ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ނަޔަންތާރާ އަށް ރޯލެއް ލިބިއްޖެ އެވެ.
ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ނަޔަންތާރާ އަށް ރޯލެއް ލިބިއްޖެ އެވެ.
ދެކުނު އިންޑިއާގެ ސިނަމާގައި މަސައްކަތް ކުރާ ނަޔަންތާރާގެ ފުރަތަމަ ބޮލީވުޑް ފިލްމު "ޖަވާން" އަށް ފަހު އޭނާގެ މަގުބޫލު ކަން މިހާރު ވަނީ އިތުރުވެފަ އެވެ. ޝާހުގެ "ޖަވާން" އަށް ލިބުނު ބޮޑު ކާމިޔާބީ އަށް ފަހު އެ ފިލްމުގައި މަސައްކަތް ކުރި އެކި އެކްޓަރުންނަށް އޮފާތައް އަންނަނީ ލިބެމުންނެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ނަޔަންތާރާ އަށް ފުރުސަތު ލިބުނީ ބަންސާލީގެ ކުރިއަށް އޮތް ފިލްމު "ބައިޖޫ ބަވްރާ"ގެ ރޯލެއް ކުޅުމަށެވެ. އެ ރޯލާ ގުޅޭ ގޮތުން ބަންސާލީ އާއި ނަޔަންތާރާ މިހާރު އަންނަނީ މަޝްވަރާ ކުރަމުން ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
ބަންސާލީގެ ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށް ގިނަ ތަރިން ގަބޫލުކުރާތީ، އެ ރޯލު ކުޅެން ނަޔަންތާރާ އެއްބަސްވާނެ ކަމަށް ރިޕޯޓްތައް ބުންޏެވެ.
"ބައިޖޫ ބަވްރާ"ގެ ކާސްޓު އަދި އިއުލާން ނުކުރެ އެވެ. ނަމަވެސް ކުރިން ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގައި ލީޑު ރޯލު ކުޅޭނީ ރަންވީރު ސިންހު އާއި އާލިއާ ބަޓެވެ.
އެ ފިލްމު އަންނަ އަހަރު ގެނެސްދޭން ނިންމާފައި ވާއިރު، ބަންސާލީ އަންނަނީ ނެޓްފްލިކްސްއާ ގުޅިގެން "ހީރާމަންޑީ" ކިޔާ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަހާންއަށް ބަންސާލީގެ ފިލްމަކުން ފުރުސަތު ލިބިއްޖެ
ރަންބީރު 12 ކިލޯ، ވިކީ 15 ކިލޯ ލުއިކޮށްލައިފި
ބަންސާލީގެ "ލަވް އެންޑް ވޯ"ގައި އައްލޫ އަރްޖުން؟
ބަންސާލީގެ "ލަވް އެންޑް ވޯ" 2026 ގައި
ލަވް އެންޑް ވޯ: ބަންސާލީގެ އާ ފިލްމު
ދަނުޝް އާއި ކްރިތީގެ ފިލްމަށް 100 ކްރޯޑް ރުޕީސް
އެކްޝޭގެ ކޮއްކޮގެ ދަރިފުޅު ވެސް ބޮލީވުޑަށް
ރަންވީރުގެ "ދުރަންދަރު" ރިލީޒްކުރުމުގެ ހުއްދަ ދީފި
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް
ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ކޯޓަށް