Roadha Mihaaru
ބީޓްރޫޓަކީ ހަކަތަ އިތުރުކޮށްދޭނެ އެއްޗެއް

ބީޓްރޫޓަކީ ހަކަތަ އިތުރުކޮށްދޭނެ އެއްޗެއް

26 އެޕްރީލް 2021

ބީޓްރޫޓަކީ އޭގެ ގަދަ ރަތް ކުލައިގެ ސަބަބުން ވެސް ހިތްކިޔާ ކަހަލަ ތަރުކާރީއެކެވެ. މިއީ ސެލެޑް ހެދުމާއި ޖޫހާއި ސްމޫތީ ކަހަލަ އެއްޗެހި ތައްޔާރު ކުރަން ވަރަށް ފައިދާ ހުރި އެއްޗެކެވެ. ބީޓްރޫޓަކީ ވަރަށް ގިނަ ވިޓަމިންތަކާއި މިނަރަލްސް އަދި ޕްލާންޓް ކޮމްޕައުންޑްތަކުން މުއްސަނދި އެއްޗެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބީޓްރޫޓަކީ އޭގެ ގަދަ ރަތް ކުލައިގެ ސަބަބުން ވެސް ހިތްކިޔާ ކަހަލަ ތަރުކާރީއެކެވެ. މިއީ ސެލެޑް ހެދުމާއި ޖޫހާއި ސްމޫތީ ކަހަލަ އެއްޗެހި ތައްޔާރު ކުރަން ވަރަށް ފައިދާ ހުރި އެއްޗެކެވެ. ބީޓްރޫޓަކީ ވަރަށް ގިނަ ވިޓަމިންތަކާއި މިނަރަލްސް އަދި ޕްލާންޓް ކޮމްޕައުންޑްތަކުން މުއްސަނދި އެއްޗެކެވެ.

ސަތޭކަ ގްރާމްގެ ބީޓްރޫޓްގެ ނިއުޓްރިއަންޓް ލެވެލަށް ބަލާއިރު އެއީ 44 ކެލަރީ، 1.7 ގްރާމްގެ ޕްރޮޓީން، 0.2 ގްރާމްގެ ފެޓް، ދެ ގްރާމްގެ ފައިބަރެވެ. މިއިން ލިއްބައިދޭ މުހިއްމު މާއްދާތަކުގެ ތެރޭގައި ވިޓަމިން ސީ އާއި ވިޓަމިން ބީ6 އާއި މެގްނީޒިއަމް، ޕޮޓޭސިއަމް ފޮސްފޮރަސް، މެގްނީޒް އަދި އަޔަން ހިމެނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ތަފާތު އެކި ކަހަލަ ކުޅިވަރު ކުޅޭ މީހުންގެ ހަތަކަ އިތުރުކުރުމަށްޓަކައި ޑައިޓްރީ ނައިޓްރޭޓަކީ ވަރަށް މުހިއްމު މާއްދާއެކެވެ. އެހެންވެ، ޑައިޓްގެ ތެރެއިން ހަކަތަ ހޯދަން ވިސްނާ ނަމަ ބީޓްރޫޓަކީ ކޮންމެހެން ވެސް ބޭނުންކޮށްލަން ޖެހޭ އެއްޗެކެވެ.

ކުޅިވަރު ކުޅޭ މީހުންގެ ޕާފޯމަންސް ރަނގަޅު ކުރުމަށްޓަކައި އެންމެ މުހިއްމު ވާނެ އެއްޗަކީ ވެސް ހަކަތަ އެވެ. މީގެ ކުރިން ހަދާފައިވާ ބައެއް ދިރާސާތަކުން ހަފުތާ އަކު ހަ ދުވަހު 500 މިލިލީޓަރުގެ ބީޓްރޫޓް ޖޫސް ބޯ ނަމަ އެއީ ވަރަށް ބޮޑަށް ހަކަތަ އިތުރުކޮށްދޭނެ ކަމެކެވެ. އޭގެ ނަތީޖާ އަކީ ކަސްރަތުކުރުން ފަދަ ކަންކަމުގައި ވެސް ހޭދަކުރެވޭ ވަގުތު ވެސް އިތުރުކޮށް ދުޅަހެޔޮ ސިއްހަތަކަށް ބާރު އެޅުމުމެވެ.

ބީޓްރޫޓަކީ އެ ކެއުމުން ހަށިގަނޑުގެ އޮކްސިޖަން ލެވެލް ވެސް ރަނގަޅުކޮށްދޭ އެއްޗެކެވެ. އެހެންވީމާ މިހިރީ ހައްތާ ވެސް ހަކަތައާ ގުޅިފައިވާ ކަންކަމަށް ވާތީ ބީޓްރޫޓަކީ އެތުލީޓުން ބޭނުން ނުކޮށް ދޫކޮށްލައި ފަހަރު ޖެހޭ ވަރުގެ އެއްޗެއް ނޫނެވެ.

ބީޓްރޫޓް ޖޫސް.

ބީޓްރޫޓް ޖޫސް.

މި ތަރުކާރީގެ އިތުރު ފައިދާތަކަށް ބަލާ އިރު ލޭގެ ޕްރެޝަރު ހަމައަކަށް އަޅުވައި ދިނުމާއި އިންފްލަމޭޝަނާ ދެކޮޅަށް މަސައްކަތްކޮށް ދިނުމާއި ހަޖަމުކުރުމުގެ ނިޒާމަށް ދިމާވާ މައްސަލަކުން ވެސް ރައްކާތެރިކޮށް ދިން ހިމެނެ އެވެ. ހަމަމިއާ އެކު ބީޓްރޫޓް ބޭނުންކުރުމުން ސިކުނޑި ދުޅަހެޔޮވުމާއި ކެންސަރާ ދުރުކޮށް ދިނުމާއި ބަރުދަން ލުއިކުރަން ވެސް އެހީއަކަށްވެ އެވެ.

ބީޓްރޫޓް ބޭނުންކުރެވިދާނެ ގޮތްތަކުގެ ތެރޭގައި ޖޫސް/ސްމޫތީ، ސެލެޑް، ސްޓީމްކޮށްގެން އަދި އަސާރަ އެޅުން ހިމެނެ އެވެ.