Roadha Mihaaru
އެންޑްރޮއިޑް "އޯ": ރިންގްޓޯން ބަދަލުކުރުން މެޓައެއް

އެންޑްރޮއިޑް "އޯ": ރިންގްޓޯން ބަދަލުކުރުން މެޓައެއް

25 މާޗް 2017

އެންޑްރޮއިޑް ފޯނުތަކުގެ އޮޕަރޭޓިން ސިސްޓަމް އަހަރު ދެކޮޅު ބަދަލުނުކުރިއަސް ރަނގަޅުވާނެ އެވެ. އަދިވެސް މި އުޅެނީ އެންމެންގެ ފޯނުތަކަށް އެންޑްރޮއިޑް 6.0، "މާޝްމެލޯ" ނައިސްގެންނެވެ. އެންޑްރޮއިޑް 7.0، "ނޫގެޓް" އޮތް ތަނުގައި އޮތީ އެވެ. އެވްރެޖް ފޯނުތަކަށް ނޫގެޓް ލިބޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އެންޑްރޮއިޑް ފޯނުތަކުގެ އޮޕަރޭޓިން ސިސްޓަމް އަހަރު ދެކޮޅު ބަދަލުނުކުރިއަސް ރަނގަޅުވާނެ އެވެ. އަދިވެސް މި އުޅެނީ އެންމެންގެ ފޯނުތަކަށް އެންޑްރޮއިޑް 6.0، "މާޝްމެލޯ" ނައިސްގެންނެވެ. އެންޑްރޮއިޑް 7.0، "ނޫގެޓް" އޮތް ތަނުގައި އޮތީ އެވެ. އެވްރެޖް ފޯނުތަކަށް ނޫގެޓް ލިބޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

ގޫގުލުން އެންޑްރޮއިޑް "އޯ" ނެރެނީ އެވެ. އޯ އަކީ ކޮން އެއްޗެއް ފެށޭ އަކުރެއް ކަމެއް ވެސް ނޭގެ އެވެ. އޯރިއޯ ކަމަށް ވެސް ވެދާނެ އެވެ. "އޯ" އަކީ ކޮން އަދަދެއް ކަމެއް ވެސް ނޭގެ އެވެ. އެއީ އެންޑްރޮއިޑް 8 އަށް ވުން ވެސް ދުރެއް ނޫނެވެ.

އެންޑްރޮއިޑް 7، ނޫގެޓް އަށް ރަނގަޅު ތަރުހީބެއް އަދި ނުލިބެ އެވެ. އެންޑްރޮއިޑް މާކެޓްގައި ނޫގެޓް ހިއްސާކުރަނީ އެންމެ ތިން ޕަސެންޓެވެ. ދެން ކީއްކުރާ "އޯ"އެއް ހެއްޔެވެ. ނޫގެޓްގައި ތަފާތު އެކި ރަހަ ލެއްވުން ގޫގުލަށް އުނދަގުލީ ތޯއްޗެކެވެ.

އެންޑްރޮއިޑަށް ގެންނަން ހުރި ބަދަލުތަކެއް ގެނައުމަށްޓަކައި އޮޕަރޭޓިން ސިސްޓަމްގެ އަދަދު ބަދަލުކުރަން ޖެހޭ ހެއްޔެވެ. ހިއެއް ނުވެ އެވެ. އެހެން ނަމަވެސް ގޫގުލުން ބުނަނީ އެންޑްރޮއިޑް "އޯ" އަކީ ރަހުމަތްތެރިން އަދަދަކަށް ވާނެ ކަމަށެވެ. މިސާލަކަށް ދައްކަނީ ރިންގްޓޯން ބަދަލުކުރެވެން ހުރި ފަސޭހަ ގޮތްތަކެވެ. ބޭނުން އަޑެއް، ބޭނުން ޓަތްކެކެވެ.

ގޫގުލުން ބުނާ ގޮތުގައި އެންޑްރޮއިޑް "އޯ" ގައި ބޭނުން އަޑެއް، ބޭނުން އެޕްލިކޭޝަނަކަށް ލެވެ އެވެ. ފޯން ކޯލުތައް ވަކިވަކިން އަޑު ތަފާތުކުރުމާއި، ޓެކްސްޓް މެސެޖް، ޓްވީޓާ، ވަޓްސްއެޕް، ފޭސްބުކް އަދި ވައިބާ ފަދަ އެޕްލިކޭޝަންތަކަށް ވެސް ބޭނުން އަޑެއް، އެންޑްރޮއިޑް "އޯ" ލައިދެ އެވެ.

އެންޑްރޮއިޑް ފޯނުތަކުގައި "ނޮޓިފިކޭޝަން ޓޯން" ބަދަލުކުރުމަކީ ރިހުމެކެވެ. އެކި ފޯނުތައް ހުންނަނީ އެކި ގޮތަށެވެ. އެކި ފޯނުގައި ހުންނަނީ އެކި ފަސޭހަ އެވެ. އެހެންކަމުން އެ އަންނަ ނޮޓިފިކޭޝަނަކީ ކޮން އެޕްލިކޭޝަނަކުން އަންނަ އަޑެއްކަން ގިނަ ފަހަރު ނޭނގެ އެވެ. އެކަން ކުރުމަށްޓަކައި ޖެހެނީ އެހެން އެޕްލިކޭޝަނެއް އަޅާށެވެ. ބުނެވޭ ގޮތުގައި އެންޑްރޮއިޑް "އޯ" އަށް ފަހު އެ އުނދަގޫ އުވި ދާނެ އެވެ. ރިންގްޓޯން ބަދަލުކޮށް، ނޮޓިފިކޭޝަން ވަކިކުރުމަކީ އައިފޯނުގައި ވަކިން އުނދަގޫކަމެކެވެ.