ދިރާގު ފުވައްމުލައް ރަން (ޑީއެފްއާރް)ގެ ބިބް އަދި ރޭސް ކިޓް މިއަދު އެ ރަށުގައި ދޫކުރަން ފަށައިފި އެވެ.
29 އެޕްރީލް 2025
ދިރާގު ފުވައްމުލައް ރަން (ޑީއެފްއާރް)ގެ ބިބް އަދި ރޭސް ކިޓް މިއަދު އެ ރަށުގައި ދޫކުރަން ފަށައިފި އެވެ.
މިއަދާއި މާދަމާ ބިބް އަދި ރޭސް ކިޓު ދޫކުރާނީ ފުވައްމުލައް ސިޓީ ކައުންސިލް އޮފީހުގެ ކުރެނދުމާ މާލަމުގަ އެވެ. މިއަދު ބިބް އެކްސްޕޯ ކުރިއަށް ދާނީ މެންދުރު 2:30 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ. މާދަމާ އެ އެކްސްޕޯ ކުރިއަށް ދާނީ ހެނދުނު 9 އިން މެންދުރު 12 އަށާއި މެންދުރު 2 އިން ހަވީރު 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.
މި ދުވުމުގައި މާލެއިން ބައިވެރިވާ ފަރާތްތަކަށް ހާއްސަކޮށް މާލޭގައި ވެސް ބިބް ދޫކުރުމުގެ އެކްސްޕޯއެއް ވަނީ މި މަހުގެ 20 ވަނަ ދުވަހާއި 21 ވަނަ ދުވަހު ކުރިއަށް ގެންގޮސްފަ އެވެ.
ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް އެކުލެވޭ ބިބް، ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެ އެވެ. ދިރާގުން ރޭސް ކިޓް ހަވާލުކުރާނީ ދުވުންތެރިޔާގެ އައިޑީ ކާޑު (ނުވަތަ އައިޑީ ކާޑުގެ ފޮޓޯއެއް) އަދި ބިބް ނަންބަރު ހުށަހެޅުމުންނެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ގައި ލިސްޓުކޮށް ވޯލްޑް ރަނިން ކަލަންޑަރުގައި ހިމެނޭ އަދި ވޯލްޑް އެތްލެޓިކްސް ސެޓިފައިޑް ރޫޓެއް ހިމެނޭ ދުވުމެކެވެ. ދިރާގު ރޯޑް ރޭހުގެ ދަށުން ބައްވާ ފުވައްމުލައް ރަން ވެސް މިހާރު ވަނީ އެއިމްސްގެ ކަލަންޑަރުގައި ލިސްޓުކޮށްފަ އެވެ. މި ދުވުން އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ.
ދިރާގު އީދު ބޮނޑިބަތަށް މިއަހަރު ވެސް ހޫނު ތަރުހީބެއް!
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް
"ދިރާގު ގޯ ގްރީން 2025"ގެ ހާއްސަ ހަރަކާތްތަކެއް
ބޮޑު އީދަށް ދިރާގުގެ ބޮޑު އޮފާތަކެއް!
ހައްޖުވެރިންނަށް ދިރާގުން ހެޔޮ އަގުގައި ރޯމިން ހިދުމަތް
ޑޮނޭޓް އޮން ދިރާގު އެޕްއިން ލިބުނު ފައިސާ ހަވާލުކޮށްފި
ދިރާގު"މާލެ އޯޕަން"ފެތުމުގެ މުބާރާތަށް ބޮޑު ތަރުހީބެއް
މޯލްޑިވްސް އެކްސްޕޯގެ ގޯލްޑް ޕާޓްނަރަކީ ދިރާގު
ޕްރިޕެއިޑް ކަސްޓަމަރުންނަށް ހަފްތާއަކު 10،000ރ.
ޑިޖިޓަލް މުސްތަގްބަލެއް ބިނާކުރަން ރާއްޖޭގައި ދިރާގުގެ ރޯލު ވަރުގަދަ