ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2025 (ޑީއެމްޖީސީ) މި މަހު 31 ވަނަ ދުވަހު އޮންނާނެކަމަށް ބުނެފި އެވެ.
07 ޖުލައި 2025
ރާއްޖޭގެ އެންމެ ބޮޑު އެއް ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2025 (ޑީއެމްޖީސީ) މި މަހު 31 ވަނަ ދުވަހު އޮންނާނެކަމަށް ބުނެފި އެވެ.
ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބާއްވަން ހަމަޖެހިފައިވާ މި ޗެމްޕިއަންޝިޕްގައި، ފޯ-ގޭމް ފޯމެޓްގެ މުބާރާތްތައް ކުރިއަށް ދާނެ އެވެ. މި ހަރަކާތަކީ ރާއްޖޭގެ އެކި ހިސާބުތަކުން ގޭމިންއަށް ޝައުގުވެރިވާ ފަރާތްތައް އެއްތަނަކަށް ގެނެސް، ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ ޕްލެޓްފޯމެއް ކަމަށް ޑީޖީޖީއިން ބުންޏެވެ.
ޑީއެމްޖީސީގައި "ޕަބްޖީ"، "މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް" ގެ އިތުރުން މި ފަހަރު އަލަށް "ރޮކެޓް ލީގް" އަދި "އެފްސީ 25" ވެސް ވަނީ ހިމަނައި ފަ އެވެ. އެ ޗެމްޕިއަންޝިޕްގައި ކޮންމެ ގޭމަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މުބާރާތްތައް ކުރިއަށް ދާނެ އެވެ.
އެ މުބާރާތުގައި "ޕަބްޖީ މޯބައިލް ކޮލިފައި"ގެ އެންމެ ގަދަ 16 ގެ ގަދަ ހިފުމަކާއި މޯބައިލް ލެޖެންޑްސްގެ އެންމެ ގަދަ 7 ޓީމުގެ މެދުގައި ވާދަވެރި ފައިނަލް މެޗްތަކެއް އޮންނާނެ އެވެ. އޭގެ އިތުރުން އެ މުބާރާތުގައި ކުޅުންތެރިންނަށް "ރޮކެޓް ލީގު" ގެ 2V2 މެޗުތަކުގައި ބައިވެރިވުމަށް ފުރުސަތު ލިބި، އެފްސީ 25 ގައި ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބޭނެ އެވެ.
ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށާއި ރާއްޖޭގައި ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިންގެ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ބޮޑު ހަރަކާތެކެވެ.
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް ބާސެލޯ ނަސަންދުރާ
ދިރާގު ކަލަންޑަރުގައި ޑިސެމްބަރު ހާއްސައީ މަސްވެރިކަމަށް
ބާބާ ގާޑިޔާގެ ޝަވަރުމާ، ދިރާގު ޕޭ އިން 1ރ. އަށް!
ދިރާގުން "ލިމިޓްލެސް ބޫސްޓާސް" ތައާރަފްކޮށްފި
ދިރާގު ޕޭއިން 50000ރ. ހޯދުމުގެ ފުރުސަތު ހަމަވަނީ
އޮފީސް ނެޓްބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގު ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ
ދެ ލޯންޗު ހޯދުން ދެ ގުނަކޮށްދޭ އޮފާ ހަމަވަނީ
ޑީޖީޖީ އާއި މެގަޗިޕުން އޭލިއަންވެއާ ގޭމިން ބަންޑްލްއެއް
ދިރާގު ޕޭ ކަސްޓަމަރުންނަށް މާދަމާ 1ރ. އަށް ކޮފީއެއް