ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އިސްލާމީ ގައުމުތަކުން ބިން ދޭންވީ ކަމަށް ބުނެ، އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ވާހަކަ ދައްކައިފި އެވެ.
ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދަން އިސްލާމީ ގައުމުތަކުން ބިން ދޭންވީ ކަމަށް ބުނެ، އެމެރިކާއިން އިޒްރޭލަށް ކަނޑައަޅާފައި ހުންނަ ސަފީރު މައިކް ހަކަބީ ވާހަކަ ދައްކައިފި އެވެ.
ބީބީސީއަށް ދިން އިންޓަވިއުއެއްގައި ހަކަބީ ބުނީ "އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދުގެ 644 ގުނަ އިސްލާމީ ގައުމުތަކުގައި އެބައޮތް" ކަމަށެވެ.
"އެހެންވީމާ، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ވިސްނުން ހަމަ ހަގީގަތުގައި ވެސް އޮތް ނަމަ، އެ ދައުލަތަކަށް ޖާގަ ދޭން ބަޔަކު ހުށަހަޅަންވީ،" އޭނާ ބުންޏެވެ.
އެކަމަކު ވަކި ގައުމެއްގައި ފަލަސްތީނުގެ ދައުލަތެއް ހަދާ ވާހަކައެއް ނުބުނެ އެވެ.
މި އިންޓަވިއުގައި އޭނާ ވަނީ އެމެރިކާގެ އެކުވެރި ގައުމުތަކުގެ ތެރޭގައި ހިމެނޭ އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާ އިން، އިޒްރޭލުގެ ހަރުކަށި ފިކުރުގެ ދެ ވަޒީރަކަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އެކަން ވަރަށް ބޮޑަށް ކުށްވެރި ވެސް ކޮށްފަ އެވެ.
އިޒްރޭލާއި ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އުފެއްދުމަކީ ބައިނަލްއަގުވާމީ ތާއީދު އޮތް ހައްލުގެ ގޮތުގައި ބެލެވިފައިވާ ވާއިރު ހަކަބީ ވަނީ އެއީ "އުންމީދެއް" ކަމަށް ސިފަކޮށްފަ އެވެ. ދެ ދައުލަތުގެ ހައްލުގައި ގޮވާލަނީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރި ހިމެނޭ ގޮތަށް އަދި އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށެވެ.
ބްލޫމްބާގަށް ދިން އެހެން އިންޓަވިއުއެއްގައި ހަކަބީ ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް އެމެރިކާއިން މިހާރު ބާރު ނާޅާ ކަމަށް ބުނެފަ އެވެ.
ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް ފަހުން ވަނީ ހަކަބީ ވާހަކަ ދެއްކީ "އަމިއްލަ ހައިސިއްޔަތުން" ކަމަށް ބުނެފަ އެވެ. އަދި މެދުއިރުމައްޗާ ގުޅޭ ގޮތުން އެމެރިކާގެ ސިޔާސަތު ކަނޑައަޅާނީ ރައީސް ކަމަށް ވެސް ބުންޏެވެ.
ފްރާންސާއި ސައޫދީން މި މަހުގެ ފަހުކޮޅު، ފަލަސްތީނުގެ ދައުލަތެއް އުފެއްދުމާ ގުޅޭ މަގުޗާޓެއް ކަނޑައެޅުމުގެ ބޭނުމުގައި އދ.ގައި ކޮންފަރެންސެއް ބާއްވަން ވަނީ ނިންމައިފަ އެވެ. ހަކަބީ ވަނީ މިއީ ނުބައި ވަގުތެއްގައި ބާއްވާ ގޮސް ބައްދަލުވުމެއް ކަމަށް ބުނެފަ އެވެ.
ހަމާސްގެ ޖަވާބު އެމެރިކާއަށް ކަމަކުނުދިޔަ
ޣައްޒާގެ އެހީއަށް ހެދި ޖަމާއަތުގެ ވެރިޔާ އިސްތިއުފާދީފި
ޣައްޒާ ރައްޔިތުން ލީބިޔާއަށް ގެންދާ ވާހަކަ ދޮގުކޮށްފި
ހަމާސް އިން އެމެރިކާ-އިޒްރޭލު މީހާ މިނިވަންކޮށްފި
ހަމާސްގެ ބައްދަލުވުން ވަރަށް ކާމިޔާބު: އެމެރިކާ
ހަމާސް ނައްތާލަން ޣައްޒާ ނަރަކައަށް ހަދާނެކަމަށް ބުނެފި
އިޒްރޭލުން ބިރު ދެއްކިޔަސް ދުލެއް ނުދޭނަން: ހަމާސް
ޓްރަމްޕުގެ ވިސްނުމަކީ "ޣައްޒާ ސާފުކޮށްލުން"
ޣައްޒާގެ ހަމަލާ ހުއްޓާލަން މިހަފްތާގައި އެއްބަސްވެދާނެ
ޣައްޒާގެ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުން "ކައިރި"