އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއެއްގެ ގޮތުން، އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާއިލް ސައުދުﷲ ހަމަޖައްސައިފި އެވެ.
22 ޖޫން 2025
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސްކޫލްތަކުގެ އިދާރީ ކަންކަން ބަލަހައްޓާ އެންމެ އިސްވެރިއެއްގެ ގޮތުން، އެޑިއުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އިސްމާއިލް ސައުދުﷲ ހަމަޖައްސައިފި އެވެ.
ގއ. ގެމަނަފުއްޓަށް ނިސްބަތްވާ ސައުދުﷲ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމު ވެސް ކުރިން އަދާ ކުރެއްވި އެވެ. އަދި އެންމެ ފަހުން ހުންނެވީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ޕްރިންސިޕަލް މަގާމުގަ އެވެ.
ސުޕްރިންޓެންޑެންޓްގެ މަގާމަށް މީހަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރީ މިދިޔަ އޭޕްރީލް 27 ވަނަ ދުވަހު އެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އޭނާ އެ މަގާމަށް އައްޔަން ކުރުމުން އެ ވަޒީފާއަށް ނިކުންވަން ފެއްޓެވީ މިއަދު ކަމަށެވެ.
އެޑިޔުކޭޝަން ސުޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަނު ކުރެއްވި އިސްމާއިލް ސައުދުﷲ، ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލަކަށް އުޅުއްވި ދުވަސްވަރު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ.---
އެ މަގާމުގެ އަސާސީ މުސާރައަކީ 19،278ރ. އެވެ. އަދި އެލަވަންސްގެ ގޮތުގައި މަހަކު 11،041ރ. ލިބޭއިރު، ހާޒިރީ އެލަވަންސްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކު 299ރ. ލިބޭނެ އެވެ. އޭގެ އިތުރުން ޓެނުއާޝިޕް އެލަވަންސްގެ ގޮތުގައި 6،000ރ. ލިބޭނެ އެވެ.
ސުޕްރިންޓެންޑެންޓްގެ މަގާމަށް ސައުދުﷲ ހަމަޖައްސާފައިވާއިރު، ނަތީޖާ ރަނގަޅުކުރަން ތައުލީމީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން އެންމެ ބޮޑު ބަދަލެއް ގެންނަ ސެކްޝަނެއްގެ ގޮތުގައި ސްކޫލް އެޑްމިނިސްޓްރޭޝަން ސެކްޝަން ކަނޑައަޅާފައިވާކަން މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
ހުޅުމާލެ2 ގެ އާ ސްކޫލުން ޖާގައަށް އެދި 500 ކުދިން
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ނަމަކީ ޝަހީދު އަލީ
ސްކޫލް ނިމޭ ގްރޭޑް އޭލެވެލް އަށް މަތިކުރަނީ
ސެން ޓީޗަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ޓީޗަރުން ލިބުމުގެ ދަތިކަން އަދިވެސް އެބައޮތް:މިނިސްޓަރު
ފިރިހެން ކުދިންގެ ނަތީޖާ ދަށްވާ ސަބަބު ހޯދަނީ
"ކޫލް ސްކޫލް":ދަރިވަރުންގެ މާހައުލަށް ހެޔޮ ބަދަލެއް؟
ގޮއިދޫ އިނގިރޭސި ޓީޗަރު ބްލެކް ލިސްޓުކޮށް ފޮނުވާލަނީ
ނާސްތާ ޕްރޮގްރާމް ބޭނުންތެރިއެއް ނޫން: މިނިސްޓަރު
ގްރޭޑް1ގެ ކުއްޖަކު ސްކޫލުން ނިކުތް މަައްސަލައެއް ބަލަނީ