ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރޭޓަ ތަމްބާގް އާއި އިތުރު އެހެން ބައެއް އެކްޓިވިސްޓުން އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅުހަަދައި ޣައްޒާއަށް އެހީ ވެއްދޭނެ މަގުތައް ހުޅުވާލަން ގޮވާލުމުގެ ގޮތުން އެހީގެ ސާމާނާ އެކު ދަތުރުކުރާ އުޅަނދު ހުއްޓުވަން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަންގައިފި އެވެ.
ސްވިޑެންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރޭޓަ ތަމްބާގް އާއި އިތުރު އެހެން ބައެއް އެކްޓިވިސްޓުން އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅުހަަދައި ޣައްޒާއަށް އެހީ ވެއްދޭނެ މަގުތައް ހުޅުވާލަން ގޮވާލުމުގެ ގޮތުން އެހީގެ ސާމާނާ އެކު ދަތުރުކުރާ އުޅަނދު ހުއްޓުވަން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަންގައިފި އެވެ.
އެހީގެ ސާމާނު ހިފައިގެން މަޑްލީން ނަމަކަށް ކިޔާ ޔޮޓެއްގައި މިދިޔަ ހޯމަ ދުވަހު ސިސިލީ އިން ފުރި ޔޮޓް މިހާރު ވަނީ ޣައްޒާގެ ކަނޑުގެ ސަރަހައްދު ކައިރީގަ އެވެ.
"މަޑްލީން ނަމަކަށް ކިޔާ އުޅަނދު ޣައްޒާއާ ހަމަޔަށް އަޔަ ނުދިނުމަށް މިހާރު ވާނީ އަންގާފައި، ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒްގެ ބަޔާނެއްގައި ބުންޏެވެ.
"ޔަހޫދީންނާ ދެކޮޅު ގްރޭޓާ އާއި، ހަމާސްގެ 'އަނގައިން ވާހަކަ ދައްކާ' އޭނާގެ ބައިވެރިންނަށް ވަރަށް ސާފުކޮށް މި އަންގަނީ އަނބުރާލާފައި ދާން. ޣައްޒާއާ ހިސާބަކަށް ނުދެވޭނެ،" ކާޒްގެ އިންޒާރުގައިވެ އެވެ.
މަޑްލީންގެ ދަތުރު އިންތިޒާމުކުރާ ފަރާތުން ހޮނިހިރު ދުވަހު ބުނެފައިވަނީ މިސްރުގެ ކަނޑުގެ ސަރަހައްދާ ހިސާބަށް އާދެވި، ހަނގުރާމައިގެ ތެރޭގައި އޮންނަތާ 21 މަސް ދުވަސް ވެފައިވާ ޣައްޒާއާ މިހާރު ދަނީ އުޅަނދު ކައިރިވަމުންނެވެ.
ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ އުޅަނދެއް ކަމަށްވާ މަޑްލީން އިޓަލީން ފުރީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ފަލަސްތީނުގެ އާންމުންނަށް އިޒްރޭލުން އަޅާފައިވާ ހުރަސްތަކާ ދެކޮޅުހަދައި ގޮންޖެހުމުގެ މަގްސަދުގައި ޖޫން މަހުގެ އެއްވަނަ ދުވަހު އެވެ.
"ކަނޑުގެ ބޯޑަރު ހުރަސްކުރުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދޭނަން. އެއީ އަހަރެމެންގެ މީހުން ރަހީނުކޮށް މަރައި ހަނގުރާމައިގެ ޖަރީމާ ހިންގަމުންދާ ހަމާސް އަށް ހަތިޔާރު ލިބުނަ ނުދިނުމަށް އަޅާފައިވާ ފިޔަވަޅުތައް،" ކާޒް ބުނެފައިވެ އެވެ.
"މި ހުރަސް ގިރާކުރުމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަށް އެހީވުމަށް، ކަނޑާއި ވަޔާއި އެއްގަމު މަގުން ކުރަން އުޅޭ ކޮންމެ ކަމެއް އިޒްރޭލުން ހުއްޓުވާނެ."
އިޒްރޭލަށް ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި ހަމަލާދީ 1،218 މީހަކު މަރާލުމާ އެކު ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ވަނީ 54،880 މީހަކު ޝަހީދުކޮށްލައިފަ އެވެ. -- އޭއެފްޕީ
ޣައްޒާގައި އިއްޔެ އިޒްރޭލުން 41 މީހަކު ޝަހީދުކޮށްލި
އެކްޓިވިސްޓުން ޣައްޒާ ބޯޑަރަށް ދާން ހުރަސްއަޅައިފި
ޣައްޒާއަށް ދާން އުޅުނު އެކްޓިވިސްޓުން މިސްރުން ހައްޔަރު
އެތައް ސަތޭކަ އެކްޓިވިސްޓުންގެ ގާފިލާއެއް ޣައްޒާއަށް!
ޣައްޒާގައި އެހީ ބަހާ ތަނެއްގައި މިއަދުވެސް 31 މަރު
ފަލަސްތީނުގެ ދައުލަތް އެހެން ގައުމެއްގައި ހަދަން ބުނެފި
އެހީގެ ޔޮޓުން ހިފެހެއްޓި ގްރޭޓާ ޓަންބާގް ޑީޕޯޓްކޮށްފި
އިޒްރޭލުގައި ރައްޔިތުންގެ ސަރުކާރެއް ނެތް: އިދިކޮޅު
އެހީ ހިފައިގެން ދިޔަ ޔޮޓަށް އިޒްރޭލު ސިފައިން އަރައިފި
އިއްޔެ ވެސް ޣައްޒާގައި 36 މީހަކު ޝަހީދުކޮށްފި