ކުރިއަށް އޮތް އެއް އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ކުރިއަށް އޮތް އެއް އަހަރަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެސްޓީއޯގެ ހިންގާ ގަވާއިދުގައިވާ ގޮތުން، ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބު ކުރެވެ އެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އެސްޓީއޯގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެއްސަކަށެވެ. ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ހިއްސާދާރުން އެ މަގާމަށް ކުރިމަތިލުމަށް އެ ކުންފުނިން އެދެ އެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން، ވީހާ ވެސް ގިނަ އަންހެންނުން ބޯޑުގެ މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް، އިންތިހާބުގައި ވާދަކުރުމަށް ވެސް ކުންފުނިން މި އަހަރު ވެސް ވަނީ އެދިފަ އެވެ.
ބޯޑު މެމްބަރު ކަމަށް ކުރިމަތިލާން ޝައުގުވެރިވާ ހިއްސާދާރުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެސްޓީއޯގެ ސެކްރެޓޭރިއޭޓަށް އެޑްރެސްކޮށް އީމެއިލްއިން ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ބޯޑު މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އެސްޓީއޯގެ "ބޯޑު ކެންޑިޑެންސީ ގައިޑްލައިން" ގެ ދަށުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓިން އިންޓަވިއު ކުރާނެ އެވެ. އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅާނީ މި އިންޓަވިއު އިން ހޮވާ ހިއްސާދާރުންގެ ނަންތަކެވެ.
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ
އެސްޓީއޯއިން ވިއްކަނީ މީހަކަށް ލޮނުމެދު ކިލޯއެއް
އެސްޓީއޯއިން ލޮނުމެދު ކިލޯއެއް 45ރ. އަށް
ހުޅުމާލޭގައި އެސްޓީއޯގެ ހޯލްސޭލް ސެންޓަރެއް
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއް
ހުރިހާ ގެޔަކަށް ލިބެންދެން މަސްދަޅު ކޭސް ދޫކުރާނެ
މަސްދަޅު ހޯދަން މާލެ ސަރަހައްދުގައި ދިގު ކިޔުއެއް
މާލޭގައި މަސްދަޅު ބަހާ ތަންތަނާއި ވަގުތު ބަދަލުކޮށްފި