ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި މައްސަލައިގައި ފުލުހަކު ހިމެނޭހެން ދެ މީހަކު ރޭ ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި މައްސަލައިގައި ފުލުހަކު ހިމެނޭހެން ދެ މީހަކު ރޭ ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.
އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު، އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލައެއް ކަސްޓަމްސް އިން ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކުރި ކަމަށެވެ. އެއީ؛
- މ. ސިލްވަނެސްޓް، އަހުމަދު އަފްޒަލް، 45
- ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު، 38 (އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެއް)
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ ޝަރުތުތަކަކާ އެކު ކަމަށް ވަނީ އެނގިފަ އެވެ.
ފުލުހުންގެ އިސްވެރިއަކު މިއަދު ވިދާޅުވީ، މީގެ ތެރެއިން ނަޒީރަކީ ފުލުހެއް ކަމަށް ވާތީ، ރޭގައި ހައްޔަރު ކުރުމާ އެކު، ވަޒީފާ އިން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އިޖުރާއަތުގެ ތެރެއިން މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު ސިފައިންގެ މީހަކު ވެސް ހައްޔަރުކޮށްފި
ވަގަށް ނެރެން އުޅުނު ސިނގިރޭޓްތަކެއް އަތުލައިގެންފި
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
"ސިނގިރެޓް ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން"
ވިލިމާލެ ޕޮލިސް އިން 31ކާޓަންގެ ސިނގިރެޓް ގެއްލިއްޖެ
ހައްޔަރުކުރި ބިދޭސީއަކީ ކޮންޓެއިނަރު ނައްތާލި މީހާ
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
އެއް މަސް ވީއިރު ވެސް ދިގަލި ވާހަކައެއް ނުދެއްކި!
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
ސިނގިރޭޓް ވައްކަން:އެންމެން ޝަރީއަތް ނިމެންދެން ބަންދު