Roadha Mihaaru

ކާބުލް އެއާޕޯޓަށް ދިން ހަމަލާ ރޭވި އައިއެސް މީހެއް ހައްޔަރުކޮށްފިން: ޓްރަމްޕް

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓަށް ދިން ހަމަލާގެ ފަހަތުގައި ވާ އައިއެސް ގެ ހަނގުރާމަވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. މި ހަމަލާ ދީފައިވަނީ އަފްގާނިސްތާނުގެ ވެރިރަށް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔުމާއެކު ގިނަ ބަޔަކު ކާބުލް އިން ފުރަން މަސައްކަތްކުރަމުންދަނިކޮށެވެ. މި ހަމަލާގައި އަފްގާނިސްތާނުގެ 170 މީހުންނާއި އެމެރިކާ ސިފައިންގެ 13 މީހުން ވަނީ މަރުވެފަ އެވެ.

ކާބުލް އެއާޕޯޓަށް ދިން ހަމަލާ ރޭވި މީހާ ހައްޔަރުކޮށްފި
އައިޝަތު މިހްނާ ނާސިހް
އައިޝަތު މިހްނާ ނާސިހް

05 މާޗް 2025

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓަށް ދިން ހަމަލާގެ ފަހަތުގައި ވާ އައިއެސް ގެ ހަނގުރާމަވެރިއަކު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. މި ހަމަލާ ދީފައިވަނީ އަފްގާނިސްތާނުގެ ވެރިރަށް ތާލިބާނުންގެ ބާރުގެ ދަށަށް ގެންދިޔުމާއެކު ގިނަ ބަޔަކު ކާބުލް އިން ފުރަން މަސައްކަތްކުރަމުންދަނިކޮށެވެ. މި ހަމަލާގައި އަފްގާނިސްތާނުގެ 170 މީހުންނާއި އެމެރިކާ ސިފައިންގެ 13 މީހުން ވަނީ މަރުވެފަ އެވެ.

ދެ ވަނަ ދައުރަކަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށްފަހު އަންގާރަ ދުވަހު ކޮންގްރެސްގައި ދެއްވި ފުރަތަމަ ތަގުރީރުގައި ޓްރަމްޕް ވަނީ "އެ އަނިޔާވެރިކަމުގެ ޒިންމާ އުފުލަންޖެހޭ އެންމެ އިސް ޓެރަރިސްޓު" ހައްޔަރުކުރުމުގައި ޕާކިސްތާނުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ހާމަކުރައްވާ ޝުކުރުއަދާކުރައްވާފަ އެވެ.

"މިހާރު އޭނާ އެ އަންނަނީ އެމެރިކާގެ އެމެރިކާގެ ހަލުވި އަދުލު އިންސާފުގެ ކަނޑިއާ ކުރިމަތިލާން،" އަފްގާނިސްތާނުގެ އެމެރިކާގެ ސިފައިން ބޭލުމުގައި ކުރީގެ ރައީސް ޖޯ ބައިޑެން އަމަލުކުރެއްވި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވިދާޅުވި އެވެ.

ހައްޔަރުކުރި އައިއެސް ގެ އޮޕަރޭޓަރު މިހާރު އެމެރިކާއަށް ގެނައުމުގެ މަސައްކަތް ކުރިއަށް ދިޔަނަމަވެސް ތުހުމަތު ކުރެވޭ މީހާ އާއި ހައްޔަރު ކުރުމުގެ އޮޕަރޭޝަނާ ބެހޭ އެއްވެސް ތަފްސީލެއް ޓްރަމްޕް ނުދެއްވަ އެވެ.

އަފްގާނިސްތާނުން ފުރައިގެން ދިއުމުގެ އުއްމީދުގައި ކާބުލްގެ އެއާޕޯޓަށް އެތަށް ހާސް ބަޔަކު އެއްވެފައި ވަނިކޮށް، އެމެރިކާ އިން އެންމެ ފަހުން އެގައުމުން ސިފައިން އަނބުރާ ގެންދިޔައީ އޮގަސްޓް 31، 2021 ގަ އެވެ.