ތިނަދޫ ސިޓީ ކައުންސިލާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އިންކުއަރީއެއް ހެދުމަށް އެ ރަށަށް އެލްޖީއޭގެ ޓީމެއް ހިނގައްޖެ އެވެ.
10 މާޗް 2025
ތިނަދޫ ސިޓީ ކައުންސިލާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އިންކުއަރީއެއް ހެދުމަށް އެ ރަށަށް އެލްޖީއޭގެ ޓީމެއް ހިނގައްޖެ އެވެ.
އެލްޖީއޭއިން ތިނަދޫ ކައުންސިލުގެ މޭޔަރު ސައުދީ އަލީއަށް ފޮނުވި ސިޓީއެއްގައި ބުނީ އެ ކައުންސިލާ ގުޅޭ އިންކުއަރީއެއް ހެދުމަށް އެލްޖީއޭ އިން މިމަހުގެ ދެވަނަ ދުވަހު ނިންމާފައިވާ ކަމަށެވެ.
އެހެންވެ، އެ މައްސަލަތަކުގެ ހަގީގަތްތަކާއި ސަބަބުތައް ދެނެގަތުމަށާއި ދިރާސާ ކުރުމަށް އިއްޔެއިން ފެށިގެން މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެލްޖީއޭގެ ޓީމެއް ތިނަދޫއަށް ދަތުރުކުރަން ނިންމާފައިވާ ކަމަށް ސިޓީގައިވެ އެވެ.
އެ ދަތުރުގައި އެލްޖީއޭގެ ޑިރެކްޓަރަކާއި ދެ އެސިސްޓަންޓް ޑިރެކްޓަރުންނާއި ސީނިއާ ސިސްޓަމް އެނަލިސްޓަކާއި އޮޑިޓާއަކާއި އެސިސްޓަންޓް ލީގަލް އޮފިސަރަކު ބައިވެރިވެ އެވެ.
އިންކުއަރީ ފެށުމުގެ ކުރިން މޭޔަރާއި ސެކްޓްރީ ޖެނަރަލް އަދި އިސް މުވައްޒަފުންނާ ބައްދަލުކޮށް، އެ މަސައްކަތްކުރިއަށް ދާނެ ގޮތުގެ މައުލޫމާތު އެލްޖީއޭ އިން ވަނީ ދީފަ އެވެ.
ތިނަދޫ ކައުންސިލުގެ އިންކުއަރީއެއް ހިންގަން ފެށިއިރު ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ ކޮރަޕްޝަންގެ މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައިއެ ކައުންސިލް އިދާރާއަށް ވަދެ، ބައެއް ތަކެތި ގެންގޮސްފަ އެވެ.
އެކަމަކު އެ މައްސަލާގައި ކާކުކަން ނޭނގޭ ބަޔަކު ވަދެ، މުދާތަކެއް ވަގަށް ގެންދިޔަ ކަމަށް ބުނެ ކައުންސިލުން ފުލުހަށް މައްސަލަ ވެސް ހުށަހެޅި އެވެ. އެކަމަކު ވައްކަމުގެ އަމަލެއް އެތަނުގައި ހިންގާފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލައިގެ އިތުރުން ތިނަދޫގެ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން އެ ރަށު ސިޓީ ކައުންސިލުން ކުރި އިއުލާން ބާތިލުކުރަން ވެސް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އެންގި އެވެ.
ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލް ސޮއި ކުރައްވައި ތިނަދޫގެ މޭޔަރަށް ފޮނުއްވި އެ ސިޓީގައި އޭރު ބުނެފައިވަނީ ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓްތައް އިމާރާތް ކުރުމާއި ދޫކުރުމުގެ މަސައްކަތް ކުރުމާއި ވިލަރެސް ކުރުމުގެ މަސައްކަތަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނިފައިވާ ކަމަކަށް ވާއިރު، ތިނަދޫ ކައުންސިލުން އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން އާންމުންނަށް ހުޅުވާލީ މިނިސްޓްރީއަށް އެންގުމެއް ނެތި އަދި ހުއްދަ ހޯދުމެއް ވެސް ނެތި ކަމަށެވެ.
އެ މަޝްރޫއުގެ އިތުރުން ތިނަދޫގެ ރަށްވެއްސަކު އެހެން ރަށަކަށް ބަދަލުކުރާ ނަމަ، 5،000ރ. ގެ ފީއެއް ނަގަން އެ ކައުންސިލުން ނިންމުމުން އެއީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް އެލްޖީއޭގެ ބޯޑުން ކުރިން އޮތީ ވަނީ ފާސްކޮށްފަ އެވެ.
ތިނަދޫ ކައުންސިލާ ގުޅޭގޮތުން ތަހުގީގުކުރާ މައްސަލަތަކުގެ ތަފްސީލެއް އޭސީސީން ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކޮރަޕްޝަނަަށް ތުހުމަތު ކުރެވޭ ބޮޑު ހަ މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ. އަދި ކައުންސިލްގެ އިދާރާއަށް އޭސީސީން ވަދެފައިވަނީ ހެކި ނައްތާލުމުގެ ބިރު އޮތުމުންކަން ވެސް އެނގިފައިވެ އެވެ.
ތިނަދޫ ސިޓީ ކައުންސިލްގެ ހައިސިއްޔަތާމެދު ސުވާލެއް!
ދުވާފަރު ކައުންސިލް: މުޅި ނިޒާމަށް ވެސް ބޮޑު ޝޮކެއް!
ބިމެއް ދިނުމުން ކުރީގެ ކައުންސިލަރަކަށް ދައުވާކުރަނީ
ތިނަދޫ ކައުންސިލުން ތަހުގީގަށް އެއްބާރުލުން ނުދޭ:އޭސީސީ
އޭސީސީން ކައުންސިލްގެ މުދާތައް ގެންދިޔަކަމުގެ ތުހުމަތު
ތިނަދޫގެ ސިޓީގެ ދަރަޖައާ ގުޅޭ މައްސަަލަ ބޭރުކޮށްލައިފި
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
ތިނަދޫގެ ސިޓީގެ ދަރަޖަ ބާތިލުކުރަން ކޯޓަށް
ތިނަދޫގައި ގޯތި ލާޖެއްސުމުގެ އުސޫލަށް ހަރުކަށި ބަދަލެއް
ތިނަދޫން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނަގަނީ