އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓޭ ބައްދަލުކުރި މެޗު 1-0 އިން ޓިމޯ ލެސްޓޭ ކާމިޔާބު ކޮށްފި އެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ޓިމޯ ލެސްޓޭ ބައްދަލުކުރި މެޗު 1-0 އިން ޓިމޯ ލެސްޓޭ ކާމިޔާބު ކޮށްފި އެވެ.
އޮސްޓްރޭލިއާގައި ކުޅުނު މި މެޗުގައި ރާއްޖެއަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބި ނާކާމިޔާބުވި އިރު، އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ އަލީ ފާސިރު (ސެންޓޭ) އެވެ. ނަމަވެސް އޭނާގެ ހަމަލާ ކީޕަރު އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ފީފާ ރޭންކިންގެ 197 ވަނައިގައި އޮތް ޓިމޯ ލެސްޓޭގެ އެޓޭކްތައް ވަރުގަދަކޮށް ފެނުނު އިރު، އެ ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފް ވަނީ މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ.
ޓިމޯ ލެސްޓޭ މެޗުގައި ޖެހި ހަމައެކަނި ލަނޑު، 45 ވަނަ މިނިޓުގައި ޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ.
މިއީ 2027 އޭޝިއަން ކަޕް ކޮލިފައިންގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ މާޗު މަހު ވަނީ ފިލިޕީންސާ ވާދަކޮށް 4-1 އިން ބަލިވެފަ އެވެ.
ރާއްޖޭގެ ލީގު ހުއްޓިފައި އޮތުމާ ގުޅިގެން، ގައުމީ ސްކޮޑެއް އެކުލަވާލީ، ޕްރީ ސީޒަން މުބާރާތެއްގެ ގޮތުގައި އެފްއޭއެމް ލީގް ކަޕެއް ބޭއްވުމަށް ފަހު އެވެ. އަދި މި މެޗާ ކުރިމަތިލުމުގެ ކުރިން މިދިޔަ ހަފްތާ ވަނީ ސިންގަޕޫރާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ރާއްޖެ ބަލިވީ 3-1 އިންނެވެ.
އޭޝިއަން ކަޕަށް ކޮލިފައި ވާނީ ގުރޫޕްގެ އެއް ވަނަ ޓީމެވެ. ރާއްޖެ އާއި ޓިމޯ ލެސްޓޭ އަދި ފިލިޕީންސްގެ އިތުރުން ގުރޫޕް އޭގައި ހިމެނެނީ ތަޖިކިސްތާނެވެ. ތަޖިކިސްތާން ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ޓިމޯ ލެސްޓޭ ބަލިކޮށްފަ އެވެ.
ރާއްޖޭގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ އޮގަސްޓް މަހު އެވެ. އެއަށް ފަހު ރާއްޖެ ކުޅޭ ކޮލިފައިންގެ ތިންވަނަ މެޗުގައި ތަޖިކިސްތާނާ ދެކޮޅަށް ނުކުންނާނީ އޮކްޓޫބަރު މަހު އެވެ.
ހާލަތު ބަދަލުކުރަން ފްރެންޑްލީ ގިނަކުރަންޖެހޭ: މޯހަން
މޮޅުވިޔަސް ފިލިޕީންސުން ބޭނުންވި ނަތީޖާއެއް ނުނެރެވުނު!
ކުރިމަގުގެ މެޗަށް ހަމްޕް އެދުނީ ސަޕޯޓަރުންގެ އެހީއަށް!
ފިލިޕީންސްގެ ކޯޗު ބުނީ ރާއްޖޭގައި ކުޅެން އުނދަގުކަމަށް
ޓީމުގެ ދިފާއީ ޕްލޭނުގައި ހައްލުތަކެއް ހޯދިއްޖެ: މޯހަން
ކީޕަރު އަޝްވާނާއި ވެލެންސިއާގެ އީތަން ގައުމީ ޓީމަށް
ކުޅުމަށް ބަލައި ނަތީޖާ ގަބޫލުކުރަން މޯހަންއަށް އުނދަގޫ
ޔޫރަޕްގައި ކުޅެވޭނެ ކުޅުންތެރިން ރާއްޖޭގައި އެބަތިބި
ތަޖިކިސްތާނުން ރާއްޖެ ތިން ލަނޑުން ބަލިކޮށްފި
ގައުމީ ޓީމުގެ މެޗަށް ޓިކެޓުގެ 75 ޕަސަންޓް ވިކިއްޖެ