އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ރަށްރަށަށް ދަތުރުކުރަން އިއްޔެ ފަށައިފި އެވެ.
27 ޖޫން 2025
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ރަށްރަށަށް ދަތުރުކުރަން އިއްޔެ ފަށައިފި އެވެ.
ޕީއެންސީން ބުނީ އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުން ރަށްރަށް ކުރައްވާ މި ދަތުރުތަކުގައި އެ ރަށްރަށުގައި ތިބި ޕާޓީގެ ސްޓިއަރިންގް ކޮމިޓީ އާއި މެމްބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
އެ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިންތިޒާމްކުރުމާއި ޕާޓީގެ އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ޕީއެންސީން ބުންޏެވެ.
ޕީއެންސީގެ ނައިބު ޑެޕިއުޓީ ލީޑަރު އަދި މި ސަރުކާރުގެ ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް އިއްޔެ ވަނީ ރ. ހުޅުދުއްފާރަށް ވަޑައިގެން އެ ރަށުގައި ޕީއެންސީގެ ހަރަކާތްތައް ފުޅާކުރުމަށް ޕާޓީގެ މެމްބަރުންނާ މަޝްވަރާކުރައްވައިފަ އެވެ.
ޕީއެންސީގެ ލީޑާޝިޕް ބޭފުޅުން އިއްޔެ ނ. ވެލިދޫގައި ތިބި އެ ޕާޓީގެ މެމްބަރުންނާ ވެސް ބައްދަލުކުރެއްވި އެވެ.
އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންގެ ޓީމުތައް މިއަދު ވަނީ އއ. ތޮއްޑުއަށް ވެސް ވަޑައިގެންފަ އެވެ. އަދި މިއަދުން ފެށިގެން ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ވެސް ވަޑައިގަންނަވާނެ އެވެ.
ލޯކަލް ކައުންސިލު އިންތިހާބު ބާއްވަނީ އަންނަ އަހަރުގެ މާޗު މަހު އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީން އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަން ފެށިއިރު، އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ކުރިން ވިދާޅުވެފައި ވަނީ އެ އިންތިހާބުގައި ވެސް އެ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށެވެ.
ކައުންސިލްތަކަށް އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު މަދުކުރުމާ މެދު މެމްބަރުންގެ ހިޔާލު ހޯދަން ޕީއެންސީގެ ފަރާތުން މަޖިލީހަށް ވަނީ ގަރާރެއް ވެސް ހުށަހަޅައިފަ އެވެ. ކައުންސިލަރުންގެ އަދަދު މަދުކުރަން ވިސްނަނީ، ދައުލަތުގެ ހަރަދު ކުޑަކުރުމާއި ކައުންސިލްތައް ހިންގުމުގެ ނިޒާމު ހަރުދަނާކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ލޯކަލް އިންތިހާބުގައި ޕީއެންސީގެ މެނޭޖަރަކީ ފަލާހު
ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 4 ގައި
ޕީއެންސީން ކައުންސިލު އިންތިހާބަށް ހުޅުވާލައިފި
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން މާދަމާ ހުޅުވާލަނީ
އަތޮޅު ކައުންސިލުތައް އުވާލާ އިސްލާހު މަޖިލީހަށް
އިންތިހާބު ބޯމަތިވާއިރު ވެސް ބަދަލުތައް ހާމަނުކުރާތީ ކަންބޮޑުވުން
33 ގޮނޑި ލިބުމަކީ ބޮޑު ކާމިޔާބީއެއް: ރައީސް
ބައި އިލެކްޝަންގެ ގިނަ ގޮނޑިތައް ސަރުކާރަށް
އައްޑޫން ނަން ނެގި ކެންޑިޑޭޓެއްގެ މައްސަލަ ބަލަނީ
އިންތިޚާބު އެޕްރީލް 10 ގައި ބާއްވަން ނިންމައިފި