11 ފެބުރުއަރީ 2019
ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަށް އެތެރެވުމަށް ހުއްދަ ދޫކުރުމާ ގުޅޭ ކަންކަން މޯލްޑިވްސް އިމިގްރޭޝަންގެ އަތުން އަތުލައި އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަށް އެތެރެވުމަށް ހުއްދަ ދޫކުރުމާ ގުޅޭ ކަންކަން މޯލްޑިވްސް އިމިގްރޭޝަންގެ އަތުން އަތުލައި އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއް ގައި ބުނީ ބިދޭސީންނާ ގުޅޭ ޚިދުމަތްތައް އަންނަ މާޗް މަހުން ފެށިގެން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އެ ބަދަލު ގެނައީ އެ މިނިސްޓްރީން ބުނިގޮތުގައި، ލޭބާ އެންޑް އެންޕްލޯއިމެންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން، ބިދޭސީ މަސައްކަތްތެރިން ރާއްޖެ އަށް އެތެރެވުމަށް ހުއްދަ ދިނުމާ ބެހޭ ކަންކަން ހަރުދަނާ ކުރުމަށް މި ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ޚިދުމަތް ހޯދާ ފަރާތްތަކަށް ދަތިނުވާނެ ފަދަ ގޮތަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
• ރާއްޖެ އަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީ ވުމުގެ ކަންކަން.
• ކޯޓާ ހަމަޖައްސައި ދިނުން.
• އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުން.
• ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުން. ބިދޭސީންނާ ގުޅޭ މައިގަނޑު ޚިދުމަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާއިރު ކުރިން އެ މިނިސްޓްރީގެ މެންޑޭޓުގައި ނުހިމެނޭ އެހެން ބައެއް ކަންކަން ވެސް މިހާރު ވަނީ އެ ތަނުގެ ދަށަށް ގެނެސްފަ އެވެ. އެގޮތުން ރާއްޖޭގެ ރަށްތަކާ ގުޅޭ ހުރިހާ ކަމެއް މިހާރު ބަލަހައްޓަނީ އިކޮނޮމިކް މިނިސްޓްރީންނެވެ.
ރާއްޖެ އަށް ބިދޭސީން އެތެރެކުރުމާ ގުޅޭ ކަންކަން އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކުރިއިރު، މިހާރު އެ ޒިންމާ އަދާކުރާ އިދާރާ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނަށް ނޭދެވޭ ބޮޑެތި ތުހުމަތުތަކެއް ބައެއް މީހުން ކުރެ އެވެ.
ވިސާގެ ޖޫރިމަނާ ދައްކަން ނުޖެހޭ މުއްދަތު އިތުރުކޮށްފި
ޑިޓެންޝަންސެންޓަރު ހުޅުވައި، ލިޔުން ނެތް މީހުން ނަގަނީ
ދޮޅުމަސްތެރޭގައި ބިދޭސީންގެ ޑިޓެންޝަން ފެސިލިޓީ ހުޅުވަނީ
ގަވާއިދަށް ނުފެތޭ ބިދޭސީން ހުޅުމާލެ އަށް
ބިޒްނަސް ވިސާ ނަހަމަ ގޮތުގައި ބޭނުން ކުރޭ:ކޮންޓްރޯލާ
ދިގު މުއްދަތަކަށް ކުއްޔަށް އުޅޭ ނަމަ ވިސާ ދޭން އެދެފި
ވިސާ ފީ ނުދެއްކުނު މީހުން ޖޫރިމަނާ ނުކުރަން ނިންމައިފި
14 ތަނެއް ބެލިއިރު، 25 ބިދޭސީއަކު ގަވައިދާ ޚިލާފު
މިހާރު އޮންލައިންކޮށް ވޯކް ވީސާ އަށް ހުށަހެޅޭނެ
ނުބައި މެޑިކަލް ރިޕޯޓަކުން ވިސާ ހައްދަން މީހަކު އުޅެފި