މާލޭގައި ބިދޭސީންގެ ވިޔަފާރިތަކުން "ފުނިޖެހިފައިވާ" ދިލްބަހާރު މަގުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 31 ބިދޭސީއަކު އިއްޔެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
10 ޖުލައި 2025
މާލޭގައި ބިދޭސީންގެ ވިޔަފާރިތަކުން "ފުނިޖެހިފައިވާ" ދިލްބަހާރު މަގުގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 31 ބިދޭސީއަކު އިއްޔެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އިމިގްރޭޝަނުން މިއަދު ބުނީ، މަޝްހޫރު ބިންމާ ސްޓޯރާއި ގްރިލް ހަޓް ފަދަ ތަންތަން ވެސް ހިންގާ ދިލްބަހާރު މަގުގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ދިލްބަހާރު މަގުގައި ދިވެހިން ހިންގާ ވިޔަފާރިތައް ކޮންމެވެސް ވަރަކަށް ހުއްޓަސް މައިގަނޑު ހުރިހާ ފިހާރަތަކެއްގައި އިސްވެ ހަރަކާތްތެރިވަނީ ބިދޭސީންނެވެ. އެހެންވެ، އެ މަގު އާންމުންގެ މެދުގައި ވެސް މަޝްހޫރު ވެފައި ވަނީ "ބިދޭސީންގެ މަގު" ގެ ގޮތުގަ އެވެ. ދިލްބަހާރު މަގާއި އެ މަގާ އިންވެގެންވާ ހަނި ގޯޅިތަކުގައި ވެސް ބިދޭސީންގެ ބާރު ވަރަށް ގަދަ އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ބިދޭސީންނާ ސުވާލު ކުރަނީ -- ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ މަސައްކަތުގައި، ބިދޭސީން ދިރިއުޅޭ ތަންތަން ފާސްކުރުމާއި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފެށީ މި ސަރުކާރު ވެރިކަމާ ހަވާލުވިތާ ކައިރީ އެވެ.
މިދިޔަ ފެބްރުއަރީ މަހު އިމިގްރޭޝަނުން ބުނީ މިހާތަނަށް 6،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި ބިދޭސީންނާ ސުވާލު ކުރަނީ -- ފޮޓޯ: އިމިގްރޭޝަން
އޭގެ ތެރޭގައި މަސާޖް ޕާލާތަކުގައި މަސައްކަތްކުރާ ބިދޭސީންނާއި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންނާއި އެކި ކަހަލަ މަސައްކަތްތަކުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިމެނެ އެވެ.
ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ސައްހަ ވިސާއެއް ނެތި ރާއްޖޭގައި އުޅުނު ބިދޭސީންނާއި އެކިއެކި ކުށްތަކަށް އަރައިގަތް ބިދޭސީން ހިމެނެ އެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވި ބިދޭސީން ވެސް ޑީޕޯޓް ކޮށްފައިވެ އެވެ.
ގަވާއިދާ ހިލާފްވި 30 ބިދޭސީއަކު ޑީޕޯޓްކޮށްފި
ދެ ބިދޭސީން ޑީޕޯޓުކުރި މައްސަލަ މަޖިލިހުން ބަލަނީ
"ދެ މީހުން ހިފެހެއްޓީ މުވައްޒަފުންގެ ހުނަރުވެރިކަމުން"
ބަންގްލަދޭޝް މީހުންނަށް ވިސާގެ މައްސަލަ ކުރިމަތިވެއްޖެ
އިމިގްރޭޝަން ޑިޖިޓަލައިޒްވެ، އީ-ވިސާ ޖަހަން ފަށައިފި
ހުއްދަ ނެތް މަސައްކަތްކުރާ ބިދޭސީން ފޮނުވާލަނީ!
25 ދުވަސް ތެރޭ 340 ބިދޭސީން ޑީޕޯޓުކޮށްފިން:ރައީސް
ގަވާއިދުން ބޭރުން ވިޔަފާރިކުރާ 24 މީހަކު ޑީޕޯޓުކުރަނީ
ބަނގުރަލުގެ ވިޔަފާރިކުރާ ބިދޭސީންތަކެއް ޑީޕޯޓްކުރަނީ
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހިފަހައްޓައިފި