ދުނިޔޭގެ އެންމެ އަގުބޮޑު ސައިފަތް އުފެއްދުމުގެ ރެކޯޑް ސްރީ ލަންކާގެ ނިއު ވިތަނަކަންޑޭ ޓީ ފެކްޓްރީ އަށް ލިބިއްޖެ އެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ސައިފަތް އުފެއްދުމުގެ ރެކޯޑް ސްރީ ލަންކާގެ ނިއު ވިތަނަކަންޑޭ ޓީ ފެކްޓްރީ އަށް ލިބިއްޖެ އެވެ.
ސައިފަތް ހެއްދުމަށް މަޝްހޫރު ސްރީ ލަންކާގެ އެ ކުންފުންޏަށް ގިނިސް ވޯލްޑް ރެކޯޑްސްގެ ލިސްޓުން ޖާގަ ލިބުނީ ޖަޕާނުގައި އެ މީހުންގެ ޕްރިމިއަން ސިލޯން ބްލެކް ޓީގެ ކިލޯއެއް 125،000 ޔެން (252،500 ސްރީ ލަންކަން ރުޕީސް، ގާތްގަނޑަކަށް 13،000 ދިވެހި ރުފިޔާ) އަށް ވިކުމުންނެވެ.
އިންޑަސްޓްރީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މި ރެކޯޑާ އެކު، ފެންވަރު ރަނގަޅު ސައިފަތް އުފެއްދުމުގައި ސްރީ ލަންކާގެ މަގާމު ދުނިޔޭގެ ބާޒާރުގައި އިތުރަށް ވަރުގަދަވެ އިތުބާރު ބޮޑުވެގެންދާނެ އެވެ.
ނިއު ވިތަނަކަންޑޭ އަކީ އެ ކުންފުނީގެ މަތީ ފެންވަރުގެ ސައިފަތަށް ނީލަންތަކުގައި ބޮޑެތި އަގުތައް ހޯދުމަށް މަޝްހޫރު ކުންފުންޏެކެވެ. ހާއްސަކޮށް އޯޕީ1 ގްރޭޑް ސައިފަތް ވިއްކާ އަގު ބޮޑެވެ. އެކަމަކު ދުނިޔޭގެ ރެކޯޑް ފޮތުން ހޯދި ޖާގަޔާ އެކު ސިލޯން ޓީ އިތުރަށް އިޝްތިހާރުވެ ބައިނަލްއަގުވާމީ މާކެޓްގައި ބްރޭންޑިން ވަރުގަދަވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
މީގެ ކުރިން 2010 ވަނަ އަހަރު ސްރީލަންކާ އިން ވަނީ އެންމެ ބޮޑު ސައި ތަށި ހަދައިގެން ވެސް ދުނިޔޭގެ ރެކޯޑް ހޯދައިފަ އެވެ. އެކަމަކު މިއީ ދުނިޔޭގެ އެންމެ އަގުބޮޑު ސައިފަތުގެ ރެކޯޑް ލަންކާއަށް ލިބުނު ފުރަތަމަ ފަހަރެވެ.
އެއްމާބަނޑު މީހުންގެ ރެކޯޑް ލަންކާގައި ހެދޭ ގޮތެއްނުވި
ޓެލެތޯނުން ލިބުނު 12 މިލިއަން ރުފިޔާ ލަންކާއަށް
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 607 އަށް
ލަންކާއަށް ހަދިޔާކުރި މަސްދަޅު ކޭސް ހަވާލުކޮށްފި
ލަންކާގައި ދިވެހިން ހިންގާ އެހީގެ ހަރަކާތް ކާމިޔާބު
ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް
ގެއްލުން ފޫބައްދަން 7 ބިލިއަން ބޭނުންވޭ: ލަންކާ
މަސްދަޅު ކޭސްތަކާއެކު އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް
އެހީ ހޯދައިދޭން، ލަންކާގައި ތިބި ދިވެހިންގެ ހަރަކާތެއް
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 410 އަށް