Roadha Mihaaru
ވައިޓް ހައުސްއަށް ނުރައްކަލަކަށްވި މީހަކު ހައްޔަރުކޮށްފި

ވައިޓް ހައުސަށް ނުރައްކަލަކަށް ވި ޑްރައިވަރަކު ހައްޔަރުކޮށްފި

19 މާޗް 2017

ވައިޓް ހައުސްގެ ޗެކްޕޮއިންޓަކާ ދިމާއަށް ދިޔަ ކާރެއް ހުއްޓުވައި ޑްރައިވަރު ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

ވައިޓް ހައުސްގެ ޗެކްޕޮއިންޓަކާ ދިމާއަށް ދިޔަ ކާރެއް ހުއްޓުވައި ޑްރައިވަރު ރޭ ފުލުހުން ހައްޔަރުކޮށްފި އެވެ.

މިއީ އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތް ފަހުން ވައިޓް ހައުސްގެ ސަލާމަތަށް ނުރައްކާވެގެން މީހަކު ހައްޔަރުކުރި ދެވަނަ ފަހަރެވެ.

ސީއެންއެން އިން ބުނާ ގޮތުގައި ޑްރައިވަރު ވަނީ އޭނާގެ އަތުގައި ބޮމެއް އޮތް ކަމަށް ވެސް ބުނެފަ އެވެ. އަދި އޭނާ ބިންމައްޗަށް ތިރިވާން ސަލާމަތީ މީހުން ކުރި އަމުރަށް ކިޔަމަން ވެސް ނުވި ކަމަށް، މީޑިއާތަކުން ބުނެ އެވެ.

އެ ވެހިކަލާ މެދު ޝައްކުތަކެއް އުފެދުމާ އެކު މުޅި ސަރަހައްދު ބަންދުކޮށް، ފާސްކޮށްފައިވެ އެވެ. އެކަމަކު އެއިން އެއްވެސް އެއްޗެއް ފެނުނުކަމެއް ނުވަތަ ނޫން ކަމެއް ކަމާ ބެހޭ ފަރާތްތަކުން އަދި ނުބުނެ އެވެ.

ރައީސް ޓްރަމްޕް މިވަގުތު ހުންނެވީ ފްލޮރިޑާގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގަ އެވެ.

މިދިއަ އާދިއްތަ ދުވަހު އެހެން މީހަކު ވަނީ ވައިޓް ހައުސްގެ ގޯތިތެރެއަށް ވަދެފަ އެވެ. ފެންސެއްގެ މަތިން ފުންމާލި އުމުރުން 26 އަހަރުގެ ޖޮނަތަން ޓްރޭން، ވައިޓް ހައުސްގެ ގޯތިތެރޭގައި 16 މިނިޓް ވަންދެން ހުއްޓެވެ،

ވައިޓް ހައުސްގެ ސަލާމަތީ ހުރިހާ ކަމެއް ބަލަހައްޓަނީ ޖާސޫސީ އިދާރާ ސީއައިއޭ އިންނެވެ. އެ އިދާރާ އިން ބުނި ގޮތުގައި ވައިޓް ހައުސް ހިމެނޭ ސަރަހައްދުގެ ސަލަމާތީ ކަންކަން މިހާރު ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ.

އެކަމަކު އެހާ ފަސޭހައިން އެ ތަނުގެ ގޯތިތެރެއަށް މީހަކަށް ވަދެވޭ ގޮތް ވުމުން ގިނަ ބައެއްގެ ފާޑުކިއުން ސީއައިއޭ އަށް އަމާޒުވި އެވެ.