އިޒްރޭލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ހައިހޫނުކަން އާންމުވެފައިވާ ފަލަސްތީނުގެ ޣައްޒާގައި އެހީދޭ މަރުކަޒެއްގެ ކައިރީގައި މީހުން ގިނަވެ ފިތި ބާރުވުމުގެ ސަބަބުން 20 މީހަކު މަރުވެއްޖެ އެވެ.
އިޒްރޭލުގެ ހަމަލާތަކާއި ހިސާރުގެ ސަބަބުން ހައިހޫނުކަން އާންމުވެފައިވާ ފަލަސްތީނުގެ ޣައްޒާގައި އެހީދޭ މަރުކަޒެއްގެ ކައިރީގައި މީހުން ގިނަވެ ފިތި ބާރުވުމުގެ ސަބަބުން 20 މީހަކު މަރުވެއްޖެ އެވެ.
އިޒްރޭލާއި އެމެރިކާއިން ބޭނުންވާ ގޮތަށް އެހީގެ މަސައްކަތްކުރާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ބުނި ގޮތުގައި މި ހާދިސާ ހިނގީ ޚާން ޔޫނިސްގެ ދެކުނުގައި އެ ޖަމިއްޔާއިން ގާއިމުކޮށްފައިވާ އެހީގެ މަރުކަޒެއްގެ ކައިރީގަ އެވެ.
"މި ހިސާބަށް އެނގިފައިވާ ގޮތުގައި މީހުން ގިނަވެގެން އުފެދުނު ބޮޑު ހަމަނުޖެހުންތަކުގެ ތެރޭގައި ނުރައްކާތެރި ހާލަތެއް މެދުވެރިވެ 19 މީހަކު ފިތިގެން މަރުވި. އަދި އެކަކު ވަނީ މި ހަމަނުޖެހުމުގެ ތެރޭގައި ވަޅި ހެރުމުގެ ސަބަބުން މަރުވެފައި،" ޖީއެޗްއެފް އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ނަމަވެސް ނާސިރު ހޮސްޕިޓަލުން ބުނީ މި އަދަދު މިއަށްވުރެ މަދުކޮށެވެ. އެ ހޮސްޕިޓަލުން އޭއެފްޕީއަށް ބުނި ގޮތުގައި އެހީގެ މަރުކަޒު ކައިރީ "އިޒްރޭލު ސިފައިންގެ ބަޑި ޖެހުމުގެ ސަބަބުން ނުވަ މީހަކު" ޝަހީދުވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.
މިއަދު ވަނީ ޣައްޒާގެ އެކި ހިސާބަށް އިޒްރޭލުން ހުއްޓުމެއް ނެތި ދެމުން ގެންދާ ހަމަލާތަކުގައި ވެސް އިތުރު އަށް މީހަކު ޝަހީދުވެފަ އެވެ.
ޖީއެޗްއެފުން ތުހުމަތުކުރި ގޮތުގައި ފިތިގެން މީހުން މަރުވީ ހަމާސްއާ ގުޅުން ހުރި ބަޔަކު ހަތިޔާރާ އެކު މީހުންގެ ތެރެއަށް ވަދެ ގަސްތުގައި ހަމަނުޖެހުން އުފެއްދުމުންނެވެ.
އެހީދޭ މަރުކަޒުތަކުގެ ކައިރީގައި މީހުން ގިނަވެ ނުރައްކާތެރިކަން ބޮޑުވެފައި ވާއިރު އިޒްރޭލު ސިފައިން ވެސް ދަނީ ކޮންމެ ދުވަހަކުހެން އެ ތަންތަނަށް ހަމަލާދީ އާންމުން ޝަހީދުކުރަމުންނެވެ.
އދ. އާއި އެހެން ޖަމިއްޔާތަކުން އެހީގެ މަސައްކަތްކުރުމަށް އިޒްރޭލުން ހުރަސްއެޅުމަށް ފަހު އެ މަސައްކަތް ހަވާލުކޮށްފައިވާ ޖީއެޗްއެފްގެ އިންތިޒާމުތައް ވަރަށް ގޯސް ކަމަށާއި އެކަން ކުރާ ގޮތުން އެއީ މަރުގެ ދަންތުރައަކަށް ވެފައިވާ ކަމަށް އދ. އިން ވެސް ވަނީ ބުނެފަ އެވެ.
ޣައްޒާއަށް އިޒްރޭލުން ހަމަލާދޭތާ 21 މަސް ދުވަސް ވެފައި ވާއިރު މިހާތަނަށް ވަނީ 58،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ހަމަލާތައް ހުއްޓުމަކަށް ގެނެވޭތޯ އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުން އަންނަ މަޝްވަރާއިން އަދި އަލިމަގެއް ނުފެނެ އެވެ.
ހަތިޔާރު "ފްރީޒްކުރަން" އެއްބަސް ވެވިދާނެ: ހަމާސް
އިޒްރޭލާ ހެދި ދެވަނަ ފިޔަވަހި ފެށޭކަން ނެތް: ހަމާސް
އިޒްރޭލާއި ހަމާސް އެއްބަސްވުމުން ކުރިއަށްދާނެ: ގަތަރު
އިޒްރޭލުން ޣައްޒާގައި 27 މީހަކު ޝަހީދުކޮށްލައިފި
ޓްރަމްޕްގެ ޣައްޒާގެ ޕްލޭން ފާސްވުމުން އިޒްރޭލު އުފަލުން
ޣައްޒާގެ ޕްލޭން ސަލާމަތީ މަޖިލީހުން ފާސްކޮށްފި
ޣައްޒާގެ ޕްލޭނަށް ސަލާމަތީ މަޖިލީހުން ވޯޓު ނަގަނީ
ނަތަންުޔާހޫ ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެެރެފި
ޣައްޒާއަށް ފައުޖު ފޮނުވުމުގެ ގަރާރު ސަލާމަތީ މަޖިލީހަށް
ގަތަރުން ބުނަނީ ޣައްޒާގައި ހަނގުރާމަ ނުފެށޭނެ ކަމަށް