Roadha Mihaaru
ލޮކޭޝަން ނުޖެއްސިޔަސް އެންޑްރޮއިޑް ފޯނު އޮންނަތަން ބެލޭ

ލޮކޭޝަން ނުޖެއްސިޔަސް އެންޑްރޮއިޑް ފޯނު އޮންނަ ތަން އެނގޭ

23 ނޮވެމްބަރ 2017

ވަރަށް އާދައިގެ ކަމެއް ކަމަށް ބެލެވުނަސް، މިއީ ވަރަށް ސީރިއަސްކަމެކެވެ. އެންޑްރޮއިޑް ފޯނުތައް މެދުވެރިކޮށް ގޫގުލްއިން ޖާސޫސްކުރަނީ އެވެ. ދެން އެނޫން ކޮން ކަމެއް ހެއްޔެވެ؟

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ވަރަށް އާދައިގެ ކަމެއް ކަމަށް ބެލެވުނަސް، މިއީ ވަރަށް ސީރިއަސްކަމެކެވެ. އެންޑްރޮއިޑް ފޯނުތައް މެދުވެރިކޮށް ގޫގުލްއިން ޖާސޫސްކުރަނީ އެވެ. ދެން އެނޫން ކޮން ކަމެއް ހެއްޔެވެ؟

އެންޑްރޮއިޑް ފޯނު އޮންނަ ތަން ނުވަތަ ލޮކޭޝަން "އޮން" ކޮށްގެން މެނުވީ މަސައްކަތްނުކުރާ އެޕްލިކޭޝަންތައް ހުރެ އެވެ. އެއީ ކޮންމެހެން ވެސް ބޭނުންކުރަންޖެހޭ ވަރުގެ މުހިންމު އެޕްލިކޭޝަނެއް ނަމަ، ފޯނު އޮންނަ ތަން ބުނެދީގެން ވެސް، އެ އެޕްލިކޭޝަނެއް ބޭނުންކުރަން ޖެހިދާނެ އެވެ. އެ ފަދަ ހާލަތްތަކުގައި ލޮކޭޝަން އޮންކުރުން ނޫން ގޮތެއް ވެސް ނޯވެ އެވެ. އެހާ ހިސާބުން ފޯނު ބޭނުންކުރާ މީހަކު ވެސް އިގުރާރުވާންޖެހޭ ޝަރުތަތަކެއް ކުރިމަތިކުރުވަ އެވެ. ފޯނު އޮންނަ ތަނާއި ގުޅިފައި ހުރި ނެޓްވޯކް އަދި ޒާތީ ބައެއް މައުލޫމަތު ރެކޯޑްކުރާނެ ކަމަށް އެއްބަސްވާން ޖެހެ އެވެ.

އަހަރެމެން ގަބޫލުކޮށްގެން ތިބީ ލޮކޭޝަން އޮން ނުކުރާ ނަމަ، ފޯނު އޮންނަ ތަން ރެކޯޑްނުކުރެވޭނެ ކަމަށެވެ. އެކަމަކު އެއީ ކުށްހީއަކަށް ވެއްޖެ އެވެ. ލޮކޭޝަން އޮންކުރިއަސް، ނުކުރިއަސް، ފޯނު އޮންނަ ތަން ގޫގުލްއިން ރެކޯޑްކުރެ އެވެ. މިކަން ކުރާ ކަމަށް ގޫގުލް އެއްބަސް ވެސް ވެއްޖެ އެވެ.

ފޯނު އޮންނަ ތަން ގޫގުލްއިން ދެނެގަންނަނީ ވަކި ޚާއްސަ އެޕްލިކޭޝަނެއް މެދުވެރިކޮށެއް ނޫނެވެ. އެއްވެސް އެޕްލިކޭޝަނެއް ނުހުޅުވިޔަސް ގޫގުލްއިން ލޮކޭޝަން ރެކޯޑްކުރެ އެވެ. އަދި ފޯނަށް ނުވަދެ ތަނެއްގައި ބާއްވާފައި އޮތަސް، އެ ލޮކޭޝަނެއް ބަލަ އެވެ.

ގޫގުލްއިން ހާމަކުރި މައުލޫމާތުން އެނގުނު ގޮތުގައި، އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ކޯޑްކޮށް، އިންޖިނިއާކޮށްފައި ވަނީ އޭގެ ޒާތުގައި ވެސް ލޮކޭޝަން ބެލޭ ގޮތަށެވެ.

މިހާ ހިސާބުން އަހަރެމެންނަށް މި އޮތީ ގޮތެއް ނިންމަން ޖެހިފަ އެވެ. ކޮޓަރީގައި ފޯނު ބާއްފައި އޮންނައިރު، ކެމެރާ ނިވައިލާ ގޮތަށް ސްކްރީން މަތީގައި ކުޑަ ތުވާލިކޮށެއް އަޅާނީ އެވެ. ގޫގުލްއިން ކެމެރާ އޮންކޮށްގެން ވެސް ބަލާފާނެތާ އެވެ.