ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އެޅުވުމަށް ފަހު، ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، މިއަދުން ފެށިގެން އެކަން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުންގެ ފައިގައި އިލެކްޓްރޯނިކް ޓެގް އެޅުވުމަށް ފަހު، ކޯޓުން ކަނޑައަޅާ ޝަރުތުތަކާ އެކު ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ މީހުންގެ ބަންދު މުރާޖައާކޮށް، މިއަދުން ފެށިގެން އެކަން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން އެ ގޮތަށް ނިންމިއިރު، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ މީހުން މޮނީޓާކުރެވޭނެ އިންތިޒާމެއްގެ ދަށުން ޖަލުން ދޫކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން މި މަހުގެ ހަތްވަނަ ދުވަހު ވަނީ އެދިފަ އެވެ.
ޕީޖީ އޮފީހުން ނިންމާފައި ވަނީ ބަންދަށް ލުއި ދިނުމުގެ ކުރިން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ދެނެގަތުމަށެވެ. އެގޮތުން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ދަށުން ކުށްވެރިން މުޖުތަމައަށް ދޫކޮށްލުމުގެ ކުރިން ފުލުހުންނާއި ކަރެކްޝަންސް އިން އެސެސްމަންޓެެއް ހަދާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"މި އެސެސްމަންޓުގައި، ބަންދަށް ލުއި ދެވޭ މީހުން މޮނިޓަ ކުރުމަށް އެ އިދާރާތަކަށް ފެންނަ މިންވަރު ބަޔާން ކުރާނެ އެވެ. މި އެސެސްމަންޓަކީ މި އޮފީހުގެ އެންގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ތައްޔާރު ކުރާނެ އެސެސްމަންޓެކެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
- ވާނުވާ ބަންދުގައި ތިބޭ މީހުންގެ ހައްގުގައި މަސައްކަތްކުރާ މީހުން މި މަހުގެ ހަތްވަނަ ދުވަހު ރައީސް މުއިއްޒާ ބައްދަލުކޮށް، ހުށަހެޅި ކަންކަން:
• "ވާނުވާ ބަންދު"ގައި ތިބި މީހުން ވަކި ހަމައެއްގެ މަތިން މޮނިޓާ ކުރެވޭނެ އިންތިޒާމެއް ނުވަތަ އިލެކްޓްރޯނިކް ވަސީލަތެއްގެ އެހީގައި ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެއްސުމަށް ފަހު ދޫކޮށްލުން.
• މައްސަލަތައް އަވަހަށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޯޓުތަކަށް އިދާރީ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ކަންކަން ހަމަޖައްސައިދިނުން.
ޕީޖީ އޮފީހުން ބުނީ، އެ އެސެސްމަންޓުގެ ރިޕޯޓު ލިބުމުން ރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމަށް ރިއާޔަތްކޮށް، ބަންދަށް ލުއި ދެވިދާނެ ކަމަށް ފެންނަ ނަމަ ދެން ހުށަހަޅާނީ ކޯޓަށް ކަމަށެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކަނޑައަޅާ ޝަރުތުތަކުގެ މަތިން ބަންދަށް ލުއި ދޭނީ ގިނަ ވެގެން 100 ދުވަހަށެވެ. ކޮންމެ 100 ދުވަހަކުން އެއްފަހަރު ކޯޓަށް ހުށަހަޅައިގެން ބަންދު މުރާޖައާ ކުރާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"އަދި ބަންދަށް ލުއި ދީފައިވާ މީހަކު، އޭނާގެ މައްޗަށް ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ ހިލާފުވެއްޖެ ނަމަ ވަގުތުން އެ މީހަކު އަލުން ބަންދު ކުރުމަށް ކޯޓުގައި އެދޭނަމެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.
"ވާނުވާ ބަންދު"ގައި ތިބި މީހުންގެ މައްސަލައަށް މިހާރުން މިހާރަށް ގެނެވޭނެ ކަމަށް ބެލެވޭ ބައެއް ހައްލުތައް ހިމަނާފައިވާ ކަރުދާހެއް ވެސް ރައީސް މުއިއްޒަށް މި މަހުގެ ހަތްވަނަ ދުވަހު ވަނީ ހުށަހަޅައިފަ އެވެ. އެ ކަރުދާހުގައި "ވާނުވާ ބަންދު"ގެ ތަފާސްހިސާބުތަކާއި އެކި މައްސަލަތަކުގެ މައުލޫމާތު ހިމަނާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސިނގިރޭޓް ވައްކަމުގައި ހިމެނޭ އެންމެންނަށް ދައުވާކުރަނީ
ސިނގިރޭޓް ވައްކަން: އާއްޓޭ އާއި ދިގަލި ދޫކޮށްލައިފި
ޝިފާއުގެ މައްޗަށް މި މަހު 15ގައި ހުކުމް އިއްވަނީ
އާގިލްގެ މަރު: އެކެއްގެ މައްޗަށް މަރުގެ ހުކުމް
ޖިންސީ ގޯނާގެ ތިން މައްސަލައެއް ޕީޖީން ދޫކޮށްލައިފި
ބައްސާމްގެ ޝަރީއަތް ނިމުމަކަށް، ދެން އޮތީ ހުކުމް
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
52 ފަހަރު ހައްޔަރުކުރި މީހަކު ހަތް މަހަށް ޖަލަށް
ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން
52 ފަހަރު ހައްޔަރުކުރި ފަވާޒުގެ މައްސަލަ ޕީޖީއަށް