ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6.6 ބިލިއަން ރުޕީސް (22.4 މިލިއަން ޑޮލަރު) ގެ މުދާ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ހިފަހައްޓާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6.6 ބިލިއަން ރުޕީސް (22.4 މިލިއަން ޑޮލަރު) ގެ މުދާ މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި ހިފަހައްޓާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ގާނޫނު ހަދާ މަޖިލީހުގައި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު އާނަންދާ ވިޖޭޕާލާ ހުކުރު ދުވަހު ވިދާޅުވި ގޮތުގައި މީގެ ތެރެއިން 15.25 މިލިއަން ޑޮލަރުގެ މުދަލަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ތަކެއްޗެވެ. އަދި ޕިރަމިޑް ސްކީމްތަކާއި މާލީ އެހެން ކުށްތަކާ ގުޅުން ހުރި ގިނަ އަދަދެއްގެ ފައިސާ އާއި މުދާ ވެސް ހިފަހައްޓާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2024 ވަނަ އަހަރު ވެރިކަމަށް އައި ނޭޝަނަލް ޕީޕަލްސް ޕަވާ ސަރުކާރަކީ ރާވައިގެން ހިންގާ ޖަރީމާތައް ނައްތާލަން މަސައްކަތްކުރާ ސަރުކާރެއް ކަމަށާއި އެފަދަ ކުށްތައް ކުރާ ޖަމާއަތްތަކާއި ހަރުކަށި ފިކުރުގެ ޖަމާއަތްތަކާ ދެކޮޅަށް ހަރުގަދާ ގާނޫނުތަކާއި ގަވައިދުތައް ހަދާނެ ކަމަށެވެ.
ލަންކާގައި މިދިޔަ އަހަރު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގައި އެތައް ހާސް ބަަޔަކާއި އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. މީގެ އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ވެސް، ޑްރަގް ވިޔަފާރީގައި އުޅޭ މީހެއްގެ ގެއިން 283 މިލިއަން ރުޕީސް (ގާތްގަނޑަކަށް 955،000 ޑޮލަރު) ފެނިފައިވެ އެވެ.
ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި އޮޕަރޭޝަންތައް ވަރުގަދަކޮށްފައި ވާއިރު ވާދަވެރި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ދިނުން ވެސް އެ ގައުމުގައި ވަނީ އިތުރުވެފަ އެވެ. ސްރީ ލަންކާގައި މި އަހަރުގެ މިހާތަނަށް ބަޑި ޖެހުމުގެ 17 ހާދިސާއެއް ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މީގެ ހަމަލާތަކުގައި އެތައް ބަޔަކު ވަނީ މަރާލައިފަ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ވަނީ ފާހަގަކުރެވިފަ އެވެ.
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ވަށައިގެން ޑްރަގް ބޯޓުތައް؛ 4 މަހުން 1،480 ކިލޯ
ޑްރަގް މައްސަލަތަކުގައި 20 މީހަކު އުމުރަށް ޖަލަށް
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ޑްރަގް ޓްރެފިކްކުރި މީހަކު ޖަލަށްލައި،ބޮޑު ޖޫރިމަނާއެއް
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ތައިލެންޑުން އައި 2 ދިވެހިން ޑްރަގާއެކު ހައްޔަރުކޮށްފި