް ފޮނުވާލަން ވަނީ ނިންމައިފަ އެވެ. މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން، އަނިޔާއިން ސަލާމަތްވާން ތައިލެންޑަށް ދިޔަ ބައެއް ކަމަށް ވެސް އެ ޖަމާއަތްތަކުން ބުނެ އެވެ.
ތައިލެންޑްގެ ނެޝަނަލް ޕޮލިސް ޗީފް ކިޓްރަތު ފަންފެޓް ބުރާސްފަތި ދުވަހު ވަނީ އެ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަން ކަށަވަރުކޮށްދައިވަ އެވެ. އޭނާ ވިދާޅުވީ 40 މީހުން އަނބުރާ ގައުމަށް ފޮނުވާލީ ޗައިނާއިން އެދިގެން ކަމަށެވެ.
މި ފޮޓޯގައި ވަނީ ޗައިނާގެ ކޭމްޕްތަކުގައި މުސްލިމުންގެ އަތުން އަތުލާފައިވާ ބައެއް ތަކެތި. މީގެ ތެރޭގައި ނަމާދުކުރާއިރު އަޅާ މުސައްލަ އާއި ގުރުއާން ހަތިމު ވެސް ހިމެނޭ.
"ޗައިނާ ސަރުކާރުން ތައިލެންޑް ސަރުކާރަށް ސިޓީއަކުން އަންގާފައިވަނީ ވީގޫރް ދަރިކޮޅުގެ މީހުން ބެލެހެއްޓުމުގެ ރަނގަޅު ނިޔަތް އެބަ އޮތް ކަމަށާއި އެ މީހުންނަށް ބޯހިޔާވަހިކަމާއި ކާނާ އަދި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ކިޓްރާޓް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަމަލުކުރަނީ ބައިނަލްއަގްވާމީ އުސޫލާއި ގާނޫނުތަކުގެ އިޖުރާއާތުތަކަށް."
އޭނާ ވިދާޅުވީ ވީގޫރް މީހުން ޗައިނާއަށް ފޮނުވާލާތީ އެކަމާ ދެކޮޅު ނުހަދާ ކަމަށާއި އެކަން ކުރިއަށް ދިޔައީ ވަރަށް އޮމާންކޮށް ކަމަށެވެ.
އެކަމަކު އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އިސްވެރިޔާ ވޮލްކާ ތުރުކް ފޮނުވާލީ "މަޖުބޫރުކޮށްގެން" ކަމަށާއި އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފް އަމަލެއް ކަމަށެވެ.
"މިއީ އެމީހުން އެނބުރި ދިއުމުން އަނިޔާ އާއި އިއާދަނުކުރެވޭނެ ގެއްލުމެއް ލިބުމުގެ ހަގީގީ ނުރައްކާ އޮތް ހާލަތްތަކުގައި މުޅިން މަނާކުރެވިފައިވާ އުސޫލާ ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.
"ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އެ މީހުން ތިބި ތަނެއް ހާމަކޮށް، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ މީހުންނާ މެދު އަމަލުކުރެވޭތޯ ބެލުމަކީ މިހާރު މުހިންމު ކަމެއް."
އދ.ގެ ރެފިއުޖީ އެޖެންސީން ބުނީ ތައިލެންޑުން ވީގޫރް މީހުން ޑީޕޯޓުކުރުމުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށާއި، އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ތައިލެންޑުން މީހުންނަށް މަޖުބޫރުކޮށްގެން އަނބުރާ ފޮނުވާލުން ހުއްޓާލުމަށް ގޮވާލި އެވެ.
ތައިލެންޑުން 2015 ވަނަ އަހަރު ވީގޫރް ދަރިކޮޅުގެ 109 މީހަކު ގަދަކަމުން ޗައިނާއަށް ފޮނުވާލި އެވެ. އެފަހަރު ވެސް އދ. އާއި އެމެރިކާގެ ނުރުހުން އެކަމަށް އަމާޒުވި އެވެ.
ގުރްއާން ގެންގުޅޭތީ އުއިގާ މުސްލިމުން ހަރުކަށި
މިއަހަރު އޭޝިޔާގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭ
މުސްލިމް ގައިދީންނަށް ލާއިންސާނީ އަނިޔާކޮށްފައި ވެދާނެ
ޗައިނާގެ މުސްލިމުންނަށް ކުރާ އަނިޔާ ހާމަވާ ލިޔުންތަކެއް
ޗައިނާ އެމްބަސީ ކައިރީގައި މުޒާހަރަކޮށްފި
ޗައިނާއިން ދީނީ އިލްމުވެރިންނާއި އިމާމުން ހައްޔަރުކުރަނީ
ވީގޫރު މުސްލިމުންނަށް އަނިޔާވެރިއެއް ނުވަން: ޗައިނާ
ޗައިނާގެ މުސްލިމް ކޭމްޕްތަކުގައި ރޭޕް ކުރުމުގެ ޝަކުވާ
މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަނީ ގަތުލްއާއްމެއް
ޗައިނާގައި މުސްލިމުން ހައްޔަރުކުރަން އިތުރު ކޭމްޕްތަކެއް