މި މަހުގެ 25-27 އަށް މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށް ގެންދިޔަ، އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން، ޑަބަލްސް ކެޓެގަރީގެ ތިން އިވެންޓުން ރަން މެޑަލް ހޯދައިފި އެވެ.
މި މަހުގެ 25-27 އަށް މެލޭޝިއާގެ ޕޯޓް ޑިކްސަންގައި ކުރިއަށް ގެންދިޔަ، އެމްބީއޭ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން، ޑަބަލްސް ކެޓެގަރީގެ ތިން އިވެންޓުން ރަން މެޑަލް ހޯދައިފި އެވެ.
އަންހެން ޑަބަލްސް އިން ރަން މެޑަލް ހޯދީ އާއި ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ (ނަބީ)ގެ ޕެއާ އެވެ. އަދި ފިރިހެން ޑަބަލްސްގެ ރަން މެޑަލް ހޯދާފައި ވަނީ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދުގެ ޕެއާ އެވެ. މިކްސްޑް ޑަބަލްސްގައި ހޯދީ ޒަޔާން އާއި ނަބާގެ ޕެއާ އެވެ.
ތިން ރަން މެޑަލްގެ އިތުރުން ރިވައިވަލްގެ ކުޅުންތެރިން ވަނީ ތިން ބްރޯންޒް މެޑަލް އާއި ރިހި މެޑަލް އެއް ވެސް ހޯދައިފަ އެވެ.
ރިހި މެޑަލް ހޯދީ އަންހެން ސިންގަލްސް ފައިނަލް ކުޅުނު ނަބާ އެވެ. ބްރޯންޒް މެޑަލް ހޯދީ ފިރިހެން ސިންގަލްސްގައި ނިބާލް އަދި އަންހެން ސިންގަލްސް އިން ނަބީ އަދި މިކްސްޑް ޑަބަލްސް އިން ނަބީ އާއި ނިބާލްގެ ޕެއާ އެވެ.
ކޯޗު ނަޝްފާން މުހައްމަދުގެ ކޯޗުކަމުގެ ދަށުން މި ހަތަރު ކުޅުންތެރިންގެ އިތުރުން، ހަސަން ޒަޔާން މުހައްމަދު ރިވައިވަލް ޓީމުގައި ހިމެނިގެން މުބާރާތުގައި ވާދަ ކުރި އެވެ.
ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން މިދިޔަ މެއި މަހު 16 ވަނަ ދުވަހު، ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން ސަސްޕެންޑް ކުރި އެވެ. އޭގެ ސަބަބުން ރާއްޖޭގެ ކުޅުންތެރިންނަށް ވަނީ ބީޑަބްލިއުއެފްގެ އެއްވެސް މުބާރާތެއްގައި ވާދަ ނުކުރެވޭނެކަން އަންގައިފަ އެވެ.
ރާއްޖެ ސަސްޕެންޑް ކުރި އިރު، ރިވައިވަލް ސްޕޯޓްސްގެ ޓީމެއް ވަނީ މިދިޔަ މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް ބީޑަބްލިއުއެފް މުބާރާތްތަކެއްގައި ވާދަކުރަން، ބައިވެރިވުމުގެ ހުރިހާ ކަމެއް ނިންމައިފަ އެވެ. ނަމަވެސް ސަސްޕެންޝަނާ ގުޅިގެން ރާއްޖޭގެ ކުޅުންތެރިންނަށް ވާދައެއް ނުކުރެވުނެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ކުޅުންތެރިން މި ވަގުތު ކުޅެނީ، ބީޑަބްލިއުއެފް ކެޓަގަރީ އަށް ނުފެތޭ މުބާރާތްތަކުގައި އެކަންޏެވެ.
ޒެމްބިއާގައި ޒަޔާން އާއި ނަބާހާއަށް ޗެމްޕިއަންކަން
ބޮޓްސްވާނާގައި ޒަޔާން އާއި ނަބާހާގެ ޕެއާ އަށް ރިހި
ދައްތަ ބަލިކޮށް ނަބާހާ، ބޮޓްސްވާނާ މުބާރާތް ކާމިޔާބު
ބޮޓްސްވާނާގައި ދެކެޓަގަރީން ދިވެހި އެތުލީޓުން ފައިނަލަށް
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
ޒަޔާން އާއި ނަބާހާ އަދި ނަބީހާ ހިއްސާވެ ހަތް މެޑަލް
ނަބާހާ، ނަބީހާއަށް ރިހި، ޒަޔާން، ނަބާހާއަށް ލޯމެޑަލް
ނަބީހާ އާއި ނަބާހާއަށް ޑަބަލްސް އިވެންޓުން ރަން މެޑަލް
ކަޒަކިސްތާނުގައި ނަބާ، ނަބީއަށް ބްރޯންޒް މެޑަލް
އެފްރިކާގެ އެއްވަނަ އަތުން ނަބާހާ، ނަބީހާ އަށް ރިހި