ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު ކަމަށްވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން އާ އެކްޓަރު އަހާން ޕާންޑޭއަށް ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ޑައިރެކްޓަރު ކަމަށްވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން އާ އެކްޓަރު އަހާން ޕާންޑޭއަށް ފުރުސަތު ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަހާން އަކީ މި އަހަރު ގެނެސްދިން އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަދި ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ބޮލީވުޑްގެ ލޯބީގެ ފިލްމު "ސައްޔާރާ" އިން ދާއިރާއަށް ތައާރަފުވި ޒުވާން އެކްޓަރެކެވެ.
ބައެއް ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ މުމްބާއީގައި ހުންނަ ބަންސާލީގެ އޮފީހަށް އަހާން ވަންނަނިކޮށް ޕަޕަރާޒީންނަށް މިދިޔަ ހޮނިހިރު ދުވަހު އޭނާ ވަނީ ފެނިފަ އެވެ. އަހާން އޭނާގެ ކާރުން ފައިބައިގެން ގޮސް އެ އޮފީހަށް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
OMGGG AHAAN SPOTTED AT SLB OFFICE.
— SAS? (@sasbackup) September 27, 2025
THIS IS A DREAM COLLAB!?❤️ #AhaanPanday pic.twitter.com/hlU8YjLUco
ބެލެވޭ ގޮތުގައި އަހާން އެ އޮފީހަށް ދިޔައީ ބަންސާލީގެ ފިލްމަކުން އޭނާއަށް ފުރުސަތު ލިބުމުން އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކަމަށް ބައެއް މީޑިއާ ރިޕޯޓުތަކުގައި ބުންޏެވެ.
ނަމަވެސް، އެ ވާހަކަތައް އަހާން އާއި ބާންސާލީ ވެސް މިހާތަނަށް ޔަގީންކޮށްދީފައި ނުވެ އެވެ.
"ސައްޔާރާ"ގެ ބޮޑު ކާމިޔާބީއަށް ފަހު އަހާން ދެން ކުޅޭ ފިލްމަކަށް އޭނާގެ ފޭނުން ވަރަށް ބޮޑަށް އަންނަނީ އިންތިޒާރުކުރަމުންނެވެ. އޭނާ މިހާތަނަށް ދެވަނަ ފިލްމަކަށް ސޮއިކޮށްފައި ނުވެ އެވެ.
ބަންސާލީ މި ދުވަސްކޮޅު ބިޒީކޮށް އުޅެނީ އަންނަ އަހަރު މާޗު 20 ގައި ގެނެސްދޭ އޭނާގެ އާ ފިލްމު "ލަވް އެންޑް ވޯ"ގެ މަސައްކަތުގަ އެވެ. އެއީ އާލިއާ ބަޓް އާއި ރަންބީރް ކަޕޫރް އަދި ވިކީ ކައުޝަލް ލީޑު ރޯލު ކުޅޭ ފިލްމެކެވެ.
ރަންބީރު 12 ކިލޯ، ވިކީ 15 ކިލޯ ލުއިކޮށްލައިފި
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
ލަވް އެންޑް ވޯ: ބަންސާލީގެ އާ ފިލްމު
ނަޔަންތާރާ އަށް ބަންސާލީގެ ފިލްމަކުން ރޯލެއް ލިބިއްޖެ
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަންދީޕާއި ޝްރައްދާ އެކުގައި ފިލްމެއް ކުޅެނީ
އަނުޝްކާގެ ކްރިކެޓް ފިލްމު ރިލީޒްކުރަނީ؟
ޝާހުގެ "ކިންގް"ގެ ފުރަތަމަ ޓީޒާ ނެރެފި
ފިލްމު "ހައްގު"އަށް ފުރައްސާރައިގެ ތުހުމަތު