Roadha Mihaaru
14 ތަނެއް ބެލިއިރު، 25 ބިދޭސީއަކު ގަވައިދާ ޚިލާފު

14 ތަނެއް ޗެކްކުރިއިރު 25 ބިދޭސީއެއްގެ ވިސާއެއް ނެތް: އިމިގްރޭޝަން

27 ނޮވެމްބަރ 2019

މާލޭގައި ހިންގާ ކެފޭ/ރެސްޓޯރަންޓް އަދި ފިހާރަތައް ޗެކް ކުރުމަށް އިއްޔެ ހިންގި އޮޕަރޭޝަނެއް ގައި، 25 ބިދޭސީއަކު ގަވައިދާ ޚިލާފު ވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މާލޭގައި ހިންގާ ކެފޭ/ރެސްޓޯރަންޓް އަދި ފިހާރަތައް ޗެކް ކުރުމަށް އިއްޔެ ހިންގި އޮޕަރޭޝަނެއް ގައި، 25 ބިދޭސީއަކު ގަވައިދާ ޚިލާފު ވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.

އިމިގްރޭޝަނުން ކުރި ޓުވީޓެއް ގައި ބުނީ 14 ތަނެއް އިއްޔެ ޗެކް ކުރި ކަމަށާއި 25 ބިދޭސީއަކު މަސައްކަތް ކުރަމުން ދިޔައީ ވޯކް ވިސާ ނެތި ކަމަށެވެ. އަދި ބިދޭސީންނާ ގުޅޭ ޑޮކިއުމަންޓްތައް ފުރިހަމަ ކުރުމަށް ހަ ތަނަކަށް އިންޒާރުގެ ސިޓީ ފޮނުވާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަންގެ ޓުވީޓު

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކެފޭ/ރެސްޓޯރަންޓް އަދި ފިހާރަތައް އިންސްޕެކްޝަނެއް މިހާރު ފަށާފައިވާ ކަމަށާއި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ގަވައިދަށް ފެއްތުމަށް ފުރުސަތު ދޭނެ ކަމަށެވެ.

"ގަވައިދަށް ނުފެތޭ ބައެއް ނަމަ މިކޮޅަށް ގެނެސް އެ އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،" އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނުން ގަވާއިދާ ހިލާފަސް އުޅޭ ބިދޭސީން ހޯދުމަށް އޮޕަރޭޝަންތައް ކުރިއަށް ގެންދާއިރު، އިކޮނޮމިކް މިނިސްޓްރީން ވެސް އަންނަނީ އެފަދަ ބިދޭސީން ގަވާއިދަށް ފައްތަން މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެ މީހުން އިކޮނޮމިކް މިނިސްޓްރީ ގައި ރަޖިސްޓަރީކޮށް، ޑޮކިއުމަންޓްތައް ހަމަކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ.

ރާއްޖޭގައި އެންމެ ގިނައިން މަސައްކަތް ކުރަނީ ބަންގްލަދޭޝް މީހުންނެވެ. ނަމަވެސް ގަވައިދާ ޚިލާފަށް އުޅޭ މީހުންގެ އަދަދު ގިނަވެ، އެ މީހުންގެ މައްސަލަ ބޮޑުވެފައިވާތީ، ބަންގްލަދޭޝްގެ ލޭބަރުން ރާއްޖެ އަށް ގެނައުން ވަނީ އެއް އަހަރަށް ހިފަހައްޓައިފަ އެވެ.