ތޫފާނު ދީތުވާގައި އެކި ގެތަކާއި މަގުތަކާއި އެކި އިންޑަސްޓްރީތަކަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ސްރީ ލަންކާއިން މިއަދު ބުނެފި އެވެ.
ތޫފާނު ދީތުވާގައި އެކި ގެތަކާއި މަގުތަކާއި އެކި އިންޑަސްޓްރީތަކަށް ވެފައިވާ ގެއްލުމުން އަރައިގަތުމަށް ހަތް ބިލިއަން ޑޮލަރު ބޭނުންވާ ކަމަށް ސްރީ ލަންކާއިން މިއަދު ބުނެފި އެވެ.
ތޫފާނުގައި ވެފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ލަންކާއިން ކުރަމުން އަންނައިރު ތޫފާނުގެ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 465 އަށް އަރައިފަ އެވެ. އަދި ގެއްލިފައިވާ 366 މީހުން ފެނިދާނެ ކަމުގެ އުންމީދު ދަނީ ފަނޑުވަމުންނެވެ.
"އަޅުގަނޑުމެންގެ ފުރަތަމަ އަންދާޒާއަކީ އަލުން އިމާރާތް ކުރުމަށް ގާތްގަނޑަކަށް ހަ ބިލިއަން ޑޮލަރާއި ހަތް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ބޭނުންވާނެ ކަމަށް،" އެސެންޝަލް ސާވިސަސްގެ ކޮމިޝަނާ ޖެނެރަލް ޕްރަބާތު ޗަންދުރަކީރްތީ ވިދާޅުވި އެވެ.
ޗަންދްރަކީރްތީ ވިދާޅުވީ ގެދޮރު ސާފުކުރުމަށް ކޮންމެ އާއިލާއަކަށް ސަރުކާރުން 25،000 ރުޕީސް (81 ޑޮލަރު) އަދި ގެދޮރު ގެއްލުނު މީހުންނަށް 2.5 މިލިއަން ރުޕީސް (8،100 ޑޮލަރު) ދޭނެ ކަމަށެވެ.
މީގެ ތިން އަހަރު ކުރިން ލަންކާއަށް ކުރިމަތިވި ބޮޑު އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް މަސައްކަތްކުރަމުން ދަނިކޮށް ކުރިމަތިވި މި ގެއްލުންތަކާ ހެދި ބޭރުގެ އެހީ އިތުރަށް ބޭނުންވާ ކަމަށް ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ވިދާޅުވި އެވެ.
ސްރީ ލަންކާގައި ފެންބޮޑުވެފައި. -- ފޮޓޯ: އޭއެފްޕީ
ލަންކާގައި ވަނީ ތޫފާނާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައިފަ އެވެ.
"އަޅުގަނޑުމެން އިގްތިސާދީ ކާރިސާއިން އަރައިގަންނަމުން ދަނިކޮށް މިއީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް،" ޑިސެނަޔަކަ ވިދާޅުވި އެވެ.
ކާބޯތަކެއްޗާއި ތެލާއި ބޭސް ފަދަ ތަކެތި އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހުސްވެ 2022 ވަނަ އަހަރުގެ އޭޕްރިލް މަހު ލަންކާއިން ވަނީ 46 ބިލިއަން ޑޮލަރުގެ ދަރަންޏާ އެކު ބަނގުރޫޓުވެފަ އެވެ. އެކަމުން ސަލާމަތްވުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބެއިލް އައުޓް ހޯދައި 2.9 ބިލިއަން ޑޮލަރުގެ ލޯނަކާ އެކު އިގްތިސާދު ހަމަޔަކަށް އަޅުވަން ލަންކާއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
ލަންކާގައި ބޮޑުވި ފެން ވެރިރަށް ކޮލަމްބޯގެ ވެސް ބައެއް ހިސާބުތަކަށް ފެތުރުމަށް ފަހު މިއަދު ވަނީ ހާލަތު ރަނގަޅުވާން ފަށައިފަ އެވެ. ފުރިގެން ބަންޑުންވި ކޯރުތައް ވެސް ހިނދެމުންދާ ކަމަށް އިދާރާތަކުން ބުނެފައިވެ އެވެ.
ތޫފާނުގެ ސަބަބުން 1.5 މިލިއަނަށް ވުރެ ގިނަ މީހުންނަށް ގެއްލުން ވެފައިވާ ކަމަށާއި 200،000 މީހުން ވަނީ ސަރުކާރު ހިންގާ ހިޔާތަކަށް ގެންގޮސްފައި ކަމަށް ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 410 އަށް
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ލަންކާއިން މަރުވި މީހުންގެ އަދަދު 330 އިން މައްޗަށް
ތޫފާނު ހިނގައްޖެ، އެކަމަކު ކޮލަމްބޯގައި ފެން ބޮޑުވަނީ
ގަދަ ވިއްސާރާގައި ލަންކާއިން 31 މަރު
މަޑުމަޑުން ދަތުރުކުރާ ބާރުގަދަ ކޮޅިގަނޑެއް އިންޑިއާއަށް
ލަންކާގައި ފެންބޮޑުވެ ގިނަ ބަޔަކަށް ގެއްލުންވެއްޖެ
ލަންކާގައި ދިވެހިން އުޅޭ 11 ގެއަކަށް ގެއްލުންވެއްޖެ